އަހަރެމެންގެ އާއިލީ މަގުސަދަކީ މީހުން ހެއްވުން: ވަރުން

ބޮލީވުޑްގެ އެކްޓަރު ވަރުން ދަވަން--ފޮޓޯ/ޓެލެގްރާފްއިންޑިއާ

މަޝްހޫރު ފިލްމު ޑައިރެކްޓަރު ޑޭވިޑް ދަވަންގެ އާއިލާގެ މައިގަނޑު މަގުސަދަކީ ބެލުންތެރިންނަށް ހިނިތުންވުމާއި އުފާވެރިކަން ގެނެސްދިނުންކަމަށް އެކްޓަރު ވަރުން ދަވަން ބުނެފިއެވެ. މިކަން ހާމަކޮށްފައިވަނީ، ހަ އަހަރުގެ މެދުކެނޑުމަކަށްފަހު ޑޭވިޑް ޑައިރެކްޓްކުރާ އޭނާގެ ކެރިއަރުގެ އެންމެފަހު ފިލްމު ކަމަށްވާ "ހޭ ޖަވާނީ ތޯ އިޝްގު ހޯނާ ހޭ" ގެ ޓްރެއިލާ އާންމުކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. ސިނަމާގެ ކުރިމަގާމެދު ސުވާލު އުފެދިފައިވާ މި ދަނޑިވަޅުގައިވެސް، މީހުން ހެއްވާލުމުގެ ފުރިހަމަ އަޒުމުގައި އާ ފިލްމެއް އުފެއްދުމަކީ ޑޭވިޑް ދަވަންގެ ހާއްސަ ސިފައެއްކަމަށް ވަރުން ފާހަގަކުރިއެވެ. މީގެކުރިންވެސް ޑޭވިޑް ވަނީ ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ގިނަ ކޮމެޑީ ފިލްމުތަކެއް އުފައްދާފައެވެ.

  • ހަ އަހަރުގެ މެދުކެނޑުމަކަށްފަހު ޑޭވިޑް ދަވަންގެ އާ ފިލްމެއް ނެރުމަށް ވަނީ ހަމަޖެހިފައެވެ.
  • އަންނަ މަހުގެ ފަސްވަނަ ދުވަހު ނެރޭ މި ފިލްމަކީ ޑޭވިޑްގެ ކެރިއަރުގެ އެންމެފަހު ފިލްމެވެ.
  • ދަވަން އާއިލާގެ އެންމެ ބޮޑު އަމާޒަކީ ކޮމެޑީ މެދުވެރިކޮށް މީހުންނަށް އުފާވެރިކަން ގެނެސްދިނުމެވެ.
  • ޑޭވިޑްގެ ފިލްމީ ހަޔާތުގައި ކުރީގެ މަޝްހޫރު ޑައިރެކްޓަރުންގެ ފެންވަރުގެ މޮޅު ފިލްމުތައް އުފެއްދުމަށް އިސްކަންދީފައިވެއެވެ.
  • މީގެކުރިންވެސް ގިނަ ކާމިޔާބު ކޮމެޑީ ފިލްމުތަކެއް އޭނާ ވަނީ ބެލުންތެރިންނަށް ގެނެސްދީފައެވެ.

މިހާތަނަށް ވަރަށް ގިނަ ހެއްވާ މަޖާ ފިލްމުތައް ބެލުންތެރިންނަށް ގެނެސްދީފައިވާ ކުޅަދާނަ ޑައިރެކްޓަރު ޑޭވިޑް ދަވަންގެ އާއިލާގެ މަގްސަދަކީ ބެލުންތެރިން ހެއްވާލާ އޯޑިއަންސްގެ މޫނަށް އުފާވެރި ހިނިތުންވުމެއް ގެނެސްދިނުން ކަމަށް އެކްޓަރު ވަރުން ދަވަން ބުނެފިއެވެ.

ޑޭވިޑްގެ ދަރިފުޅު، އެކްޓަރު ވަރުން މިހެން ބުނީ ހަ އަހަރުގެ މެދުކެނޑުމަކަށް ފަހު ޑޭވިޑް ބެލުންތެރިންނަށް ގެނެސްދޭ ފިލްމު "ހޭ ޖަވާނީ ތޯ އިޝްގު ހޯނާ ހޭ"ގެ ޓްރެއިލާ ދައްކާލުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުންނެވެ.

"މި ދަނޑިވަޅަކީ ސިނަމާގެ ކުރިމަގާ މެދު އަހަރެމެން އެންމެން ސުވާލު އުފައްދާ ވަގުތެއް. ކޮންމެ ހުކުރު ދުވަހަކު ވެސް ފިލްމެއް ކާމިޔާބުވާނެތޯ ނުވަތަ ނޫންތޯ އަހަރެމެން ވިސްނަން. ނަމަވެސް، މި އުމުރުގައި ވެސް ބައްޕަ ފިލްމެއް އުފެއްދުމަކީ ވަރަށް އާދަޔާ ހިލާފު ކަމެއް. މިއީ ޑޭވިޑް ދަވަންގެ ފިލްމެއް، އަދި މިއީ މީހުން ހެއްވާލުމުގެ ފުރިހަމަ އަޒުމުގައި ބައްޕަ އުފައްދާފައިވާ ފިލްމެއް،" ނޫސްވެރިންނާ ވާހަކަ ދައްކަމުން ވަރުން ބުންޏެވެ.

ވަރުން ބައްޕަ ޑޭވިޑް ދަވަންއާ އެކު--ފޮޓޯ/ހިންދުންސްތާންޓައިމްސް

ވަރުން އިތުރަށް ބުނި ގޮތުގައި، އެ އާއިލާގެ އެންމެ ބޮޑު މަގުސަދަކީ މީހުންނަށް އުފާވެރިކަން ގެނެސްދިނުމެވެ. އަދި ބައްޕަގެ ހަމައެކަނި އަމާޒަކީ ވެސް މީހުން ހެއްވުން ކަމަށް ވަރުން ވަނީ ބުނެފައެވެ.

ޑޭވިޑްގެ ދިގު ފިލްމީ ކެރިއަރުގައި އޭނާ މަސައްކަތްކުރީ، ހަތްދިހައިގެ އަހަރުތަކުގެތެރޭ ކާމިޔާބު ގިނަ ފިލްމުތަކެއް ގެނެސްދިން ކުރީގެ ޑައިރެކްޓަރު މަންމޯހަން ދެސާއީ އުފެއްދި ކަހަލަ މޮޅު ރީތި ފިލްމުތައް ސްކްރީނަށް ގެނައުމަށް ކަމަށް ވަނީ ބުނެފައެވެ.

ޑޭވިޑް އުފައްދާފައިވާ މަގުބޫލު ފިލްމުތަކުގެތެރޭ، 'ރާޖާ ބާބޫ'، 'ހީރޯ ނަމްބަރު 1'، 'ކޫލީ ނަމްބަރު 1'، 'ބީވީ ނަމްބަރު 1' އަދި 'ޕާޓްނާ' ފަދަ މަޝްހޫރު ކޮމެޑީ ފިލްމުތައް ހިމެނެއެވެ.

މި އަންނަ މަހުގެ ފަސް ވަނަ ދުވަހު ރިލީޒްކުރާ ފިލްމު "ހޭ ޖަވާނީ ތޯ އިޝްގު ހޯނާ ހޭ" އަކީ ޑޭވިޑް ޑައިރެކްޓްކޮށް ގެނެސްދޭ އޭނާގެ ކެރިއަރުގެ އެންމެފަހު ފިލްމެވެ.

comment ކޮމެންޓް