ސައިކަލެއްގައި، ފަހަތުން އައި ކާރެއް ޖެހި ދެ މީހަކަށް އަނިޔާވެއްޖެ

ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓު: އެ ހާދިސާގައި، ސައިކަލުގައި ތިބި ދެ މީހުންނަށް އަނިޔާވެފައިވޭ -- ފޮޓޯ/ އެމްވީކްރައިސިސް

މިރޭ ހުޅުމާލޭގެ ފިތުރޯނު މަގުން ދުއްވާފައި ދިޔަ ސައިކަލެއްގައި، ފަހަތުން ދިޔަ ކާރެއް ޖެހި، ސައިކަލުގައި ތިބި ދެ މީހުންނަށް އަނިޔާވެއްޖެއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ފިތުރޯނު މަގުން އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ސައިކަލެއްގައި ފަހަތުން އައި ކާރެއް ޖެހި އެކްސިޑެންޓް ވެފައިވާ މައްސަލަ މިރޭ 22:48 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ އެކްސިޑެންޓުގައި ސައިކަލުގައި ތިބި ދެ އަންހެނުންނަށް އަނިޔާވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި ނަމަވެސް އެ މީހުންނަށް ސީރިއަސް އަނިޔާއެއްވެފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

އެ އެކްސިޑެންޓުގައި ދެ އުޅަނދަށް ވެސް އެކިވަރުގެ ގެއްލުންވެފައިވާއިރު، މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ރާއްޖޭގައި މަގުމަތީގެ އެކްސިޑެންޓުތައް އިތުރުވެފައިވާއިރު، ވައްކަމުގެ މައްސަލަތަކަށް ފަހު އެންމެ ގިނައިން ފުލުހަށް ރިޕޯޓުކުރަނީ ޓްރެފިކް އެކްސިޑެންޓުތަކެވެ. މި އަހަރުގެ މިހާތަނަށް އެކްސިޑެންޓުތަކުގެ 2،118 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް އެ މުއައްސަސާގެ ތަފާސްހިސާބުން ދައްކައެވެ.

comment ކޮމެންޓް