ޓީޓީއެޗް ކްލިނިކްގައި އެތެރެހަށީގެ ފަރުވާތައް ފަށައިފި

ޓްރީ ޓޮޕް ހޮސްޕިޓަލުގައި ޤާއިމް ކުރފެވުނު ފްލޫ ކްލިނިކް...

ޓްރީ ޓޮޕް ހޮސްޕިޓަލުން މާލޭގެ މއ. ޗަމްޕާ ވިލާގައި ހިންގަމުންދާ ޓީޓީއެޗް ކްލިނިކުގައި އެތެރެހަށީގެ ބަލިތަކަށް ޚާއްޞަ ފަރުވާ ނުވަތަ އިންޓާނަލް މެޑިސިންގެ ޚިދުމަތްތައް ރަސްމީކޮށް ތަޢާރަފުކޮށްފިއެވެ.

މިއީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް، ފަސޭހަކަމާއެކު ފަރުވާ ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

އިންޓާނަލް މެޑިސިން ނުވަތަ އެތެރެހަށީގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރުންނަކީ ބޮޑެތި މީހުންނަށް ދިމާވާ ސިއްހީ މައްސަލަތައް ދެނެގަނެ، އެކަންކަމުން ރައްކާތެރިވުމަށާއި އެކަށީގެންވާ ފަރުވާ ދިނުމަށް ޚާއްޞަ ތަމްރީނު ލިބިފައިވާ މާހިރުުންކަމަށް ވެސް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެއެވެ.

މި ކްލިނިކުގައި ޚިދުމަތް ދެއްވާނެ ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމުގައި ހިނެނޭ ބޭފުޅުންނަކީ:

  • ޑރ. މަޙްމޫދު ޢައްބާސް – ކޮންސަލްޓަންޓް އިންޓާނަލް މެޑިސިން
  • ޑރ. އަމިތު ނަރަޔާނާ ޕިއްލައި – ކޮންސަލްޓަންޓް އިންޓާނަލް މެޑިސިން
  • ޑރ. މުޙައްމަދު އަސަދު އުރު ރަޙްމާން ޚާން – ސްޕެޝަލިސްޓް އިންޓާނަލް މެޑިސިން

މި ޑޮކްޓަރުން ބަލިމީހުން ބައްލަވާނީ ކޮންމެ އާދީއްތަ އަދި ބުދަ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 1:00 އަށެވެ.

މާލޭގައި ހުންނަ ޓީޓީއެޗް ކްލިނިކުން އަލަށް ތަޢާރަފުކުރި ޚިދުމަތްތަކުގެ ތެރޭގައި ލޭމައްޗަށް ދިއުމާއި، ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަކުރުމަށް ދެވޭ ފަރުވާގެ އިތުރުން ނޭވާލާ ނިޒާމުގެ ބަލިތައް ކަމަށްވާ ނޭވާހިއްލުމާއި ސީ.އޯ.ޕީ.ޑީ ފަދަ ބަލިތަކަށް ފަރުވާ ދިނުން ހިމެނެއެވެ.

މީގެ އިތުރުން ގޮހޮރާއި ފުރަމޭގެ ބަލިތަކަށް ފަރުވާ ދިނުމާއި، ބޮޑެތި މީހުންނަށް ދިމާވާ އެކި ބަލިތަކަށް ފަރުވާ ދިނުމާއި، އިތުރު ލަފާ ނުވަތަ ދެވަނަ ރައުޔެއް ހޯދުމުގެ ފުރުޞަތުވެސް މިހާރު މި ކްލިނިކުން ލިބިގެންދާނެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ބަލިތަކުން ރައްކާތެރިވެފައިވާ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް އިސްކަންދޭ މުއައްސަސާއެކެވެ. އެގޮތުން ގައުމީ ފެންވަރުގައި ކުރިއަށްގެންދާ ވެކްސިން ޖެހުމުގެ ޕްރޮގްރާމްތަކަށް އެއްބާރުލުން ދިނުމާއި، ސިއްހީ ޚިދުމަތްތެރިންގެ މައުލޫމާތު އައުކުރުމަށް ތައުލީމީ ސެޝަންތައް ބޭއްވުމަކީ އެ ހޮސްޕިޓަލުން ކުރަމުންދާ މުހިންމު މަސައްކަތްތަކެކެވެ.

comment ކޮމެންޓް