ބަންގްލަދޭޝްގެ އާންމު އިންތިޚާބުގެ ވޯޓުލުން ކުރިއަށް ދަނިކޮށް ވޯޓުލާ މަރުކަޒެއް ކަމަށްވާ ގޯޕަލްގަންޖް ސަދަރު އުޕަޒިލާގެ ރެޝްމާ އިންޓަނޭޝަަނަލް ސްކޫލްގައި އެއްޗެއް ގޮވައި، ތިން މީހަކަށް އަނިޔާވެއްޖެއެވެ.
ޕްރޮތޮމް ބަންގްލަދޭޝްގެ އަލޯ ނިއުސް އައުޓްލެޓުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޒަޚަމްވެފައި ވަނީ ބަންގްލަދޭޝްގެ އަންސާރު ޕެރަމިލިޓަރީގެ ދެ މެމްބަރަކާއި ވޯޓުލާ މީހަކާއެކު އުޅުނު އުމުރުން 14 އަހަރުގެ ކުއްޖެކެވެ.
އެ މަރުކަޒުގައި ޑިއުޓީގައި ހުރި ސަބް އިންސްޕެކްޓަރު ޖާހިދުލް އިސްލާމް ބުނި ގޮތުގައި ސްކޫލުގެ ބޭރުގައި އެއްޗެއް ގޮވި ނަމަވެސް ވޯޓުލުން ސުލްހެވެރިކަމާއެކު ކުރިއަށްދާ ކަމަށެވެ.
އެއްޗެއް ގޮވިއަޑާއެކު ވޯޓުލާ މީހުންގެ މެދުގައި ބިރުވެރިކަން ފެތުރުނެވެ. ފުލުހުން ބުނީ ވޯޓުލާ މަރުކަޒުގެ މައި ގޭޓުގެ ބައެއް ހަލާކުވެފައިވާ ކަމަށާއި އެ ހާދިސާ ހިނގި ތަނުން ހެކި އެއްކޮށްފައިވާ ކަމަށެވެ.
މިއަދު ހެނދުނު 7:30 ގައި ވޯޓުލާން ފަށާފައިވާއިރު، އިންތިޚާބުގެ ސަލާމަތީކަންކަން ބެލުމަށް 150،000 އަށްވުރެ ސިފައިން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ބަންގްލަދޭޝްގެ އިންސްޕެކްޓާ ޖެނެރަލް ބަގާރުލް އަލަމް ވިދާޅުވީ ފުލުހުން 24،000އަށް ވުރެ ގިނަ ވޯޓުލާ މަރުކަޒު، ނުރައްކާ ބޮޑު ކަމަށް ނުވަތަ މެދުމިނުގެ ނުރައްކާ އޮތް ކަމަށް ފާހަގަކޮށްފައިވާނެ ކަމަށެވެ.
ފުލުހުންގެ ރެކޯޑްތަކުން ދައްކާ ގޮތުގައި އިންތިޚާބުގެ ކެމްޕޭނު މުއްދަތު ކަމަށްވާ ޑިސެމްބަރު 11 އިން ފެބްރުއަރީ ނުވަ ވަނަ ދުވަހަށް އެ ގައުމުގައި ހިންގި ސިޔާސީ ހަމަނުޖެހުންތަކުގައި ފަސް މީހުން މަރުވެ 600 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ.