މުވައްޒަފުން ތަމްރީނުކުރަން ބީއެމްއެލްއާއި ސިންގަޕޯ މެނޭޖްމަންޓް ޔުނިވާސިޓީން އެއްބަސްވުމަކަށް

ބީއެމްއެލް އިން އެސްއެމްޔޫ އާއެކު މުވައްޒަފުންގެ ލީޑާޝިޕް ތަރައްޤީކުރުމާއި ޕްރޮފެޝަނަލް އެޑިއުކޭޝަން އަދި ގާބިލުކަން އިތުރުކުރަން އެއްބަސްވުމެއްގައި ސޮއިކުރުން -- ފޮޓޯ/ ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވަނީ އެ ބޭންކުގެ މުވައްޒަފުންގެ ފަންނީ ގާބިލުކަމާއި ލީޑަރޝިޕް ހުނަރު ތަރައްގީކުރުމަށްޓަކައި ސިންގަޕޯ މެނޭޖްމަންޓް ޔުނިވާސިޓީ (އެސްއެމްޔޫ) އާއެކު މުހިންމު ސްޓްރެޓީޖިކް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން ބީއެމްއެލް އެކެޑަމީ އާއި އެސްއެމްޔޫ އެކެޑަމީ ގުޅިގެން މުވައްޒަފުންނަށް ޚާއްސަ ތަމްރީނު ޕްރޮގްރާމްތައް ފަރުމާކޮށް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ފާހަގަކުރެއްވި ގޮތުގައި، މި ޕާޓްނަރޝިޕްގެ ސަބަބުން ބައިނަލްއަގުވާމީ ފެންވަރުގެ ތައުލީމީ ޕްރޮގްރާމްތައް މެދުވެރިކޮށް އިގުތިސާދުގެ މުސްތަގުބަލުގެ ލީޑަރުން ބިނާކުރެވޭނެއެވެ. ފާއިތުވި އަހަރުވެސް ބީއެމްއެލްގެ 40 މުވައްޒަފަކު ވަނީ އެސްއެމްޔޫގެ ލީޑަރޝިޕް ޕްރޮގްރާމްތައް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައެވެ. ބީއެމްއެލްއިން އަންނަނީ މުވައްޒަފުންގެ ކުރިއެރުމަށާއި ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ގިނަ އިންވެސްޓްމަންޓްތަކެއް ކުރަމުންނެވެ.

  • ބީއެމްއެލް އާއި އެސްއެމްޔޫ އާ ދެމެދު މުވައްޒަފުން ތަމްރީނުކުރުމަށް ސްޓްރެޓީޖިކް އެއްބަސްވުމެއްގައި ސޮއިކުރުން.
  • މުވައްޒަފުންނަށް ޚާއްސަކޮށްގެން ތަމްރީނު ޕްރޮގްރާމްތައް ފަރުމާކުރުމުގައި އެސްއެމްޔޫއިން އެހީތެރިކަން ފޯރުކޮށްދިނުން.
  • މި އެއްބަސްވުމުގެ މަގުސަދަކީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ލީޑަރުން ބިނާކުރުން.
  • ވޭތުވެދިޔަ އަހަރު ބީއެމްއެލްގެ 40 މުވައްޒަފަކު އެސްއެމްޔޫގެ ލީޑަރޝިޕް ޕްރޮގްރާމްތައް ފުރިހަމަކުރުން.
  • މުވައްޒަފުންގެ ތަރައްގީއަށް އިންވެސްޓްކުރުމަކީ ބޭންކުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއްކަން ހާމަވުން.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ސިންގަޕޯ މެނޭޖްމަންޓް ޔުނިވާސިޓީ (އެސްއެމްޔޫ) އާއެކު، މުވައްޒަފުންގެ ލީޑާޝިޕް ތަރައްގީކުރުމާއި ޕްރޮފެޝަނަލް އެޑިއުކޭޝަން އަދި ގާބިލުކަން އިތުރުކުރުމަށް ސްޓްރެޓިޖިކް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން ބީއެމްއެލް އެކެޑަމީއާއި އެސްއެމްޔޫގެ ޕްރޮފެޝަނަލް ތަމްރީނަށް ޚާއްސަ އެސްއެމްޔޫ އެކެޑަމީއާ ދެމެދު މިހާރު ވެސް އޮތް ގުޅުން އިތުރަށް ފުޅާވާނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.

އެ ބެންކުން ބުނި ގޮތުގައި މި ގުޅުމުގެ ދަށުން ބީއެމްއެލްގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން ތައްޔާރުކުރެވޭ ތަމްރީނު ޕްރޮގްރާމްތައް ފަރުމާކުރުމާއި ހިންގުމުގައި އެސްއެމްޔޫއިން އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އަދި ހަމަޖެހިފައިވާ އުސޫލެއްގެ ދަށުން މައުލޫމާތާއި ހުނަރު ބަދަލުކުރުމުގެ ތެރެއިން ބޭންކުގެ މުވައްޒަފުންގެ ފަންނީ ގާބިލުކަން އިތުރުކުރެވި، މެދުނުކެނޑި ފަންނީ ކުރިއެރުން ހޯދޭނެ މަގުތައް ބީއެމްއެލް އެކަޑަމީ މެދުވެރިކޮށް ފަހިވާނެ ކަމަށް އެ ބެންކުން ބުނެއެވެ.

ބެންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ، ރަނގަޅު ލީޑަރުން ބިނާކުރުމަށާއި ބޭންކުގެ ހުރިހާ ދާއިރާއެއްގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް ބީއެމްއެލްއިން ކުރާ މަސައްކަތްތައް މި ޕާޓްނާޝިޕުން ހާމަވާ ކަމަށެވެ. އަދި ބީއެމްއެލް އެކެޑަމީ މެދުވެރިކޮށް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ތައުލީމީ ޕްރޮގްރާމްތަކެއް ހިންގައި، އިގްތިސާދުގެ މުސްތަގުބަލުގެ ލީޑަރުން ބާރުވެރިކުރެވޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.

ބީއެމްއެލް އިން އެސްއެމްޔޫ އާއެކު މުވައްޒަފުންގެ ލީޑާޝިޕް ތަރައްގީކުރުމާއި ޕްރޮފެޝަނަލް އެޑިއުކޭޝަން އަދި ގާބިލުކަން އިތުރުކުރަން އެއްބަސްވުމުގައި ސޮއިކުރުން.. ފޮޓޯ/ ބީއެމްއެލް

"މި ޕާޓްނާޝިޕުން ރަނގަޅު ލީޑަރުން ބިނާކުރުމަށާއި ބޭންކުގެ ހުރިހާ ދާއިރާއެއްގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތް ހާމަވެގެންދޭ. ދިވެހިރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ހައިސިއްޔަތުން، އިގްތިސާދު ބައްޓަންކުރުމުގައި އަޅުގަނޑުމެން މުހިންމު ދައުރެއް އަދާކުރަން." ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ ބީއެމްއެލް އެކެޑަމީ މެދުވެރިކޮށް، ބިނާކުރަނީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ، ސްޓްރަކްޗާޑް ތައުލީމީ ޕްރޮގްރާމްތަކެއް ކަމަށާއި މިއާއެކު އެ ބޭންކުން އިގްތިސާދުގެ ލީޑަރުންގެ ގޮތުގައި މުސްތަގުބަލުގައި ތިބޭނެ ފަރާތްތައް ބާރުވެރިކުރެވިގެން ދާކަމަށެވެ.

ވޭތުވެދިޔަ އަހަރުވެސް އެސްއެމްޔޫއާއެކު ބީއެމްއެލްގެ 40 މުވައްޒަފަކު ވަނީ ލީޑާޝިޕް ޕްރޮގްރާމްތައް ކާމިޔާބުކަމާއެކު ނިންމާފައެވެ. މީގެ ތެރެއިން 20 ސީނިއާ މުވައްޒަފަކު 'އެގްޒެކެޓިވް ސެޓިފިކެޓް އިން ލީޑަޝިޕް އެންޑް ޕީޕަލް މެނޭޖްމަންޓް' ހާސިލުކޮށްފައިވާއިރު، އިތުރު 20 މުވައްޒަފަކު ވަނީ ބީއެމްއެލް އެކަޑަމީ މެދުވެރިކޮށް 'ސެޓިފިކެޓް އިން ލީޑަޝިޕް އެންޑް ޕީޕަލް މެނޭޖްމަންޓް' ހާސިލުކޮށްފައެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ދަނީ މުވައްޒަފުން ތަރައްގީކުރުމަށާއި މުޅި މުއައްސަސާގެ ގާބިލުކަން އިތުރުކުރުމަށް ބޮޑު އިސްކަމެއް ދީގެން އިންވެސްޓްކުރަމުންކަން އެ ބެންކުން ފާހަގަކުރެއެވެ.

އެއީ ބޭންކުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށާއި މުވައްޒަފުންނަށް ފަންނީ ކުރިއެރުން ހޯދައިދިނުމަށް ކުރަމުންދާ މުހިންމު މަސައްކަތެއް ކަމަށް ބީއެމްއެލްއިން ބުންޏެވެ.

comment ކޮމެންޓް