ސްޕެއިނުން ގޮވާލީ ކުޅިވަރުތަކުން އިޒްރޭލު ބާކީކުރަން

ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތަކާއި ހަރަކާތްތަކުން އިސްރާއީލް ބާކީކުރަންޖެހޭ ކަމަށް ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވިދާޅުވެއްޖެއެވެ.

ސަންޗޭޒް ވިދާޅުވީ، ރަޝިޔާއިން ޔޫކްރެއިންއަށް ހަމަލާ ދިނުމަށް ފަހު ރަޝިޔާގެ ކުޅިވަރު ޓީމުތަކަށް ދަތިކުރުމުގެ ފިޔަވަޅު އެޅި ފަދައިން، ޣައްޒާގައި ހިންގާ އަނިޔާވެރި އަމަލުތައް ދެމި އޮތްހާ ހިނދަކު، އިޒްރޭލް ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތަކުން ބާކީކުރަންޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންގެ ވިސްނުން ވަރަށް ސާފު، ވަރަށް ސާފު، އަނިޔާވެރިކަން ދެމި އޮތްހާ ހިނދަކު، ރަޝިއާއާއި އިޒްރޭލުން ބައިނަލްއަގުވާމީ އެއްވެސް މުބާރާތެއްގައި ބައިވެރިވެގެން ނުވާނެ،" ސްޕެއިނުގެ ބޮޑުވަޒީރު ވިދާޅުވިއެވެ.

"ކުޅިވަރު ޖަމިއްޔާތަކުން ވިސްނަން ޖެހޭނީ އިޒްރޭލުން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކުރުމަކީ ސުލޫކީ ކަމެއްތޯ ނުވަތަ ނޫންތޯ،"

ސަންޗޭޒް ވަނީ މިދިޔަ ހަފުތާގައި ވުއެލްޓާ ރޭހުގެ ފަހު މަރުހަލާގައި އިޒްރޭލުގެ އެތުލީޓުންނަށް ހުރަސްއެޅުމާއި ގުޅިގެން ކެންސަލް ކުރަން މަޖުބޫރުކުރުވި މުޒާހަރާގެ ބައިވެރިންނަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.

comment ކޮމެންޓް