7000 ޖޯޑު އިސްޓާކީނާއި، 1500 ބެޑްޝީޓު ޑިފެންސް މިނިސްޓްރީއަށް ފޯރުކޮށްދޭނެ ބަޔަކު ހޯދަނީ

ބޮޑުއީދު 2025 ފާހަގަކުރުމަށް ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން ސިފައިންގެ ވެހިކަލް -- ފޮޓޯ/ މާނިއު މުޙައްމަދު

ޖުމްލަ 7،000 ޖޯޑު އިސްޓާކީނާއި، 1500 ބެޑްޝީޓު ޑިފެންްސް މިނިސްޓްރީއަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން އެ މިނިސްޓްރީން މިއަދު އިއުލާނުކޮށްފިއެވެ.

އެ މިނިސްޓްރީން ވަނީ ޖަންގަލް ގްރީން ކުލައާއި، ކަޅު އިސްޓާކީނު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ވެސް އިއުލާނުކޮށްފައެވެ.

އެއީ ޖުމްލަ 5،000 ޖޯޑު ޖަންގަލް ގްރީން އިސްޓާކީނާއި، 2،000 ޖޯޑު ކަޅު އިސްޓާކީނެވެ.

އެ ކަމަށް އަންދާސީހިސާބު ހުށަހަޅާއިރު، ސަޕްލައިކޮށްދޭ ޖަންގަލް ގްރީން އަދި ކަޅު އިސްޓާކީނުގެ ސާމްޕަލްއެއް ހުށަހަޅަންވާނެ ކަމަށާއި ސާމްޕަލް ހުށަނާޅާ ނަމަ އަންދާސީހިސާބު ބާޠިލްކުރާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން 1،500 ސިންގަލް ފިޓެޑް ބެޑްޝީޓާއި، 1500 ބާލީސް އުރަ ފޯރުކޮށްދޭނެ ބަޔަކު ހޯދަން ވެސް އެ މިނިސްޓްރީން ވަނީ އިއުލާނުކޮށްފައެވެ.

މި މަސައްކަތްތަކުގެ އިތުރު ތަފްސީލާއި، މައުލޫމާތު ޝީޓް ވަނީ ގެޒެޓުގައި ޝާއިއުކޮށްފައެވެ.

comment ކޮމެންޓް