ގަވިން ބާޒާރު ފިހާރަ މެދުވެރިކޮށް، އެކި ރަށްރަށަށް ޑެލިވަރީގެ ޚިދުމަތް ވަރަށް ފަސޭހަކޮށްދީފިއެވެ.
ވަރަށް ފަހުން ހުޅުވި، ބާޒާރު ގަވިންގެ އަމާޒަކީ ރަށްރަށުގައި ދިރިއުޅޭ މީހުންގެ ގޭތެރެ ވެސް ޒަމާނީ އިންޓީރިއާއަކަށް ބަދަލު ކުރުމަށް އެހީވުމެވެ.
އެ މަގުސަދު ހާސިލުކުރުމަށް ޓަކައި ގަވިންއިން، އެންމެ ފަހުގެ ޑިޒައިންތަކުގެ ވޯލް ޕެނަލާއި ފިލާ، ބޯޓުތައް މެދުވެރިކޮށް ރަށްތަކަށް ޑެލިވާ ކޮށްދެއެވެ.

ބާޒާރު ގަވިން: ބަދިގެއަށް ބޭނުންވާ ފަރުނީޗަރު ވެސް ލިބެން ހުންނާނެ
ގަވިންއިން ބުނި ގޮތުގައި، ބަދިގެއާއި ގޭގެ އެހެން ތަންތަނަށް ބޭނުންވާ ފަރުނީޗަރު ވެސް ބޭނުން ގޮތަކަށް ޑިޒައިންކޮށް، ޖަހާފައި ރަށްރަށަށް ފޮނުވުމުގެ ޚިދުމަތް އެ ކުންފުނިން ފޯރުކޮށްދޭނެވެ. އަދި ފަރުނީޗަރު ހަދަން ބޭނުންވާ ހުޅާއި ފައްޗާއި ހާޑްވެއާ ހުރިހާ ސާމާނެއް ވެސް ގަވިންއިން ލިބެން ހުންނާނެއެވެ.
މީގެ އިތުރުން، ސްމާޓް އަވަން، ސްމާޓް ހުޑް، ސްޓޮވް މައިކްރޯވޭވް ފަދަ ހުރިހާ ތަކެތި ބާޒާރު ގަވިންއިން ވެސް ލިބެން ހުންނާނެއެވެ.
ބާޒާރު ގަވިން ހުންނަނީ ބޮޑުތަކުރުފާނު މަގު، އެމްޕީއެލް ކައިރީގައެވެ. އެ ފިހާރަށް 9428899 ނަންބަރުން ގުޅޭނެއެވެ.