ތައުލީމީ ދާއިރާގައި ހަރުކަށި ފިކުރު ދެނެގަނެ ރައްކާތެރިވުމާ ގުޅޭ ސިމްޕޯޒިއަމެއް އައިއެމްސީޓީސީއިން އައްޑޫގައި ބާއްވައިފި

ތައުލީމީ ދާއިރާގައި ހަރުކަށި ފިކުރު ދެނެގަނެ ރައްކާތެރިވުމާ ގުޅޭ ސިމްޕޯޒިއަމެއް އައިއެމްސީޓީސީއިން އައްޑޫގައި ބޭއްވުން ---

ތައުލީމީ މާހައުލުގައި ހަރުކަށި ފިކުރު އޮތް މިންވަރާ މެދު މައުލޫމާތު ދީ މަޝްވަރާ ކުރުމަށް އިސްލާމިކް މިލިޓަރީ ކައުންޓާ ޓެރަރިޒަމް ކޯލިޝަން (އައިއެމްސީޓީސީ)އިން ސިމްޕޯޒިއަމެއް އައްޑޫގައި މިއަދު ބާއްވައިފިއެވެ.

މި ސިމްޕޯޒިއަމްގައި ރާއްޖޭގެ ތައުލީމާއި، މީޑިއާއާއި އެކި ދާއިރާތަކުގެ އިލްމީ ބޭފުޅުންނާއި ތަޖުރިބާކާރުންގެ އިތުރުން ސަރުކާރާއި ތައުލީމީ މުއައްސަސާތަކާއި ސްޓޭކްހޯލްޑަރުންގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ސިމްޕޯސިއަމްގައި ވާހަކަދެއްކި ފުރަތަމަ ވާހަކަދެއްކެވީ، އުއްމުލް ޤުރާ ޔުނިވާސިޓީގެ ކޮލެޖް އޮފް ޝަރީއާ އެންޑް އިސްލާމިކް ސްޓަޑީޒްގެ ޕްރިންސިޕަލްސް އޮފް ޖުރިސްޕްރޫޑެންސް ޕްރޮފެސަރު، އަރީފް ބިން އަވާދު އަލް ރިކާބީއެވެ.

ތައުލީމީ ދާއިރާގައި ހަރުކަށި ފިކުރު ދެނެގަނެ ރައްކާތެރިވުމާ ގުޅޭ ގޮތުން އައިއެމްސީޓީސީއިން އައްޑޫގައި ބޭއްވި ސިމްޕޯޒިއަމް ތެެރެއިން ---

އޭނާގެ ވާހަކައިގައި ވަނީ ތައުލީމީ ނިޒާމުގެ ތެރޭ ފެނިދާނެ ހަރުކަށި ފިކުރުގެ އަލާމަތްތަކަށް އަލިއަޅުވާލައްވައި، އިންޓޮލެރެންސް، ރިޖެކްޝަން ފަދަ މައްސަލަތަކަށް އަލިއަޅުވާލައްވާފައިވެއެވެ.

މީގެ އިތުރުން މޮޮރޮކަން ސެންްޓާ ފޯ އިންޓަނޭޝަނަލް އެންޑް ފިއުޗާ ސްޓަޑީޒްގެ ވެރިޔާ ޑރ. ޚާލިދު މަޔަރް އަލް އިދްރީސީ ވަނީ ތައުލީމީ އިދާރާތަކާއި، ތައުލީމު ދޭ ތަންތަނުގައި ހަރުކަށި ފިކުރު ފެތުރޭ ސަބަބުތަކާއި، އާއިލާތަކުގެ ޒިންމާއާއި، ހަރުކަށި ފިކުރާ ދެކޮޅަށް މުދައްރިސުން އެކަށީގެންވާ މިންވަރަށް ތަމްރީނުނުވެ އޮތް އޮތުމަށް އަލިއަޅުވައިލައްވައިފައެވެ.

ހަމައެއާއެކު ޔޫއޭއީގެ ދިރާސާވެރިއެއް އަދި ލިޔުންތެރިއެއް ކަމަށްވާ މުޙައްމަދު ޚަލްފާން އަލް ސަވާފީ ވަނީ ހަރުކަށި ފިކުރުން ތައުލީމް އުނގަންނައިދޭ މީހުން ރައްކާތެރިކުރުމުގެ މައްޗަށް ވާހަކަދައްކަވައިފައެވެ.

ތައުލީމީ ދާއިރާގައި ހަރުކަށި ފިކުރު ދެނެގަނެ ރައްކާތެރިވުމާ ގުޅޭ ގޮތުން އައިއެމްސީޓީސީއިން އައްޑޫގައި ބޭއްވި ސިމްޕޯޒިއަމް ތެެރެއިން ---

މި ސިމްޕޯޒިއަމް ނިންމާލާފައިވަނީ އޯޕަން ޑިސްކަޝަން ސެޝަނަކުންނެވެ. އެ މަޝްވަރާކުރުންތަކުން ގިނަ ލަފާތަކެއް ވަނީ ހުށަަހަޅައިފައެވެ. އޭގެ ތެރޭގައި ތައުލީމީ މަންހަޖުތަކަށް މެދުމިނުގެ އުސޫލުތަކާއި، ހަމަތައް ވެއްދުމާއި، ހަރުކަށި ފިކުރުތައް ހުއްޓުވުމަށް އިސްކަންދީގެން ޓީޗަރުންނަށް ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި، ސްކޫލްތަކާއި އާއިލާތަކުގެ މެދުގައި އެއްބާރުލުންދެވޭފަދަ ނިޒާމެއް އެކުލަވާލުން ހިމެނެއެވެ. މީގެ އިތުރުން ތައުލީމީ ދާއިރާގެ ތެރެއިން ހަރުކަށި ފިކުރުތަކާ ބެހޭ އިލްމީ ދިރާސާތަކާއި އެހީތެރިވުން ވެސް ހިމެނެއެވެ.

comment ކޮމެންޓް