މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ސާވިސް ސެންޓަރެއް, 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބޭގޮތަށް ލ. ފޮނަދޫގައި މިއަދު ހުޅުވައިފިއެވެ.
ލ. އަތޮޅަށް ރައީސް މުޙައްމަދު މުއިއްޒު ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެމްއައިބީގެ ސާވިސް ސެންޓަރު ހުޅުވައިދެއްވީ އެ މަނިކުފާނެވެ. އެ ސާވިސް ސެންޓަރު ހުންނަނީ އެ ރަށު ފެރީ ޓާމިނަލްގައެވެ.
ފޮނަދޫގައި ހުޅުވި ސާވިސް ސެންޓަރާއެކު ލ. އަތޮޅުގައި އެމްއައިބީގެ ތިން ސާވިސް ސެންޓަރު މިހާރު ހުންނާނެއެވެ. އެއީ ކައްދުއާއި ގަމުގައި ހުރި ސާވިސް ސެންޓަރާ އެކުގައެވެ.

އެމްއައިބީގެ ސާވިސް ސެންޓަރު ފޮނަދޫގައި ހުޅުވުން -- ފޮޓޯ/ ރައީސް އޮފީސް
އެމްއައިބީގެ ސާވިސް ސެންޓަރު ގަމާއި ކައްދޫގައި ގާއިމުކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.
އެމްއައިބީން ވަނީ، އެ ބޭންކުން ހުރިހާ ޚިދުމަތެއް ކަހަލަ ގޮތަކަށް ރައްކާތެރިކޮށް އޮންލައިންކޮށް ދެމުން އަންނަ ކަމަށް ބުނެފައެވެ. އެގޮތުން ބޭންކަށް ނުގޮސް އެކައުންޓު ހުޅުވުމާއި، އިންޓަނެޓް ބޭންކިންއަށް ރަޖިސްޓާ ކުރުމުގެ އިތުރުން އުޖާލާ ދިރިއުޅުން ފެސިލިޓީއަށް ވެސް ބޭންކަށް ނުގޮސް އޮންލައިންކޮށް އެދެވޭކަން ބޭންކުން ފާހަގަކުރިއެވެ.