ޒަމާން ބަދަލުވާ ވަރަކަށް ޓެކްނޮލޮޖީގެ ދުނިޔެ ވެސް ބަވަނަވަމުންދާ ވަރަކަށް ދިވެހިންގެ ލޯތަކަށްވެސް ތަފާތު ސްމާޓް ސާމާނުތައް ތައާރަފުނުވެ ނުހުންނާނެއެވެ. އެންމެ ފަހުގެ އައި ފޯނާއި ސްމާޓް ވޮޗްއާއި ސްމާޓް ފްރިޖާއި މި ނޫންވެސް ތަކެތި ގަންނަހިތް ނުވާނީ ކާކު ހެއްޔެވެ؟ ސްމާޓް ވޮޗްތައް ގެންގުޅޭ ދިވެހިންވެސް މަދެއް ނޫންކަން ޔަގީނެވެ. ޖީބުން ފޯނު ނެގުމުގެ ބަދަލުގައި އަތުކުރިއަށް ބަލަން ކިހާ ފަސޭހަ ހެއްޔެވެ؟ ހަމަ އެގޮތަށް ސްމާޓް އައިނެއް ލިބިއްޖެއްޔާ ކިހާ ފަސޭހަ ހެއްޔެވެ.
މިކަން ދިވެހިންނަށް ފަހިކޮށްދިނުމަށް ފުޅާ ދާއިރާއެއްގައި ރާއްޖޭގައި އައިނުގެ ވިޔަފާރި ކުރަމުންދާ ވިޝަން އޮޕްޓިކަލްސް އިން އޭޕްރީލް މަހުގައި ފުރަތަމަ ފަހަރަށް ރާއްޖެއަށް ސްމާޓް އައިނުތައް ތައާރަފުކުރިއެވެ. ކުރުމުއްދަތެއްގެތެރޭގައި އަލަށް ތަޢާރަފުކުރި ސްމާޓް އައިނުގެ ސްޓޮކު ހުސްވުމުން އަނެއްކާވެސް މި އައިނުތަކުގެ ދެވަނަ ޝިޕްމެންޓެއް ރާއްޖެއަށް ގެނެސްފިއެވެ. މިހާރު މި އައިނުތައް ވިޝަން އޮޕްޓިކަލްސްގެ ޝޯވރޫމުން ލިބެން ހުންނާނެ ކަމަށް އެ ވިޔަފާރި ކުންފުނިން ބުނެފައިވެއެވެ.

ވިޝަން އޮޕްޓިކަލްސް އިން ރާއްޖޭގެ މާކެޓަށް ތައާރަފުކުރި ސްމާޓް ފްރޭމްތައް---ފޮޓޯ: ވިޝަން އޮޕްޓިކަލްސް
ވިޝަން އޮޕްޓިކަލްސް އިން ބުނީ މި އައިނުތައް ބްލޫޓޫތްކޮށް ފަސޭހައިން ފޯނާ ކަނެކްޓްކޮށްލައިގެން މިއުޒިކު ވެސް އަޑުއަހާލެވޭ ކަމަށެވެ. އަދި މިވަރަކުން ނުފުދެއެވެ. އައިނުގެ ޓެމްޕަލް ނުވަތަ ފައިކަށީގެ އަރިމަތީ އަތްޖައްސާލުމުން ފޯނަށް ޖަވާބުދިނުމުގެ ކުޅަދާނަކަން މި ސްމާޓް އައިނުތަކުގައި ހުރެއެވެ.

މި އައިނުތަކުގައި ފޮޓޯ ނެގުމާއި ވީޑިއޯ ރެކޯޑްކުރުމުގެ ގާބިލުކަން ވެސް ލިބިގެންވެއެވެ. އެއީ ކިހިނެއް ހެއްޔެވެ؟ ސްމާޓް އަވިއައިނު ފްރޭމްގައި ޖަހާފައިވާ މިނިއޭޗަރައިޒްޑް ކެމެރާއެއް ބޭނުންކޮށްގެން ވީޑިއޯ ރެކޯޑް ކުރާއިރު، ގިނަ ފަހަރަށް އޯޑިއޯ އަށް ބިލްޓް-އިން މައިކްރޯފޯނެއް ވެސް ހުރެ އެވެ.
ފެން ޖެހުނީމާ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ މިކަމާ ގުޅޭގޮތުން ވިޝަން އޮޕްޓިކަލްސް އިން ވަނީ މި އައިނުތައް ވޯޓާޕްރޫފް ޑިޒައިނަކަށް ފަރުމާކޮށްފައިވާކަން ކަށަވަރުކޮށްދީފައެވެ.

ވިޝަން އޮޕްޓިކަލްސް އިން ލިބެން ހުންނަ ސްމާޓް އައިނުތައް--ފޮޓޯ: ވިޝަން އޮޕްޓިކަލްސް
މި އައިނުތައް ލޮލަށް ރައްކާތެރި ކަމަށްވެސް ވިޝަން އޮޕްޓިކަލްސް އިން ބުނެފައިވެއެވެ. އެކަން ފަހިކޮށްދިނުމަށް މި ސްމާޓް އައިނުތަކުގެ ލެންސްގައި، އެހެން އައިނުތަކާ ހިލާފަށް އެންޓި ބްލޫލައިޓް ފީޗާ އާއި ކަލާ ޗޭންޖިން ލެންސް ހިމެނެއެވެ. އަދި ޕްރެސްކްރިޕްޝަން ލެންސަށްވެސް ބަދަލުކޮށްލެވޭނެ ކަމަށް ވިޝަން އޮޕްޓިކަލްސް އިން ބުނެފައިވެއެވެ. ވިޝަން އޮޕްޓިކަލްސް އިން މައުލޫމާތުދޭ ގޮތުގައި މީގެއިން ބައެއް އައިނުތައް މަޔޯޕިއާ ލެންސްއާ ވެސް ޕެއާ ކުރެވޭނެއެވެ.
މީގެ އިތުރުންވެސް، އެއް ގަޑިއިރު ވަންދެން ވީޑިއޯ ރެކޯޑްކުރުމުގެ ބެޓަރީ ޕަވަރ މި އައިނަށް ލިބިގެންވާކަން ފާހަގަކޮށްލަންޖެހެއެވެ. އަދި އެއް ގަޑިއިރުގެ ފޮޓޯ ޑިއުރޭޝަނެއްވެސް ހުންނަކަން ފާހަގަކޮށްލަންޖެހެއެވެ. އަލްޓްރާވައިލެޓް ޕްރޫޕް (TAC+UV400) މި އައިނުތައް ޗާޖްކުރުމަށް ހޭދަވާނީ ގާތްގަނޑަކަށް 70 މިނެޓެވެ. ބޭނުންކުރަމުންދާއިރު އައިނުގެ ބެޓްރީ ނިވޭނީ ހަތަރު ގަޑިއިރު ތެރޭގައެވެ.