ޓިއުޝަން ދޭން ގޮސް ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުވި ޓީޗަރު 30 ދުވަހަށް ބަންދުކޮށްފި

ހުޅުމާލޭގެ މަގުމަތީގައި ފުލުހަކު: ޖިންސީ ގޯނާގެ ކުށުގައި ހައްޔަރުކުރި މީހާ ވަނީ ބަންދުކޮށްފަ -- ފޮޓޯ/ ފުލުހުން

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި އަންގާރަ ދުވަހުގެރޭ ހުޅުމާލޭން ހައްޔަރުކުރި ދިވެހި ފިރިހެން މީހާ 30 ދުވަހަށް ބަންދުކޮށްފިއެވެ.

އިއްޔެ ފުލުހުން ބުނީ، 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި 46 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކުރި ކަމަށެވެ.

ފުލުހުން މިއަދު ބުނީ، އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 30 ދުވަހުގެ މުއްދަތަކަށް އޭނާ ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

'ސަން'އަށް އެނގިފައިވާ ގޮތުގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށްގެން ހައްޔަރުކުރީ މާލޭގެ ސްކޫލެއްގައި ކެމިސްޓްރީ ކިޔަވައިދޭ ޓީޗަރެކެވެ. އޭނާ ޖިންސީ ގޯނާކުރީ ދަރިވަރަކަށް ޓިއުޝަން ނަގައިދޭން ގޮސް ކަމަށް ވެސް އެނގިފައިވެއެވެ.

އާންމުގޮތެއްގައި ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެން ހުށަހަޅާ މައްސަލަތަކުގައި ހައްޔަރުކުރާ މީހުންގެ ފުރިހަމަ ވަނަވަރެއް ފުލުހުން ހާމަ ނުކުރެއެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.

comment ކޮމެންޓް