އެސްޓިއޯއިން ވިއްކާ ހިޓާޗީ ބްރޭންޑަށް ހާއްސަކޮށް "އެންމެ ފިނި ހިޓާޗީ ޑީލް" ގެ ނަމުގައި ވަރަށް ހާއްސަ ޕްރޮމޯޝަނެއް މިރޭ ފަށައިފިއެވެ.
އެސްޓީއޯއިން ބުނީ މި ޕްރޮމޯޝަންގައި އެސްޓީއޯއިން ވިއްކާ ހިޓާޗީ އޭސީ ތަކުން 1000 ރުފިޔާއަށް ވުރެ މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށެވެ.

އެސްޓީއޯއިން ވިއްކާ ހިޓާޗީ އޭސީ ތަކުން 1000 ރުފިޔާއަށް ވުރެ މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ -- ސަން ފޮޓޯ: މޫސާ ނަދީމް
މި ކޫޕަން ބޭނުންކޮށްގެން ޚާއްސަ ލަކީ ޑްރޯއެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެކަމަށް އެސްޓީއޯއިން ބުންޏެވެ.
ލަކީ ޑްރޯއިން ހޮވޭ ނަސީބުވެރިއަކަށް ޝީޝާ ހޮންޑާ ސްޕޯޓްސް އެޑިޝަންގެ އެއާބްލޭޑް 125 އެއް ލިބޭނެއެވެ.
އެސްޓީއޯއިން ބުނީ މި ޕްރޮމޯޝަން ކުރިއަށްދާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ކަަމަށެވެ. މިއަދު ފެށި މި ޕްރޮމޯޝަން އަންނަ މަހުގެ 11ގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.