އަައްޑޫގައި ވަކި ކައުންސިލްތައް ހެދުމަށް ޚިޔާލު ހޯދުމަށް ވޯޓުލުން ފަށައިފި

އައްޑޫގައި ކައުންސިލް އޮންނަންވީ ގޮތާ ގުޅޭ ގޮތުން ޚިޔާލު ހޯދުމުގެ ވޯޓުލުން -- ސަން ފޮޓޯ/ އަހުމަދު ފިރްޔާލް

އަައްޑޫގައި ވަކި ކައުންސިލްތައް ހެދުމަށް ޚިޔާލު ހޯދުމަށް މިއަދު ވޯޓުލުން ފަށައިފިއެވެ.

އައްޑޫގެ ފޭދުއައި ހުޅުދުއާއި މީދޫގައި ސިޓީ ކައުންސިލުން ވަކިވެފައިވާ ކައުންސިލްތަކެއް ހެދުމަށް ފެނޭތޯ އެހުމަށް، އެ ރަށްތަކުގެ ރައްޔިތުންނަށް ވޯޓުލާން ހުޅުވާލީ 8:00 ޖެހިއިރެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި ރިފަރެންޑަމްގައި ވޯޓުލުމުގެ ހައްގު ލިބޭ މީހުންނަކީ:

  • ފޭދޫން 4،355 މީހުން
  • ހުޅުދޫން 2،874 މީހުން
  • މީދޫން 2،347 މީހުން

މި ވޯޓަށް ހުޅުދުއާއި މީދޫގައި ކޮންމެ ރަށެއްގައި ތިން ފޮށި ބަހައްޓާއިރު، ފޭދޫގައި ވޯޓުލުމަށް ފަސް ފޮށި ބަހައްޓާނެއެވެ. އަދި ވެރިރަށް މާލޭގައި ދިރިއުޅޭ، މި ތިން ރަށުގެ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންނަށް ހަތް ފޮށި، މާލޭގެ ކަލާފާނު ސްކޫލުގައި ބަހައްޓާނެ ކަމަށް އީސީން މައުލޫމާތު ދީފައިވެއެވެ.

މި ވޯޓު ކުރިއަށްދާނީ ހަވީރު 04:00އާ ހަމައަށެވެ.

އީސީން ބުނެފައިވާ ގޮތުގައި، ވޯޓުތައް ގުނަން ފަށާނީ ވޯޓުލުން ނިމޭތާ 30 މިނެޓް ފަހުންނެވެ.

comment ކޮމެންޓް