އެޑްވަޓޯރިއަލް: ޖާދުވީ ވަގުތަކަށް "މެޖިކް އައިސް ކްރީމް"

މެޖިކް އައިސް ކްރީމްގެ ވެނީލާ އަދި ފްރުޓް އެންޑް ނަޓް ކޯން --

އަހަރުގެ ގިނަ ދުވަސްތައް ދިވެހީން ހޭދަކުރަން ޖެހެނީ ދިލަ ހޫނުގައެވެ. ސްކޫލަށާއި އޮފީހަށާއި އެހެނިހެން ތަންތަނަށް ދާއިރު ވެސް ގަދަ ހޫނުގައި ދާން ޖެހެއެވެ. އެފަދަ ވަގުތުތަކުގައި ފިނިކޮށްލައި، ހިތްހަމަޖައްސާލަން ގިނަ ބަޔަކަށް އައިސްކްރީމް ވަރަށް ކަމުދެއެވެ. އެގޮތުން 'މެޖިކް އައިސް ކްރީމް'އިން އެ ވަގުތަށް އިތުރު ޖާދުވީ އުފަލެއް ގެނެސްދޭނެއެވެ.

މެޖިކް އައިސްކްރީމަކީ ސްރީލަންކާގެ ކާގިލްސް (ސިލޯން) ކުންފުނީގެ އުފެއްދުމެކެވެ. މި އައިސް ކްރީމް ދިވެހީންނަށް އެންމެ އެކަށިގެންވާ ބާވަތަކަށްވާ އެއް ސަބަބަކީ، މިއީ ހަލާލު ސެޓިފައިޑް ބްރޭންޑެއްކަމަށް ވާތީއެވެ.

ކާގިލްސްއިން ފާހަގަ ކުރާގޮތުގައި މިއީ 100 ޕަސެންޓް ގުދުރަތީ ކިރުން އުފައްދައި، ދެމެހެއްޓެނިވި ގޮތެއްގައި ހޯދާފައިވާ ބާވަތްތައް އެކުލެވިގެންވާ އައިސް ކްރީމެކެވެ. އެއީ މި ބްރޭންޑަށް އިތުބާރު ކުރެވޭ މުހިންމު ސަބަބެއްކަން އެ ކުންފުނިން ފާހަގަކުރެއެވެ.

މެޖިކް އައިސްކްރީމްގެ ޗޮކްލެޓް ބްރައުނީ އަދި ފްރެޝް މިކްސްޑް ބެރީސް ފްލޭވާ --

މެޖިކް އައިސް ކްރީމުގައި ކުދިބޮޑު އެންމެންނަށް ކަމުދާނެ ގޮތަށް، އެކި ސައިޒުތަކާއި އެކި ރަހަތަކުގެ އައިސް ކްރީމް ހިމެނެއެވެ. އޭގެ ތެރޭގައި، އައިސް ކްރީމް ކަޕް، ކޯންސް އަދި އައިސް ކްރީމް ބާ ހިމެނެއެވެ.

އައިސް ކްރީމް ރަހަތަކުގެ ތެރޭގައި އެންމެ މަގުބޫލު ވެނީލާއާއި ޗޮކްލެޓުގެ އިތުރުން، ތަފާތު މޭވާއައި ނަޓްސް ހިމެނޭނެއެވެ. އަދި ބަޓާސްކޮޗްއާއި ފަލޫދާއަކީ ވެސް މީރު ފޮނިރަހައެއް ގެނެސްދޭނެ އައިސް ކްރީމް ފްލޭވާތަކެވެ.

މެޖިކް އައިސް ކްރީމްގެ ބަޓަސްކޮޗް ވިތު ނޫގަޓް ފްލޭވާ --

ލަންކާގެ މާކެޓުގައި މެޖިކް އައިސް ކްރީމް މަގުބޫލުކަން ހޯދައިފައިވަނީ އޭގެ ފުރިހަމަ ކޮލިޓީއާއި ހެޔޮ އަގުތަކުންނެވެ. ދިވެހީންގެ މެދުގައި ވެސް މި އައިސް ކްރީމަށް ލޯބި ޖެހުނީ އެފަދަ ސަބަބުތަކާ ހެދިއެވެ. ކުޑަކުދިންނާއި ބޮޑެތި މީހުންގެ މެދުގައިވެސްމެއެވެ.

މެޖިކް އައިސް ކްރީމްގެ ޗޮކްލެޓް ފްލޭވާ --

ކޮންމެ ދުވަހަކު ވެސް، ޖާދުވީ ހިނދުކޮޅެއް ތަޖުރިބާ ކުރުމަށް މެޖިކް އައިސް ކްރީމް ކަމުދާނެއެވެ.

މެޖިކް އައިސް ކްރީމަކީ ޔުނައިޓެޑް ފުޑް ސަޕްލަޔާސް މެދުވެރިކޮށް ރާއްޖޭގައި ވިއްކާ ބާވަތެކެވެ. އެގޮތުން މާލެ އާއި ހުޅުމާލޭގައި މެޖިކް އައިސް ކްރީމް ލިބެން ހުންނާނެއެވެ.

comment ކޮމެންޓް