ގަމުގެ އިރުން، ކާގޯ ބޯޓެއް އޮޔާދާތީ ސަމާލުވާން އެދިއްޖެ

އެމްއެންޑީއެފްގެ އުޅަނދެއް: ގަމުގެ އިރުން، ކާގޯ ބޯޓެއް އޮޔާދާތީ ސަމާލުވާން ވަނީ އެދިފައި --- ފޮޓޯ/ އެމްއެންޑީއެފް

ލ. ގަމުގެ އިރުން، ކާގޯ ބޯޓެއް އޮޔާދާތީ އެ ސަރަހައްދުން ދަތުރުކުރާ މީހުން އެ ކަމަށް ސަމާލުވުމަށް އެމްއެންޑީއެފުުން މިރޭ އިލްތިމާސްކޮށްފިއެވެ.

ސިފައިން ބުނި ގޮތުގައި، އޮޔާދަނީ "އިންޓަގްރިޓީ ސްޓާ" ކިޔާ ކާގޯ ބޯޓެކެވެ.

އެ ބޯޓު އޮޔާދަނީ، ގަމުގެ އިރުން، ގާތްގަނޑަކަށް 48 މޭލު ބޭރުން އިރު ދެކުނަށް ކަމަށް ސިފައިން ބުނެފައިވެއެވެ. އެހެންވެ، އެ ސަރަހައްދުން ދަތުރުކުރާ މީހުން އެ ކަމަށް ސަމާލުކަން ދިނުމަށް ސިފައިން އިލްތިމާސްކުރިއެވެ.

ޚާއްސަކޮށް، ރޭގަނޑަށް އެ ހިސާބުން ދަތުރުކުރާ މީހުން ޚާއްސަ ސަމާލުކަމެއް ދިނުމަށް ސިފައިން ވަނީ އެދިފައެވެ. ކާގޯ ބޯޓެއް އޮޔާދާއިރު، މި ދުވަސްވަރު މުޅި ރާއްޖެއަށް ކަހަލަ ގޮތަކަށް އަންނަނީ ވިއްސާރަ ކުރަމުންނެވެ.

މިރޭ ވެސް ރާއްޖޭގެ ހުރިހާ ސަރަހައްދުތަކެއްގެ ކަނޑުތައް ގަދަވެ، އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

comment ކޮމެންޓް