ގޭމަރުންނަށް ޚާއްސަ ރެޑްމެޖިކް ފޯނާއި ޓެބްލެޓް، މޫލީން ޕްރީއޯޑަރަށް ހުޅުވާލައިފި

ރެޑް މެޖިކް ޑިވައިސްތައް --

ރެޑްމެޖިކްގެ އެންމެ ޒަމާނީ ތިން ގޭމިން ޑިވައިސް ކަމަށްވާ ރެޑްމެޖިކް 10އެސް ޕްރޯ، ރެޑްމެޖިކް 10 އެއާ، އަދި ރެޑްމެޖިކް އެސްޓްރާ ގޭމިން ޓެބްލެޓް ޕްރީއޯޑާ ކުރުމުގެ ފުރުސަތު މޫލީން ހުޅުވާލައިފިއެވެ.

އުރީދޫއިން ބުނީ މި ޑިވައިސްތަކަށް ޕްރީ އޯޑަރު ކުރާ ކަސްޓަމަރުންނަށް އޯޑަރު ފުރިހަމަ ކުރާތާ 20 ދުވަހުގެ ތެރޭގައި ގެޖެޓް ލިބޭނެ ކަމަށެވެ.

އުރީދޫއިން ފާހަގަކުރިގޮތުގައި މޯބައިލް ގޭމަރުންގެ މެދުގައި ރެޑްމެޖިކް ސީރީޒް މަޝްހޫރުވެފައިވަނީ ރީތި ޑިޒައިންތަކާއި، ވަރުގަދަ އިންޓާނަލްތަކާއި، ސްޕެޝަލައިޒްޑް ކޫލިން ސިސްޓަމްތަކަށް ކަމަށެވެ. އެ ޑިވައިސްތަކުގެ ފާހަގަކޮށްލެވޭ ކަންތައްތަކުގެ ތެރޭގައި:

ރެޑްމެޖިކް 10އެސް ޕްރޯ

o ޕާފޯމަންސް ވަރުގަދަ ކުރުމަށް، ރެޑްކޯ އާރް3 ޕްރޯގެ ސަޕޯޓާއެކު ސްނެޕްޑްރެގަން 8 އެލީޓް ޗިޕްސެޓު ބޭނުންކޮށްފައި
o ޑިސްޕްލޭ: 6.85 އިންޗީގެ އެމޮލެޑް ޕެނަލް، 144 ހޯސްޕަވާ ރިފްރެޝް ރޭޓް، 1.5ކޭ ރިޒޮލިއުޝަން
o ބެޓެރީ: 7،050 އެމްއޭއެޗް އާއެކު 80 ވަޓް ފާސްޓް ޗާޖިން ފީޗާ
o އެޑްވާންސްޑް ކޫލިން: ލިކުއިޑް މެޓަލް، ވޭޕާ ޗެމްބާ، އަދި ޑިވައިސް ހޫނުވާ ވަގުތުތަކުގައި މެނޭޖްކުރުމަށް ފޭންއެއް ހިމެނޭ ނިޒާމެއް
o ގޭމިން ފީޗާސް: 520 ހޯސްޕަވަރުގެ ޝޯލްޑާ ޓްރިގާސް، އަރްޖީބީ ލައިޓިން، އަދި ހައި ޓަޗް ސާމްޕްލިން

• ރެޑްމެޖިކް 10 އެއާ

o ޗިޕްސެޓް: ސްނެޕްޑްރެގަން 8 ޖެން 3
o ޑިސްޕްލޭ: 6.8 އިންޗީގެ އެމޮލެޑް، 120 ހޯސްޕަވަރުގެ ރިފްރެޝް ރޭޓް، ވިވިޑް ވިޝުއަލްސް
o ބެޓެރީ: 6،000 އެމްއޭއެޗްއާ އެކު 80 ވަޓް ޗާޖިން ސަޕޯޓު
o ކޫލިން އިންޓާނަލްސް: އައިސް-އެކްސް 9 ލޭޔާ ވޭޕާ ކޫލިން، ރެޑްކޯ އާރް 3 ކޯޕްރޮސެސާ، އެނާޖީ ކިއުބް ޓެކްނޮލޮޖީ
o އެހެން ސްޕެކްސް: 16 ޖީބީއާ ހަމައަށް ރެމް، ޑުއަލް ކެމެރާ (50 އެމްޕީ + 50 އެމްޕީ)، އަދި އެންމެ ފަހުގެ ކަނެކްޓިވިޓީ ފީޗާސް (5ޖީ، ވައިފައި)

• ރެޑްމެޖިކް އެސްޓްރާ ގޭމިން ޓެބްލެޓް

o ޗިޕްސެޓް: ސްނެޕްޑްރެގަން 8 އެލައިޓް
o ޑިސްޕްލޭ: 9.06 އިންޗި 2.4 ކޭ އޯލެޑް، ރިޒޮލިއުޝަން މަތި އަދި އިމާސިވް ވިޝުއަލްސް
o ގިނައިރު ބޭނުންކުރުމުން ޑިވައިސް މާބޮޑަށް ހޫނުވުން ކުޑަ ކުރުމަށް 13 ލޭޔާ އައިސް-އެކްސް ތާމަލް ސިސްޓަމް
o މެމޮރީއާއި ސްޓޯރޭޖް: 12 ޖީބީ ރޭމް / 256 ޖީބީ ސްޓޯރޭޖް (ވެރިއަންޓް)
o ކޮމްޕެކްޓް، ޕޯޓަބަލް ފޯމް

އުރީދޫއިން ވަނީ، ރެޑްމެޖިކް ޓެބްލެޓާއި ފޯނަކީ ވެސް ގޭމް ކުޅޭ މީހުންނަށް ކަމުދާނެ ޑިވައިސްތައް ކަމަށް ބުނެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް