ނަމްބަރު އައިނު އަޅާ ގިނަ ބަޔަކަށް އެންމެ ދަތިވަނީ، އެކަމަށް ބޮޑު ޚަރަދެއް ކުރަން ޖެހޭތީއެވެ. އެހެންވެ، އެކަމަށް ލުޔެއް ލިބޭނެ އެއް ތަނަކީ ވިޝަން އޮޕްޓިކަލްސްއެވެ.
ވިޝަން އޮޕްޓިކަލްސްއިން ފަސް ސްކީމަކުން ހިލޭ އައިނު ހެއްދޭނެއެވެ. މިގޮތުން، ވިޝަން އޮޕްޓިކަލްސްއިން އެމްއެންޑީއެފާއި ޕޮލިސް ސްކީމާއި އާސަންދައާއި އެލައިޑް އިންޝުއަރެންސްގެ އިތުރަށް އަމާނާ ތަކާފުލް މެދުވެރިކޮށް ހިލޭ އައިނު ހެއްދޭނެއެވެ.
އެ ސްކީމްތައް މެދުވެރިކޮށް އައިނު ހައްދާއިރު އިތުރަށް ރުފިޔާ ދައްކަން ޖެހޭނީ ސްކީމުން ކަވަރުކުރާ އަދަދަށް ވުރެ، އިތުރުވާ މިންވަރެވެ.

ވިޝަން އޮޕްޓިކަލްސްއިން އެކި ނަންބަރުތަކުގެ ކޮންޓެކްޓް ލެންސް ލިބެން ހުންނާނެ -- ސަން ފޮޓޯ/ މާނިއު މުހައްމަދު
މިތަނުން ތަފާތު ވައްތަރުގެ ފެންވަރު ރަނގަޅު، ޒަމާނީ ދުނިގަނޑުތައް ލިބޭނެއެވެ.
ހަމައެހެންމެ، ހިލޭ ލޮލުގެ ނަމްބަރު ނެގޭނެއެވެ. ޗެކަޕްތައް ހަދައި، ނަންބަރު ބެލުމުގެ ޚިދުމަތް ވެސް ލިބޭނެއެވެ.

މީހެއްގެ ލޮލުގެ ނަމްބަރު ޗެކުކުރަނީ: ވިޝަން އޮޕްޓިކަލްސްގައި ލޮލުގެ ނަމްބަރު ހިލޭ ނެގޭނެ --- ސަން ފޮޓޯ/ މާނިއު މުހައްމަދު
އޭގެއިތުރަށް، އައިނުގެ ބަދަލުގައި ނަމްބަރު ކޮންޓެކްޓް ލެންސް ލައްވަން ބޭނުންވާ މީހުންނަށް ވިޝަން އޮޕްޓިކަލްސްއިން ކުލަކުލައިގެ އަދި ޓްރާންސްޕޭރެންޓް ކޮންޓެކްޓް ލެންސް ވަގުތުން ލިބޭނެއެވެ. އަދި، ލެންސް ހެއްދުމުގެ ޚިދުމަތް ވެސް ލިބޭނެއެވެ.
އެހެންކަމުން، އައިނު ހައްދާ މީހުން ކުރަން ޖެހޭ ޚަރަދަށް ލުޔެއް ލިއްބައިދޭނެ ތަނަކަށް ވިޝަން އޮޕްޓިކަލްސް ވާނެއެވެ.