18 ސްކޫލަކުން ވާދަކުރި 21 ވަނަ ބީއެމްއެލް އިންޓަސްކޫލް ސްވިމިން މުބާރާތް ނިންމާލައިފި

21 ވަނަ ބީއެމްއެލް އިންޓަސްކޫލް ސްވިމިން މުބާރާތުގެ ޗެމްޕިއަން ޓީމު: 21 ވަނަ ބީއެމްއެލް އިންޓަސްކޫލް ސްވިމިން މުބާރާތް މިއަދު ނިންމާލައިފި---ފޮޓޯ: ބީއެމްއެލް

ޖުމްލަ 18 ސްކޫލަކުން ބައިވެރިވި، 21ވަނަ ބީއެމްއެލް އިންޓަސްކޫލް ސްވިމިން މުބާރާތް ނިންމާލައިފިއެވެ.

ހަ ދުވަހަށް ކުރިއަށް ދިޔަ މި މުބާރާތް ބާއްވާފައި ވަނީ ހުޅުމާލޭ މިނީ ސްޕޯޓްސް ކޮމްޕްލެސް ސްވިމިން ޕޫލްގައެވެ.

ބީއެމްއެލްއިން ބުނީ މި އަހަރުގެ މުބާރާތުގައި 18 ސްކޫލަކުން ވާދަކޮށްފައިވާ ކަމަށެވެ. އެ ސްކޫލުތަކުން މުބާރާތުގައި ވާދަކުރީ 12 އަހަރާއި 18 އަހަރާ ދެމެދުގެ 365 ދަރިވަރުން ކަމަށް ބީއެމްއެލްއިން މައުލޫމާތުދީފައިވެއެވެ.

21 ވަނަ ބީއެމްއެލް އިންޓަސްކޫލް ސްވިމިން މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ތެެރެއިން --ފޮޓޯ: ބީއެމްއެލް

މި ދަރިވަރުން ބައިވެރިވީ ފްރީސްޓައިލު، ބެކްސްޓުރޯކު، ބްރެސްޓުސްޓުރޯކު އަދި ބަޓަފްލައި ފަދަ ތަފާތު އިވެންޓުތަކުގައި ކަމަށް ބީއެމްއެލް އިން ބުނެފައިވެއެވެ.

މި މުބާރާތުން ވަނަ ހޯދި ދަރިވަރުންނަށް މިއަދު ބޭއްވި މުބާރަތް ނިންމުމުގެ ރަސްމިއްޔާތުގައި ބީއެމްއެލް އިން ވަނީ އެވޯޑު ހަވާލުކޮށްފައެވެ.

ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ 2016 ވަނަ އަހަރުން ފެށިގެން ސްވިމިން އެސޯސިއޭޝަނާއެކު އެކްސްކްލޫސިވް ޕާޓްނާޝިޕެއް ގާއިމުކޮށް، އެ ކުޅިވަރު ތަރައްގީކުރުމުގެ ބައިވެރިއެއްގެ ގޮތުގައި މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އެގޮތުން، މި އަހަރު ބޭންކުން ވަނީ ސްވިމިން އެސޯސިއޭޝަނާއެކު ގާއިމުކޮށްފައިވާ ޕާޓްނަޝިޕް އިތުރު ތިން އަހަރުގެ މުއްދަތަކަށް އައުކޮށް، ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް ބޭންކުން ކުރަމުންދާ މަސައްކަތް އިތުރަށް ހަރުދަނާކޮށްފައެވެ.

comment ކޮމެންޓް