ބަތަލާ ޝްރައްދާ ކަޕޫރު އަލަށް ސޮއިކޮށްފައިވާ ޑައިރެކްޓަރު ލަކްޝަމަން އުތޭކަރުގެ ފިލްމުގައި ޝްރައްދާ ފެންނާނީ އިންޑިއާގެ ކުރީގެ މަޝްހޫރު ނެށުންތެރިޔާ ވިތާބައިގެ ކެރެކްޓާއިން ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މި ފިލްމުގެ ވާހަކަ ބިނާކޮށްފައި ވަނީ ލަވަކިޔުމުގެ އިތުރުން ނެށުމުގެ ދާއިރާގައި މަސައްކަތްކޮށް އިންޑިއާ މީހުން ކިޔާ ގޮތުންނަމަ "ތަމާޝާ އާޓިސްޓް"އެއްގެ ގޮތުގައި މަޝްހޫރުކަން ހޯދި ވިތާބައިގެ ހަޔާތުގެ މައްޗަށެވެ.
މި ފިލްމުގެ ގެނެސްދޭނީ ބަތަލާ ޝްރައްދާ ކަޕޫރު މީގެކުރިންވެސް މަސައްކަތްކޮށްފައިވާ މަގުބޫލު ޕްރޮޑަކްޝަން ކުންފުނި މެޑްޑޮކް ފިލްމްސް ބެނާގެ ދަށުންނެވެ.

ފިލްމު "އީތާ"ގައި ޝްރައްދާ ކުޅޭ ގެނެސްދޭ ކެރެކްޓާ ހަގީގީ ދިރިއުޅުމުގައި ނިސްބަތްވާ ވިތާ ބައި--ފޮޓޯ/މަނީކޮންޓްރޯލް
"އީތާ"ގެ ނަމުން ނަންދީފައިވާ މި ފިލްމުގެ މަސައްކަތް ޝްރައްދާ މިހާރު ފަށާފައިވާކަމަށް ރިޕޯޓުތަކުން ބުނެފައިވާއިރު މި ފިލްމު ވަރަށް އަވަހަށް ރަސްމީކޮށް އިއުލާނުކުރާނެ ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ.
ވިތާބައިގެ ފަރާތުން އޯޑިއަންސަށް ދައްކުވައިދިން ނެށުމުގެ ހުނަރު އެންމެ ފުރިހަމަށް ދައްކައިދިނުމަށް އެކަމަށް ހާއްސަ ތަމްރީނުތަކެއް ވެސް ބަތަލާ ޝްރައްދާ ފުރިހަމަކުރަން އަންނަ ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ.
މެޑްޑޮކް ފިލްމްސްއިން މިދިޔަ އޮގަސްޓް މަހު ގެނެސްދިން "އިސްތިރީ 2"ގެ ބަތަލާގެ ފިލްމެއް މި އަހަރުތެރޭ ރިލީޒްކުރަން ނެތް ނަމަވެސް ޝްރައްދާ އަންނަނީ ބަތަލާ 94 މިލިއަން އިންސްޓަގްރާމް ފޮލޮވާސްއާ އެކު ފިލްމީ މަސައްކަތްތަކާ ގުޅުންހުރި ބަހުސްތައް ކުރަމުންނެވެ.
އެހެންކަމުން ބަތަލާގެ ފިލްމެއް މި އަހަރުތެރޭ ރިލީޒްނުވި ނަމަވެސް ސަޕޯޓަރުންނާ އެކު އޮންނަ ގުޅުމަށް އެކަމުގެ މާބޮޑު އަސަރެއް ނުކުރާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ފިލްމު "އާޝިގީ 2"އިން ގިނަ ބައެއްގެ ސަމާލުކަން ހޯދި ބަތަލާގެ މިފަހުން ރިލީޒްވި ފިލްމުތަކުގެތެރޭ 2023ގައި ގެނެސްދިން "ތޫ ޖޫތީ މޭ މައްކާރު" ހިމެނެއެވެ.