މީޑިއާ ކޮންޓްރޯލް ގާނޫނާ ގުޅޭ ކަންބޮޑުވުންތައް އިއްވަން ނޫސްވެރިން އުސްފަސްގަނޑަށް

19 ސެޕްޓެންބަރު 2025: ނޫސްވެރިން އުސްފަސްގަނޑުގައި އިހުތިޖާޖުކުރުން -- ސަން ފޮޓޯ: މޫސާ ނަދީމް

އިއްޔެ ރައީސް ޑރ. މުޙައްމަދު ތަސްދީގުކުރެއްވުމާއެކު އުފަންވި މީޑިއާ ބިލާ ގުޅިގެން ހުރި ކަންބޮޑުވުންތައް ފާޅުކުރަން ނޫސްވެރިން މިރޭ އުސްފަސްގަނޑު ސަރަހައްދަށް އެއްވެއްޖެއެވެ.

ގިނަ ނޫސްވެރިންތަކެއް ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް ތަސްދީގުކުރެއްވި މި ގާނޫނާ ގުޅިގެން ހުރި ކަންބޮޑުވުންތައް ފާޅުކުރުމަށް އުސްފަސްގަނޑު ސަރަހައްދަށް ގިނަ ނޫސްވެރިންތަކެއް ގޮސްފައިވެއެވެ.

އެ އިހުތިޖާޖުގައި އެކި ނޫސްވެރިންނާއި ބައެއް ޒުވާނުން ވާހަކަދައްކައި އެކި ކަންބޮޑުވުންތައް ފާޅުކޮށްފައިވެއެވެ.

އެގޮތުން މި އިހުތިޖާޖު އިންތިޒާމުކުރުމުގައި އިސްކޮށް މަސައްކަތްކުރާ ނޫސްވެރިއެއްކަމަށްވާ މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ނައިބު ރައީސް މުޙައްމަދު ޝަހްޒާން ވަނީ ނޫސްވެރިން މިރެއިން ފެށިގެން ފާޅުކުރާނީ ހަމައެކަނި ގާނޫނާ ގުޅޭ ކަންބޮޑުވުންތައް އެކަނި ނޫން ކަމަށެވެ. އަސާސީ ހައްގުތަކަށް ހަނިވާ ކޮންމެ ކަމެއްގެ ކަންބޮޑުވުންތައް ފާޅުކުރާނެކަމަށް ވެސް ވިދާޅުވިއެވެ.

19 ސެޕްޓެންބަރު 2025: ނޫސްވެރިން އުސްފަސްގަނޑުގައި އިހުތިޖާޖުކުރުން -- ސަން ފޮޓޯ: މޫސާ ނަދީމް

އަދި ވެރީންނަށް ކަންބޮޑުވުންތައް އިއްވޭނީ، އަމަލީ ގޮތުން ބައިވެރިވެގެން ކަމަށާއި، ސައިކޮފީ މޭޒުތަކުގައި ތިބެ އެ ކަންކަން ހާމަކުރިއަސް، އެ އަޑު ނީވޭނެކަމަށް ވިދާޅުވިއެވެ. އަދި އިހުތިޖާޖުތަކުގައި އަމަލީ ގޮތުން ބައިވެރިވުމަށް އެދިލެއްވިއެވެ.

ސަރުކާރަށް މީޑިއާތައް ކޮންޓްރޯލް ކުރުމުގެ ބާރު ލިބިދޭ ގޮތަށް، މިދިޔަ މަހުގެ 18ގައި ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުއްވީ، ސަރުކާރާ ގުޅުން އޮންނަ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރެވެ.

އެ ބިލު ހުށަހެޅުމާއެކު ސަރުކާރުން ވަނީ އެ ބިލަށް ތާއިދުކުރާކަން ހާމަކޮށްފައެވެ. އަދި، މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަނީ ބިލުގެ ދިރާސާގައި ބައިވެރިވެވަޑައިގެން ކަމަށް ވެސް ވިދާޅުވެފައެވެ.

https://sun.mv/211534
މަޖިލީހުން ބިލު ފާސްކުރީ ނޫސްވެރިން އިހުތިޖާޖުކޮށްކޮށް އޮއްވައެވެ. އަދި، ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ބިލު ތަސްދީގުކުރެއްވީ ވެސް ބިލު ތަސްދީގުނުކުރަން މީޑިއާތަކާއި ނޫސްވެރިން އެދިއެދި އޮއްވައެވެ. ނޫސްވެރިން ތަމުސީލުކުރާ ޖަމިއްޔާ، އެމްޖޭއޭއިން ވަނީ މީޑިއާ ގާނޫނު، ގާނޫނުއަސާސީއާ ޚިލާފުކަން ފާހަގަކޮށް، އެއަށް އަމަލުނުކުރާނެ ކަމަށް ބުނެފައެވެ.

19 ސެޕްޓެންބަރު 2025: ނޫސްވެރިން އުސްފަސްގަނޑުގައި އިހުތިޖާޖުކުރުން -- ސަން ފޮޓޯ: މޫސާ ނަދީމް

އެކަމަކު، ރައީސް މުއިއްޒު ވަނީ ގާނޫނާ އެކު "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން"ގެ ނަމުގައި ދައުލަތުގެ އޮފީހެއް ވަނީ އުފައްވަދާފައެވެ.

މީގެ ކުރިން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)އިން ވެސް ވަނީ ބިލާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި، އެމެރިކާއިން ވެސް ވަނީ ނޫސްވެރިކަމުގެ މިނިވަންކަން ނަގަހައްޓަން ރާއްޖެއަށް ގޮވާލާފައެވެ. ނޫސްވެރިންގެ އެތައް ކަންބޮޑުވުމެއް ހުއްޓާ ބިލު ގާނޫނަކަށް ހެދުމުން ދުނިޔޭގެ ސަމާލުކަން އެ ކަމަށް ލިބުނެވެ.

comment ކޮމެންޓް