ގެއްލުނު ނޭޕާލް އަންހެން މީހާ ފެނިއްޖެ، ހާލު ރަނގަޅު

ގެއްލިގެން ހޯދާ ނޭޕާލް އަންހެން މީހާ: އޭނާ ހޯދާތާ ދެ ދުވަހަށް ވުރެ ގިނަ ވެއްޖެ ---- ފޮޓޯ/ ފުލުހުން

މާލެއިން ގެއްލުނު ނޭޕާލް ރައްޔިތެއް ކަމުގައިވާ ޕޫރްނީމާ ގަޖްމާ ފެނިއްޖެ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުންގެ ބުނީ، މާލެއިން ގެއްލިގެން ހޯދަން އުޅުނު އުމުރުން 19 އަަހަރުގެ ޕޫރްނީމާ، ފުލުހުންނަށް ހޯދިފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ. ޕޫރްނީމާގެ ހާލު ރަނގަޅު ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

ފުލުހުން ބުނީ، އޭނާ އަންގާރަ ދުވަހުގެ 14:00 އެހާކަންހާއިރުން ފެށިގެން ދިޔަ ތަނެއް ނޭނގި ގެއްލިފައިވާ ކަމަށް ހުކުރު ދުވަހު އިރުއޮއްސި 18:56 ހާއިރު އެ މުއައްސަސާއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެހެންވެ، އެ މައުލޫމާތު ކަމާ ގުޅޭ ހުރިހާ އިދާރާތަކާ ހިއްސާކޮށް، އޭނާ ހޯދުމުގެ މަސައްކަތް ކުރި ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފާހަގަކުރެވޭ ގޮތުގައި، މާލޭއިން ދޭތެރެއަކުން މީހުން ގެއްލިގެން ހޯދަން އިއުލާނުކުރެއެވެ. އެކަމަކު، ހޯދަން އިއުލާނު ކުރާތާ މަދު ވަގުތުކޮޅެއް ތެރޭ އާންމުކޮށް، އެ މީހުން އާއިލާއަށް ގުޅައެވެ.

comment ކޮމެންޓް