ފަންރަންއަށް އުރީދޫ ބިލްޑިން ދިއްލާލައިފި: ވީޑިއޯ ހިއްސާކޮށްގެން ޚާއްސަ އިނާމެއް

އުރީދޫ ފަން ރަންގެ ޕޯސްޓަރެއް: އުރީދޫ މޯލްޑިވްސްގެ ފަން ރަން ހަރަކާތް އަންނަ ޑިސެމްބަރު 19 ގައި---ފޮޓޯ: އުރީދޫ

އުރީދޫ މޯލްޑިވްސްގެ ފަން ރަން ހަރަކާތް އަންނަ ޑިސެންބަރު 19 ގައި ބާއްވާނެކަން އިއުލާނުކޮށް، އުރީދޫގެ މައި އޮފީސް ދިއްލާލައިފިއެވެ.

އުރީދޫން ބުނީ، ކޮންމެ އަހަރަކު ދެ ފަހަރު ކުރިއަށް ގެންދާ އުރީދޫ ފަން ރަން ޑިސެންބަރު 19 ގައި ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި، ފަން ރަންގައި ބައިވެރިވުމަށް މިހާރު ވަނީ ހުޅުވާލާފައެވެ. އުރީދޫ ފަން ރަން ފާހަގަކުރުމުގެ ގޮތުން ހުޅުމާލޭގައި ހުންނަ އުރީދޫ ބިލްޑިން ކޮންމެ ރެއަކު ވެސް މިހާރު ދަނީ ދިއްލާލަމުން ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

އުރީދޫ މޯލްޑިވްސްގެ މި ހަރަކާތް އިތުރަށް ޚާއްސަކުރުމުގެ ގޮތުން އުރީދޫން ވަނީ ފަން ރަން ބިލްޑިން ލައިޓްތަކުގެ ވީޑިއޯތައް ރިކޯޑްކޮށް ޝެއާ ކުރުމަށް ހުރިހާ ފަރާތްތަކަށް ދައުވަތު އަރުވާފައެވެ. އަދި، ވީޑީއޯ ޝެއާކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ޚާއްސަ އިނާމެއް ލިބޭނެ ކަމަށް އިއުލާންކޮށްފައިވެއެވެ.

ޚާއްސަ އިނާމު ލިބޭ ގުރުއަތުގައި ބައިވެރިވުމަށް:

1. އުރީދޫ ފަން ރަންއަށް ޚާއްސަކޮށް އުރީދޫ ބިލްޑިން ދިއްލާލާފައިވާތަނުގެ ވީޑިއޯއެއް ނަގާލާ

2. އިންސްޓަގްރާމް، ފޭސްބުކް ނުވަތަ ޓިކްޓޮކްގައި ޕޯސްޓްކޮށްލާ

3. އުރީދޫ މޯލްޑިވްސް ޓެގްކޮށް (#ooredoomaldives) އަދި އުރީދޫ ފަންރަން ހޭޝްޓެގް (#OoredooFunRun) ބޭނުންކުރުން

އުރީދޫން ބުނީ މި މުބާރާތް ކުރިއަށް ދާނީ 31 އޮކްޓޯބަރުގެ ނިޔަލަށް ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް