އދ. ދަނގެތީގައި، ރަށަށްވުރެ ބޮޑު ސަރަހައްދެއް ހިއްކަން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ.
ރައީސް މިހާރު އދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މި މަޝްރޫއު ހަވާލުކުރީ މިއަދު ދަނގެތީގައި އޮތް ޖަލްސާގެ ތެރެއިންނެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫޢަކީ 279.92 މިލިއަން ރުފިޔާއަށް 570 ދުވަސްތެރޭ ނިންމަން އެ ކުންފުންޏާ ހަވާލުކުރި މަޝްރޫއުއެއް ކަމަށެވެ.
މި މަޝްރޫޢުގެ ބިން ހިއްކުމުގެ މަސައްކަތުގެ ދަށުން 27.32 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކާނެއެވެ. މިހާރު ރަށުގެ ބޮޑުމިނަކީ 24.2 ހެކްޓަރެވެ. އެހެންކަމުން އަލަށް ހިއްކާ ސަރަހައްދު ގާތްގަނޑަކަށް ތިން ހެކްޓަރު ބޮޑުވާނެއެވެ.
މި މަޝްރޫއުގެ ދަށުން ކުރާ އިތުރު ކަންކަމުގެ ތެރޭ ހިމެނެނީ:
- 576 މީޓަރުގެ ވަގުތީ ޖިއޯބޭގް ރިވެޓްމެންޓް ޖެހުން
- 718 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން
- 500 މީޓަރުގެ ސަރަހައްދެއްގައި ލޯކްރެސްޓް ބޭރުތޮއްޓެއް ލުން
- 240 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރުން
އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ދަށުން، 66,500 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް
އަޅައި، 492 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖަހާނެ ކަމަށެވެ.
އަދި 385 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ
މަސައްކަތް ކުރާނެ ކަމަށް ބުންޏެވެ.