ބޮކްސާ ތެރެއަށް މަސްތުވާތަކެތި ލައިގެން، ރާއްޖެ އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި އައްޑުއަށް ނިސްބަތްވާ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުގެ އަމުރުން އެނގޭ ގޮތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން ސ. މަރަދޫ، ނަރުގިސްމާގެ، އުމުރުން 50 އަހަރުގެ އަހްމަދު ޒާހިދެވެ. އޭނާ ހައްޔަރުކޮށް ބަންދަށް 30 ދުވަސް ވަނީ ޖަހައިފައެވެ.
އަމުރުގައިވާ ގޮތުން ކަސްޓަމްސްގެ ލިޔުންތަކާއި ސީނަށް ދިޔަ ފުލުހުންގެ ބަޔާނުން އެނގޭ ގޮތުގައި އޭނާ ރާއްޖެ އައިއިރު، އޭނާ ލައިގެން ހުރި ބޮކްސާ ތެރެއިން މަސްތުވާތަކެތި ވަނީ ފެނިފައެވެ.
އޭގެ ތެރޭ 250 ގްރާމްގެ މެފްޑްރޯން ހުރި ކަމަށް ވަނީ ފާހަގަކޮށްފައެވެ. މީގެ ކުރިން ވެސް ހައްޔަރާއި ބަންދުކުރުމުގެ ލޮގް އޮތް އެ މީހާ ބުނި ގޮތުގައި، އެ މައްސަލައިގައި އިތުރު އެހެން މީހަކު ވެސް ހިމެނެއެވެ. ނަމަވެސް އަސްލު މީހާ ހޯދަން ފުލުހުން މަސައްކަތް ނުކުރާކަމަށް އޭނާ ބުނި ކަމަށް އަމުރުގައިވެއެވެ.
ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކުރާ ވަރަށް ގިނަ މީހުންހެން، އެއާޕޯޓުތަކުން ފާހަގަވެ ފުލުހުންނާ ހަވާލުކުރެއެވެ. މީގެ އިތުރުން ކުރިއާ ނުވަތަ ޕޯސްޓު މެދުވެރިކޮށް ވެސް މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކުރުން ވެސް އާންމެވެ.