އެޑްވަޓޯރިއަލް: ރޭވާ މޯލްޑިވްސްގެ ޖިންސުތަކުން 10 ޕަސެންޓް ޑިސްކައުންޓެއް

ރޭވާ މޯލްޑިވްސްގެ ޖިންސުތަކުން 10 ޕަސެންޓް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ހޮނިހިރު ދުވަހު ފަށާނެ -- ސަން ފޮޓޯ/ މޫސާ ނަދީމް

މަގުބޫލު ބްރޭންޑުތަކުގެ އަންނައުނު ލިބެން ހުންނަ ރޭވާ މޯލްޑިވްސްއިން، އަންހެނުންގެ ޖިންސަށް ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ރޭވާ މޯލްޑިވްސްއިން އަންނަ ހޮނިހިރު ދުވަހު ފަށާ ޕްރޮމޯޝަންގެ ދަށުން، އެ ފިހާރައިން ލިބެން ހުންނަ ޖިންސުން 10 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެއެވެ.

އެ ޕްރޮމޯޝަން ކުރިއަށްދާނީ މިމަހުގެ ނިޔަލަށެވެ.

ރޭވާ މޯލްޑިވްސްއިން ވިއްކާ ޝޯލްތަކެއް -- ސަން ފޮޓޯ/ މޫސާ ނަދީމް

ރޭވާ މޯލްޑިވްސްގެ އެންމެ ޚާއްސަ އެއް ކަމަކީ، މިއީ މުޅި މާލޭން ވެސް އެންމެ އަގުހެޔޮކޮށް ޝޯލްއާއި ސްކާފް ހޯލްސޭލްކޮށް ލިބެން ހުންނަ ވިޔަފާރިކަމެވެ.

ރޭވާ މޯލްޑިވްސްއިން ޒަމާނީ ހެދުމެކޭ އެއްގޮތަށް ސަގާފީ ދިގު ހެދުން ވެސް ލިބެން ހުރެއެވެ. އެގޮތުން, އެކި ޑިޒައިންގެ ދިގު ހެދުން ލިބެން ހުންނައިރު، ރޭވާއިން އެ މީހަކަށް ހެދުން ހެޔޮވަރު ވެސް ކޮށްދޭނެއެވެ.

ރަންކިޔުން ފަދަ ހަފުލާތަކަށް ޚާއްސަ ދިގު ހެދުން ބޭނުންވާނަމަ، ރޭވާ މޯލްޑިވްސްއިން ދިގު ހެދުން ފަހައިދޭނެއެވެ.

comment ކޮމެންޓް