އައިފޯން 17 އެއާއަކީ މިހާތަނަށް ނެރޭ އެންމެ ތުނި އައިފޯން

އައިފޯން 17އެއާ އާއި އެމޮޑެލްގެ އެހެން ފޯނުތަކާ އަޅާކިޔާއިރު ތުނިކަން ވަރަށް ތަފާތު --

އަންނަ އަނގާރަ ދުވަހު ބާއްވާ އެޕަލްގެ އަހަރީ ބޮޑު އިވެންޓްގައި ނެރޭ އައިފޯން 17 އެއާއަކީ އެޕަލްގެ ތާރީޚުގައި މިހާތަނަށް ނެރެފައިވާ އައިފޯންތަކުގެ ތެރެއިން އެންމެ ތުނި ފޯނަށް ވާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މިއީ އައިފޯންގެ ޑިޒައިނަށް އަންނަ ބޮޑު ބަދަލެކެވެ. އައިފޯން 17 އެއާގެ ބޯމިން 5.5 މިލިމީޓަރަށް ވުރެ ތުނިވާނެ ކަމަށް ދިރާސާ ކުރައްވާ ފަރާތްތަކުން ވަނީ ލަފާކޮށްފައެވެ. އައިފޯން 17 އެއާ ވިއްކުމަށް ހަމަޖެހިފައިވަނީ އައިފޯން 17، އައިފޯން 17 ޕްރޯ އަދި އައިފޯން 17 ޕްރޯ މެކްސްއާ އެކުގައެވެ.

މި އަހަރު އައިފޯން 17 ޕްލަސް ނެރުމަށް ހަމަޖެހިފައިނުވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. އަގުގެ ގޮތުން ބަލާއިރު، އައިފޯން 17 އެއާގެ އަގު އައިފޯން 17 އަށް ވުރެ ބޮޑުވެ. ނަމަވެސް، އައިފޯން 17 ޕްރޯ އަދި އައިފޯން 17 ޕްރޯ މެކްސްއަށް ވުރެ ކުޑަވާނެ ކަމަށް ލަފާކުރެވެއެވެ. އެގޮތުން، މި ފޯނުގެ އަގު 899 ޑޮލަރާއި ގާތްކުރާނެ ކަމަށް ބެލެވެއެވެ.

އައިފޯން 17 އެއާ ވަރަށް ތަފާތު ---

މި ފޯނުގައި 6.6 އިންޗީގެ ޑިސްޕްލޭއެއް ހުންނާނެ ކަމަށް ލަފާކުރެވޭއިރު، މި ފޯނުގެ ފަހަތުގައި ހުންނާނީ އެންމެ ކެމެރާއެކެވެ. މިއީ 48 މެގާޕިކްސެލްގެ ކެމެރާއެއް ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. އަދި، ކެމެރާ ހުންނާނީ ހޮރައިޒޮންޓަލް ބާއެއްގެ ގޮތަށް ކަމަށް ވެސް ލަފާކުރެވެއެވެ.

އައިފޯން 17 އެއާގައި 120ހާޓްޒް ޕްރޮމޯޝަން ޑިސްޕްލޭއެއް ހުންނާނެ ކަމަށް ބެލެވޭއިރު، އެޕަލްގެ ސީ1 5ޖީ މޮޑެމް އާއި އޭ19 ޗިޕް ވެސް މި ފޯނުގައި ހުންނާނެއެވެ.

'ވައިފައި7'އަށް މިފޯނު ސަޕޯޓްކުރާއިރު، ޑިސްޕްލޭއަށް ދިމާވާ ގެއްލުންތައް ކުޑަކުރުމަށްޓަކައި ވަރަށް ބޮޑަށް އަޕްގްރޭޑްކޮށްފައިވާ ޑިސްޕްލޭ މެޓީރިއަލްއެއް ވެސް މި ފޯނުގައި ހުންނާނެއެވެ. ފޯނުގެ ތުނިކަމަށްޓަކައި ޔޫއެސްބީ-ސީ ޕޯޓާއި ސްޕީކަރުގެ ހޯލްތަކަށް ކުދިކުދި ބަދަލުތަކެއް ވެސް އަންނާނެ ކަމަށް ވެސް ލަފާކުރެވެއެވެ.

އެޕަލްއިން އައިފޯން 17 އެއާ ޕްރޮމޯޓްކުރާނީ އޭގެ ޑިޒައިނަށް ބޮޑަށް ބާރު އަޅައިގެންނެވެ. އައިފޯން 17 ޕްރޯ މޮޑެލްތަކެކޭ އެއްފަދައިން އެންމެ މަތީ ފެންވަރުގެ ކޮމްޕޯނެންޓްތަކާއި އެންމެ ބާރުގަދަ ޗިޕް މި ފޯނުގައި ނުހުންނާނެއެވެ. ނަމަވެސް، އާ ޑިޒައިން ކަސްޓަމަރުންނަށް ކަމުދާނެ ކަމަށް ގިނަ ފަރާތްތަކުން ދެކެއެވެ.

comment ކޮމެންޓް