ދިވެހި ބަހުގެ ފުރަތަމަ ޕީއެޗްޑީ ހާސިލުކުރެއްވި ބޭފުޅަކަށް ޑރ. އާމިނަތު ޒާހިރު ވެވަޑައިގެންފިއެވެ.
އެ ސަނަދު ޑރ. އާމިނަތު ޒާހިރަށް އެރުވީ، އިއްޔެ ގައުމީ ޔުނިވާސިޓީގައި އޮތް ދަސްވެނިވުމުގެ ރަސްމިއްޔާތުގައެވެ. އެހެންވެ، ދިވެހި ބަހުގެ ދާއިރާއިން އެންމެ މަތީ ސަނަދެއް މިހާރު އޮތް ބޭފުޅަކީ އޭނާއެވެ.
ގައުމީ ޔުނިވާސިޓީން 2019ގައި ފެށި، އެ ޕީއެޗްޑީ ޕްރޮގްރާމުގެ ތީސީސް އާމިނަތު ލިޔުއްވާފައި ވަނީ، ދިވެހި ބަހުންނެވެ. ދިވެހި ބަހުގެ ސިޔާސަތާއި ދިވެހި ބަހުގެ ރޭވުން އެކިވިދާތުގެ ވޭދަނަ ދިރާސާގެ ނަމުގައި އާމިނަތު ތީސީސް ބިނާކުރެއްވީ، ދިވެހި ބަހުގެ ސިޔާސަތާއި ރޭވުންތެރި ކަމަށެވެ. އޭނާ ވަނީ، އެ ތީސީސް އެމްއެންޔޫއަށް ހަދިޔާ ކުރައްވާފައެވެ.
މިހާރު ވެސް އެމްއެންޔޫގައި ލެކްޗަރާއަކަށް މަސައްކަތް ކުރައްވާ އާމިނަތު ޒާހިރު ދިވެހި ބަހުން ޑިގްރީ ހާސިލުކުރެއްވީ، 2009 ވަނަ އަހަރެވެ.
އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ. އައިޝަތު ޝެހެނާޒް ވިދާޅުވީ، އާމިނަތު ޕީއެޗްޑީ ހާސިލުކުރެއްވުމަކީ މުޅި ގައުމަށާއި އެ ޔުނިވާސިޓީއަށް ވެސް ފަޚުރެއް ކަމަށެވެ. އަދި، އާމިނަތުގެ ކާމިޔާބީއަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވަނީ މަރުހަބާ ދަންނަވާފައެވެ.