ޓްރީ ޓޮޕް ހޮސްޕިޓަލުގެ މިއަހަރުގެ ފުރަތަމަ ހިތާނީ ކޭމްޕަށް ރަޖިސްޓްރީ ކުރުމަށް ހުޅުވާލައިފި

މި ކޭމްޕުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަންނަ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ނަން ނޯޓުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި ކޭމްޕުގެ އަގަކީ 6500 ރުފިޔާއެވެ. ނަމަވެސް އާސަންދައިގެ ދަށުން 1000 ރުފިޔާ ކެނޑުމަށްފަހު ދައްކަންޖެހޭނީ 5500 ރުފިޔާއެވެ. ކޮންސަލްޓޭޝަން އަދި ޕްރޮސީޖަރ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 12 އިން ފެށިގެން އޮގަސްޓް މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއީ ކުދިންނަށް ފަސޭހަ އަދި ރައްކާތެރި މާހައުލެއްގައި ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމެއްގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ ކޭމްޕެކެވެ.

  • ހިތާނީ ޕެކޭޖުގައި އޮޕަރޭޝަނުގެ ކުރިންނާއި ފަހުން ހަދަންޖެހޭ ޓެސްޓުތަކާއި ކޮންސަލްޓޭޝަން ހިމެނެއެވެ.
  • އޮޕަރޭޝަނަށް ބޭނުންވާ ހުރިހާ ބޭހަކާއި ތަކެތި މި ޕެކޭޖުގެ ތެރެއިން ލިބޭނެއެވެ.
  • އޮޕަރޭޝަނަށްފަހު ޑޭކެއަރގައި މޮނިޓަރކުރުމާއި ލުއި ކެއުން ހަމަޖެހިފައިވެއެވެ.
  • ޚާއްސަ އަގެއްގައި ޕްރައިވެޓް ރޫމަށް އަޕްގްރޭޑް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
  • ރަޖިސްޓަރީ ކުރުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ މަހުގެ 16 ވަނަ ދުވަހެވެ.
  • އާސަންދަ ކެނޑުމަށްފަހު ޕެކޭޖުގެ އަގަކީ 5500 ރުފިޔާއެވެ.
  • އިތުރު މައުލޫމާތު ހޯދުމަށް 3351610 އަށް ގުޅުމަށް ވަނީ އެދިފައެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން މިއަހަރުގެ ފުރަތަމަ ހިތާނީ ކޭމްޕްގައި ރަޖިސްރީ ކުރުމަށް ހުޅުވާލައިފިއެވެ.

މި ކޭމްޕުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިއަދުން ފެށިގެން އަންނަ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ނަން ނޯޓުކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

މި ކޭމްޕުގެ އަގަކީ 6,500 ރުފިޔާއެވެ. އާސަންދައަށް 1،000 ރުފިޔާ ކެނޑުމަށް ފަހު ދައްކަންޖެހޭ އަގަކީ 5,500 ރުފިޔާއެވެ.

އެ ހޮސްޕިޓަލުން ބުނި ގޮތުގައި ކޮންސަލްޓޭޝަން އަދި ޕްރޮސީޖާ ހަދާ ތާރީޚުތަކަކީ އަންނަ މަހުގެ 12 އިން ފެށިގެން 1 އޮގަސްޓްގެ ނިޔަލަށެވެ.

މި ހިތާނީ ޕެކޭޖްގައި ހިމެނެނީ:

  • ޔޫރޮލޮޖިސްޓް އަދި އެނެސްތީސިއޮލޮޖިސްޓުންގެ އޮޕަރޭޝަނުގެ ކުރީގެ ކޮންސަލްޓޭޝަން
  • ޕްރޮސީޖާއާއި ގުޅޭ އާންމު ލެބޯޓަރީ ޓެސްޓްތައް
  • ލޯކަލް ނުވަތަ ޖެނެރަލް އެނެސްތީސިއާގެ ދަށުން ހިތާނުކުރުން
  • އޮޕަރޭޝަނަށް ބޭނުންވާ ހުރިހާ ތަކެއްޗާއި ބޭސް
  • އޮޕަރޭޝަނަށްފަހު ޑޭކެއާގައި މޮނިޓަރ ކުރުން
  • ފޮލޯއަޕް ކޮންސަލްޓޭޝަން
  • އޮޕަރޭޝަނަށްފަހު ލުއި ކެއުން
  • ޚާއްސަ އަގެއްގައި ޕްރައިވެޓް ރޫމަށް އަޕްގްރޭޑް ކުރުމުގެ ފުރުސަތު

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނި ގޮތުގައި މި ކޭމްޕުގައި ޚިދުމަތް ދެއްވުމަށް ހަމަޖެހިފައި ވަނީ އޮޕަރޭޝަނަށް ފަރުވާއަށް ޚާއްސަވެފައިވާ ޑޮކްޓަރުންނާއި، ކުޑަކަމުދާ ނިޒާމުގެ ޚާއްސަ ޑޮކްޓަރުން ހިމެނޭ ގޮތަށް ތަޖުރިބާކާރު މެޑިކަލް ޓީމެކެވެ. މި ޓީމުގައި ހިމެނިވަޑައިގަންނަވާ ޑޮކްޓަރުންނަކީ ޑރ. މޫމިން، ޑރ. އުކްތަމް، ޑރ. ހުސެއިން، ޑރ. ޝަރީފް، ޑރ. އޯޑަރ އަދި ޑރ. އުބައިދެވެ.

އެ ހޮސްޕިޓަލުން ބުނެފައި ވަނީ، އެންމެ މަތީ ފެންވަރުގެ ފަރުވާ ކަށަވަރުކުރުމަށްޓަކައި، އޮޕަރޭޝަންތައް ހިންގާނީ ކުދިންނަށް ހިތްހަމަޖެހޭނެ ގޮތަށް ޚާއްސަކޮށްފައިވާ މާހައުލެއްގައި ކަމަށާއި، މި ކޭމްޕަކީ ބެލެނިވެރިންނަށް އިތުބާރު ކުރެވޭނެ އަދި ކުދިންނަށް ފަސޭހަ ތަޖުރިބާއެއް ލިބިގެންދާނެ ޕްރޮގްރާމެއް ކަމަށެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ދިވެހިރާއްޖޭގެ ސިއްހީ ޚިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލްއެކެވެ. މި ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އައު އުސޫލުތަކާއި ޚިދުމަތްތައް ތައާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ސިއްހީ ޚިދުމަތުގެ ޚަރަދުތައް ކުޑަކުރުމެވެ. އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ފަރުވާތަކުގެ ޚިދުމަތްތަކާއި އެކު، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ އަމާޒަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ސިއްހީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.

އިތުރު މައުލޫމާތު ހޯދުމަށް 3351610 އަށް ގުޅުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް އެ ހޮސްޕިޓަލުން ވަނީ އެދިފައެވެ.

comment ކޮމެންޓް