ނައިފަރަށް ދަނިކޮށް ދިޔަވި ބޯޓު އަޑިއަށް ގޮސްފި

ނައިފަރަށް ދަނިކޮށް ދިޔަވި ބޯޓު: އެ ބޯޓު ވަނީ އަޑިއަށް ގޮސްފައި -- ފޮޓޯ/ އެމްއެންޑީއެފް

މުދާ ބަރުކޮށްގެން ޅ. ނައިފަރަށް ދަނިކޮށް މިއަދު ދިޔަވި ބޯޓު އަޑިއަށް ގޮސްފިއެވެ.

މޫސުން ގޯސްވެ، ކަނޑުމަތީގައި މިއަދު ވަނީ ނުރައްކާތެރި ދެ ހާދިސާއެއް ހިނގާފައެވެ.

އެމްއެންޑީއެފުން މީޑިއާތަކާ ހިއްސާކުރި މައުލޫމާތުގައި ބުނީ، މާލެއިން ފުރައިގެން ނައިފަރަށް ދަތުރުކުރި "ނަސްރު" ބޯޓު ދިޔަވެ، އަޑިއަށް ގޮސްފައިވާ ކަމަށެވެ. އެކަމަކު، ބޯޓުން ދަތުރުކުރި މީހުން ވަނީ ސަލާމަތްކޮށްފައެވެ.

އެމްއެންޑީއެފުން ބުނީ، ބޯޓުން ދަތުރުކުރި ފަސް ފަޅުވެރިން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ އެހީތެރިކަމާ އެކު ނައިފަރަށް ގެންގޮސްދީފައިވާ ކަމަށެވެ.

އެ ބޯޓު އަޑިއަށްދިޔައިރު، ހާދިސާއާ ގުޅޭ މާ ގިނަ ތަފުސީލެއް ސިފައިން ނުދެއެވެ.

https://sun.mv/212746

ފާހަގަކޮށްލެވޭ ގޮތުގައި މުޅި ރާއްޖެއަށް ވެސް މޫސުން ގޯސްވުމުގެ ސަބަބުން ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރަން ވަނީ އިލްތިމާސްކޮށްފައެވެ.

ކަނޑު ގަދަވުމުގެ ސަބަބުން ރޭ ވެސް ނުރައްކާތެރި ހާދިސާއެއް ހިނގާފައިވެއެވެ. އެގޮތުން، މާލެއިން ފުރައިގެން ކ. އެރިޔަދޫއަށް ދަތުރުކުރަމުން ދިޔަ "އަލްމާކް ފިޔަ" ކިޔާ ކޮޅުވެއްޓިއެއް ރޭ ދަންވަރު ބަންޑުން ޖަހާލި ހާދިސާގައި ދެ މީހަކު ވަނީ މަރުވެފައެވެ.

comment ކޮމެންޓް