ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ރޭ ހުޅުމާލޭން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
މީޑިއާއާ ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނީ، 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ރޭ ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރީ އުމުރުން 46 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އާންމުގޮތެއްގައި ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެން ހުށަހަޅާ މައްސަލަތަކުގައި ހައްޔަރުކުރާ މީހުންގެ ފުރިހަމަ ވަނަވަރެއް ފުލުހުން ހާމަ ނުކުރެއެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.