އެޑްވަޓޯރިއަލް: ކޮސްމޯޕޮލިޓަންއިން މި ކިޔައިދެނީ ބިސް ޚިޔާރުކުރުމުގައި ބަލަންވީ ކަންތައްތައް

ދިވެހީންނަކީ ދުޅަހެޔޮ ސިއްހަތެއް ދެމެހެއްޓުމާ ގުޅޭ ގޮތުން ވަރަށް ހޭލުންތެރި ބައެކެވެ. އުމުރާއި ޖިންސާއި ބަރުދަނަށް ބަލައި، ކެއުން ބަހައްޓަންވީ ގޮތް ގިނަ ބަޔަކު ދަނެއެވެ. އެގޮތުން ކޮންމެ ދުވަހަކު ވެސް ކެއުމުގައި ބިސް ހިމެނުމަކީ ވަރަށް ގިނަ ބަޔެއްގެ އާދައެކެވެ. ނަމަވެސް އެކި ސައިޒުގެ، އެކި ކުލައިގެ ބިސް ފެންނައިރު، ހަށިގަނޑަށް އެންމެ ފައިދާވާ މާއްދާތައް އެކުލެވޭ ބިސް ޚިޔާރުކުރާނީ ކިހިނެއް ހެއްޔެވެ؟ މިކަމުގައި، ރާއްޖެއަށް ކާބޯތަކެތި އެތެރެކުރުމުގައި 23 އަހަރުގެ ތަޖުރިބާ ހޯދައިފައިވާ ކޮސްމޯޕޮލިޓަން މޯލްޑިވްސްއިން މިދެނީ ކުޑަ އެހީއެކެވެ.

ދިވެހީންނަށް ކަމުދާ ގިނަ ބާވަތްތަކެއްގެ ކާބޯތަކެތި އެތެރެކުރަމުން އަންނަ ކޮސްމޯޕޮލިޓަންއިން އެންމެ ފަޚުރާއެކު ފާހަގަކުރާ ކަމަކީ، އަބަދުވެސް ކަސްޓަމަރުންގެ ބޭނުންތައް އެންމެ އިސްކުރާ ކަމެވެ. އެއީ، އެންމެ ފެންވަރު ރަނގަޅު އުފެއްދުންތައް ގެނެސްދީ، ހަމަ އެ ފެންވަރުގައި ކަސްޓަމަރާ ހަމައަށް ފޯރުކޮށްދީގެންނެވެ.

އޭގެ ތެރެއިން ވެސް، ކޮސްމޯޕޮލިޓަންއިން ގެންނަ ބިސް ހިމެނެއެވެ. އެގޮތުން އެ ކުންފުނިން ގެނެސްދެނީ އުފާވެރި މާހައުލެއްގައި ގެންގުޅެފައިވާ ކުކުޅުގެ ބިސް ނުވަތަ 'ފްރީ ރޭންޖް' ބިހެވެ.

ބައެއް ކުންފުނިތަކުން ބިސް ހޯދަނީ ކުކުޅު ކުޑަކުޑަ ކޮށްޓަށް ލައިގެން، އަނިޔާވެރި ގޮތަކަށެވެ. ނުވަތަ ކޮށްޓަށް ނުލިޔަސް، ބަންދުކޮށްފައިވާ ސަރަހައްދެއްގައި، ރަނގަޅަށް އިރުގެ އަލިކަން ވެސް ނުލިބޭ ހިސާބުގައެވެ. އެފަދަ ބިހުގެ ލޭބަލްތަކުގައި އެއީ 'ރެގިއުލާ އެގްސް' ނުވަތަ 'ކޭޖް ފްރީ އެގްސް' ކަމުގައި ބުނެފައިވާނެއެވެ.

ސިއްހަތަށް ފައިދާހުރި އޮމޭގާ-3އާއި އޮމޭޖާ-6 އެންމެ ގިނައިން އެކުލެވިގެންވަނީ ފްރީ ރޭންޖް ބިހުގައި ކަމަށް ދިރާސާތަކުން ދައްކާ --

ކޮސްމޯޕޮލިޓަންއިން ގެނެސްދޭ ފްރީ ރޭންޖް ބިހުގެ ޚާއްސަކަމަކީ، އެއީ ކުރިން މި ފާހަގަކުރި ދެ ބާވަތުގެ ބިހަށްވުރެ ވެސް، ހަށިގަނޑަށް ފައިދާހުރި ބިހަށް ވާތީއެވެ. އެގޮތުން، ކުކުޅު ގެންގުޅެފައިވާ ގޮތާއި އޭގެ ކެއުން ހުރި ގޮތުން، ބިހުގެ ކޮލިޓީއަށް ވެސް ބަދަލު އަންނާނެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި، ސިއްހަތަށް ފައިދާހުރި އޮމޭގާ-3އާއި އޮމޭޖާ-6 އެންމެ ގިނައިން އެކުލެވިގެންވަނީ ފްރީ ރޭންޖް ބިހުގައެވެ.

ކޮސްމޯޕޮލިޓަންގެ ބްރާންޗް މެނޭޖަރެއް ކަމަށްވާ ނެރިންގާ ވަނީ، މި ކުންފުންޏަށް ބިސް ފޯރުކޮށްދޭ 'އެގް ފާމް'އަށް ޒިޔާރަތްކުރައްވައި، އޭނާގެ ތަޖުރިބާ ހިއްސާކުރައްވައިފައެވެ. އިންޑިއާގެ ދެކުނުގެ ސަރަހައްދެއްގައި އޮންނަ އެ ދަނޑުން ފެނުނީ، ކުކުޅު ވަރަށް އުފަލުގައި އުޅޭ މަންޒަރެވެ. ކުޑައިރު ގޭގައި ބަލަހައްޓާ އޮޅު ޖަނަވާރުން ގޮތަށް، ރަނގަޅަށް ކާންދީގެންނެވެ. ފާސްޓް ފުޑް ކުންފުނިތަކުން ޖަނަވާރުތަކަށް ދޭ، ތަފާތު ކެމިކަލް އެކުލެވޭ ކާނާގެ ބަދަލުގައި، އެފަދަ އެއްޗެއް ނެތް، ހޯމޯންތައް ނުލައި ހުންނަ ޑައެޓެއްގައި ބޮޑުވާ ކުކުޅެވެ.

އެ ކުކުޅުތައް ގެންގުޅޭ ފަރާތަކީ، ފްރާންސުގައި ތައުލީމު ހާސިލުކޮށް، ދެމެހެއްޓެނިވި ދަނޑުވެރިކަން އެ ގައުމުން ދަސްކޮށްގެން އައިސް، އަމިއްލަ ގައުމުގައި ވެސް އެ މަސައްކަތްތައް ފަށައިދިން މީހެކެވެ.

އެ މަންޒަރު ފެނި، ނެރިންގާ ވެސް އެނބުރި ވަޑައިގަތީ، މުޅިން ވެސް 'ފްރީ ރޭންޖް' ބިސް ކެއުމުގެ އަޒުމާއެކުގައެވެ. އަދި ކޮސްމޯޕޮލިޓަންއިން ފޯރުކޮށްދެވެނީ އެންމެ ފެންވަރު ރަނގަޅު ބިހުގެ ޔަގީންކަމާ ވެސް އެކުގައެވެ.

އެފަދަ ގޮތަކަށް ބިސް ހޯދުމުން ސިއްހަތަށް ފައިދާވުމުގެ އިތުރަށް، ދެމެހެއްޓެނިވި ގޮތެއްގައި މި މަސައްކަތް ކުރެވުމާއި، ޖަނަވާރަށް ހެޔޮކޮށް ހިތުމުގެ ހިތްހަމަޖެހުން ވެސް ލިބެއެވެ.

ރާއްޖޭގައި ވެސް ކޮސްމޯޕޮލިޓަންއިން ބިސް ގެންގުޅެނީ ވަރަށް ރައްކާތެރިކަމާއެކު --

އެފަދަ މާހައުލަކުން ގެންނަ ބިސް، ރާއްޖޭގައި ވެސް ކޮސްމޯޕޮލިޓަންއިން ގެންގުޅެނީ ވަރަށް ރައްކާތެރިކަމާއެކުގައެވެ. އެގޮތުން ކޮންމެ މަރުހަލާއެއްގައި ވެސް ބިހުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި މި ކުންފުނިން ގެންގުޅެނީ ފިނިހޫނުމިން ކޮންޓްރޯލްކޮށްފައިވާ ސަޕްލައި ޗެއިންއެކެވެ.

އެ މަސައްކަތުގެ ދަށުން، ހުޅުމާލޭގައި ހަދައިފައި ހުންނަ ޒަމާނީ ވެއާހައުސްއަކީ ފިނިކޮށާއި ގަނޑުކޮށް ކާބޯތަކެތި ރައްކާކުރުމަށް ވަރަށް ފުރިހަމައަށް ތައްޔާރުކޮށްފައިވާ ވެއާހައުސްއެކެވެ. އަދި އެފްއެސްއެސްސީ ސަޓިފިކޭޝަން ލިބިފައިވާ ކުންފުންޏެއްގެ ހައިސިއްޔަތުން، ކޮސްމޯޕޮލިޓަންއިން ގަވައިދުން އޮޑިޓްތައް ހަދައި، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރަމެވެ.

މީގެ އިތުރުން، ސާފުތާހިރުކަމުގެ އެންމެ މަތީ މިންގަނޑުތައް ކަށަވަރުކޮށް، ކުންފުނީގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް ދެއެވެ.

އެ ފިޔަވަޅުތަކާއެކު، ކޮސްމޯޕޮލިޓަންއިން ފޯރުކޮށްދޭ ބިހުގެ ފެންވަރު ރަނގަޅުކަން ޔަގީންވުމުގެ އިތުރަށް، ލަގްޒަރީ ރިޒޯޓުތައް ހިމެނޭ ގޮތަށް، ކުންފުނީގެ ހޮސްޕިޓާލިޓީ ޕާޓްނަރުންނަށް އެންމެ އެދެވޭ ޚިދުމަތް ފޯރުކޮށްދެވެއެވެ.

ވީމާ ބިސް ގަންނައިރު މިއީ ވިސްނާލަން މުހިންމު ކަންތައްތަކެވެ. ހަނދާނުގައި ބަހައްޓަންވީ، ބިހުން ސިއްހަތަށް ކުރާ ފައިދާ އެނގެނީ ބިހުގެ ބޭރުފުށުން ނޫން ކަމެވެ. އެކަން ގުޅިފައިވަނީ ކުކުޅު ގެންގުޅެފައިވާ ގޮތާއި، ކެއުން ހުރި ގޮތަށް ކަމެވެ.

comment ކޮމެންޓް