ފިޗް ރޭޓިން މަތިވުމުން ޔާމީން: އެއީ އުންމީދު ކަނޑާލާފައި އޮތް މީހަކު ލޮލުގެ ބޮނޑި ތަޅުވާލުން ފަދަ ކަމެއް

ކުރީގެ ރައީސް ޔާމީން: އެ މަނިކުފާނު ވިދާޅުވީ ފިޗް ރޭޓިންއަށް އައި ބަދަލަކީ ދިރިހުންނާނެކަމުގެ އުންމީދު ނެތް މީހަކު ލޮލުގެ ބޮނޑި ތަޅުވާލުން ފަދަ ކަމެއް ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް

ދުނިޔޭގެ ކްރެޑިޓް ރޭޓިން އެޖެންސީ ފިޗުން ރާއްޖޭގެ ރޭޓިން "ސީސީ" އިން "ސީސީސީ މައިނަސް" އަށް މަތިކުރުމާ ގުޅިގެން، އެއީ ވަގުތީ ކަމެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ ސިފަކުރައްވާފައެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި މިއީ ދަރަނި ދެއްކުމުން އައި ކުޑަ ބަދަލެއް ކަމަށާއި، މިއީ އިގުތިސާދީ އަސާސީ މައްސަލަތައް ހައްލުވެ، ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުވި ކަމުގެ ނިޝާނެއް ނޫނެވެ. ރާއްޖޭގެ އިގުތިސާދު އަދިވެސް އޮތީ ވަރަށް ނާޒުކު ފައްތަރެއްގައެވެ. ސަރުކާރުން މިކަމާ އުފާފާޅުކުރަމުން ދިޔަ ނަމަވެސް، ޑޮލަރުގެ ކަޅު ބާޒާރުގެ އަގު 21 ނުވަތަ 22 ރުފިޔާގައި ހުރިކަން ފާހަގަކުރައްވައި، މާލީ ގޮންޖެހުންތައް އަދިވެސް ބޮޑުކަން ވަނީ ހާމަކުރައްވާފައެވެ. މީގެ އިތުރުން 2017 ވަނަ އަހަރު އެ މަނިކުފާނުގެ ވެރިކަމުގައި ފިޗް ރޭޓިން ހަދަން ފެށީ ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ހޯދުމަށް ކަމަށާއި، އޭރު ރާއްޖޭގެ ރޭޓިން "ބީ ޕްލަސް" ގައި ހުރިކަން ވަނީ ހަނދާންކޮށްދެއްވާފައެވެ.

  • ފިޗް ރޭޓިން "ސީސީ" އިން "ސީސީސީ މައިނަސް" އަށް ބަދަލުވުމަކީ ދަރަނި ދެއްކުމުން އައި ވަގުތީ ބަދަލެކެވެ.
  • ރޭޓިން މަތިވި ނަމަވެސް، ޑޮލަރުގެ އަގު ބޮޑުވުމާއި އިގުތިސާދީ މައިގަނޑު މައްސަލަތަކަށް ދާއިމީ ހައްލެއް ނުލިބެއެވެ.
  • މިއަހަރު 1.1 ބިލިއަން ޑޮލަރުގެ ދަރަނި ދައްކަން ޖެހިފައިވާއިރު، މިހާތަނަށް 8.7 ބިލިއަން ރުފިޔާ ވަނީ ދަރަންޏަށް ހޭދަކޮށްފައެވެ.
  • ކުޑަ ރޭޓިން ކުރިއެރުމަކުން ބޭރުގެ އިންވެސްޓަރުންގެ ފުރިހަމަ އިތުބާރު އަލުން ނުލިބޭނެކަން ވަނީ ފާހަގަކޮށްފައެވެ.
  • ރޭޓިން މަތިވުމަކީ ހަގީގީ އިގުތިސާދީ ކުރިއެރުމެއް ނޫންކަން ކަށަވަރުކުރުން.
  • ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލިފައިވާ މައްސަލައަށް ހާއްސަ ސަމާލުކަމެއް ދިނުން.
  • ދައުލަތުގެ ދަރަނި އަދާކުރުމުގެ ގާބިލުކަން އިތުރުކުރުމަށް ދެމެހެއްޓެނިވި ހަރުދަނާ ސިޔާސަތުތަކެއް އެކުލަވާލުން.

ދުނިޔޭގެ އެންމެ ބޮޑު ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗް ރޭޓިންސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކޮށްފައިވަނީ ގައުމުގެ އިގުތިސާދަށް ރަނގަޅު ބަދަލެއް އައުމުން ނޫން ކަމަށް ވިދާޅުވެ، އެއީ "ދިރިހުރުމުގެ އުންމީދު ކަނޑާލާފައި އޮތް މީހަކު ލޮލުގެ ބޮނޑި ތަޅުވާލުން" ފަދަ ކަމެއްގެ ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ސިފަކުރައްވައިފިއެވެ.

ފިޗުން އިއްޔެ ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން 'ސީސީ'އިން، އޭގެ ޖެހިގެން އޮންނަ މަތީ ރޭޓިން ކަމަށްވާ 'ސީސީސީ މައިނަސް'އަށް މަތިކޮށްފައެވެ.

ރާއްޖޭގެ ރޭޓިން 'ސީސީ'އަށް ދަށްކުރީ، ޖޫން 2024 ވަނަ އަހަރު 'ސީސީސީ ޕްލަސް' ރޭޓިންގައި އޮއްވައި، އެ އަހަރުގެ އޮގަސްޓު މަހެވެ. އޭގެ ފަހުން 2025ގައި ވެސް 'ސީސީ'ގައި ރޭޓިން ވަނީ ދަމަހައްޓައިފައެވެ.

ފިޗުން ރޭޓިންއަށް ގެނައި ބަދަލާ ގުޅިގެން ސަރުކާރުގެ ބޭފުޅުން އުފާ ފާޅުކުރައްވަމުން ގެންދަވަނިކޮށް، ރޭ ޔާމީންގެ ޕީއެންއެފުން ބޭއްވި ޖަލްސާއެއްގައި އެ މަނިކުފާނު ވިދާޅުވީ، ފިޗްގެ ރޭޓިންއަށް ގެނައި ކުޑަކުޑަ ބަދަލުން އިންވެސްޓަރުންގެ އިތުބާރު ނުލިބޭ ކަމަށެވެ.

https://sun.mv/222821

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ފިޗްގެ ރޭޓިންއިން ބުނެދެނީ ރާއްޖޭން ދަރަނި ދެއްކުމުން ގައުމަށް ވަގުތީ ހައްލެއް ގެނެސްދީފައިވާ ކަމެވެ. އެގޮތުން، ރާއްޖެއަށް ދަރަނި ނުދެއްކި އިގުތިސާދު 'ފުނޑިދާނެ' ކަމަށް މިދިޔަ އަހަރު ލަފާކުރެއްވުމަށް ފަހު، މިހާރު އޮތީ އެ ނާޒުކު ހާލަތެއް ނޫން ކަމަށް ރޭޓިންއިން ދައްކާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އޭގެ މާނައަކީ ދިވެހިރާއްޖޭގެ އިގުތިސާދު އޮތީކީ ރަން ތަބަކެއްގެ މަތީގައި ބާއްވާފަކާއެއް ނޫން، އަދިވެސް މި އޮތީ ބޯވަތަށް ޖަހާފައި އޮތް އިގުތިސާދެއް...،" އެ މަނިކުފާނު ވިދާޅުވިއެވެ.

"...ހަމަ މި އަހަރު ނިމޭއިރު ފިޗް ރޭޓިން އަނެއްކާ ފަހަތަށް ސޮއްސާނުލާނެ ކަމެއް ވެސް ނޭނގޭ. މި އުޅެނީ ވަގުތީ ކަމެއްގައި ހައްލެއް އައީ. މިދިޔަ އަހަރު 2025ގައި ދަރަނި އަދާކުރުމުގެ ގާބިލުކަން ނެތް މިންވަރަށް ވުރެ ކުޑަތަންކޮޅެއް ރަނގަޅުވިއްޔޭ ބުނަނީ،"

ރައީސް ޑރ. މުހައްމަދު މުއިއްޒާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު: ފިޗްގެ ރޭޓިން މަތިކުރުމާ ގުޅިގެން ސަރުކާރުން އުފާ ފާޅުކުރުމަށް ޔާމީން ފާޑުވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

އިގުތިސާދީ ދާއިރާއިން ކިޔަވާ ވިދާޅުވި ޔާމީން ވިދާޅުވީ، ފިޗް ރޭޓިންއާ ގުޅިގެން ސަރުކާރުން އުފާ ފާޅުކުރަމުން އަންނައިރު، އެ ކަމާ ދިރިއުޅުމުގެ ހާލަތާ އޮތީ ކޮން ގުޅުމެއްކަން ވެސް ކިޔައިދޭން ޖެހޭ ކަމަށެވެ. އަދި، ޑޮލަރުގެ އަގު އުފުލި، ކަޅު ބާޒާރުގައި މިހެން ލިބެމުން އަންނަނީ 21 ރުފިޔާއާއި 22 ރުފިޔާއަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ފިޗް ރޭޓިންއާ ގުޅޭ ގޮތުން އެ މަނިކުފާނު އިތުރަށް ވިދާޅުވީ، އެ ރޭޓިން ކުޑަކުޑަކޮށް މަތިވުމަކީ ވަގުތީ ކަމެއް ކަމަށާއި އެއީ އިގުތިސާދު ބިނާވެފައި ހުރި މައިގަނޑު ކަންކަމަކަށް ރަނގަޅު ބަދަލެއް އައި ކަމަށް ބުނުން ނޫން ކަމަށެވެ.

މި ވެގެން އުޅޭ ކަމަކީ ވެންޓިލޭޓަރަށް ލާފައި އޮތްއިރު ޑޮކްޓަރުން ވެސް ގިވްއަޕް ކޮށްފި، ތިމާގެ މީހުން ވެސް ހަމަ ކުރާނެ ގޮތް ހުސްވެފައި މިތިބީ. އެހެން އޮއްވައި މިވާ ގޮތަކީ ކުޑަކުޑަކޮށް ލޮލުގެ ބޮނޑި ތޮޅިލަނީ، އެއީ މި ވެގެން އުޅޭ ގޮތަކީ. އެކަމަކު އޭގެ މާނައަކީ އޭނައަށް އަދި ދިރުން އައީކީ ނޫން އިނގޭތޯ. ސިލޯނުގައި ޑަބަލް ސީގައި އޮއްވައި ބެންކްރަޕްޓްވީ. އެހެންވީމާ ލޮލުގެ ބޮނޑި ތޮޅިލައިފައި އަނެއް ދުވަހު މަރުވުމަކީ ވެދާނެ ކަމެއް،
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް

ފިޗް ރޭޓިން ހަދަން ފެށީ ޔާމީންގެ ސަރުކާރުގައި 2017ގައިކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ، އެއީ ދުނިޔޭގެ ގައުމުތަކުގެ ސަފުގައި ރާއްޖެ ވެސް ހިނގަން ޖެހޭތީ ކުރަން ފެށި ކަމެއް ކަމަށެވެ. އެފަދަ ރޭޓިންއެއް ނެތް ނަމަ ރާއްޖެއަށް ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ނުލިބޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެ ރޭޓިން ހެދުމުން، ރާއްޖޭގެ އިގުތިސާދަށް އަންނަ ބަދަލު ދައްކުވައިދޭނެ ކަމަށާއި އެއާއެކު އިންވެސްޓަރުންނަށް ރާއްޖެއާ ގުޅޭ މައުލޫމާތު ލިބޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ. އަދި، ރޭޓިން މަތިވުމުން ލޯންތައް ލިބި، ވޯލްޑް ބޭންކް ފަދަ އިދާރާތަކަށް ވުރެ އަވަހަށް ލޯނުތައް ލިބޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އޭރު 2017 އިން 2019 އަށް ރާއްޖޭގެ ކްރެޑިޓް ރޭޓިން ހުރީ ބީ ޕްލަސްގައެވެ. އެއީ، ރަނގަޅު ރޭޓިންއެއް ނަމަވެސް ކޮވިޑާ އެކު ރާއްޖޭގެ ދަރަނި އިންތިހާއަށް ބޮޑުވެ، ރޭޓިން މަޑުމަޑުން ދަށްކުރަން ފެށީއެވެ. އެ ފަހުން ރާއްޖެ އަދިވެސް އޮތީ 'ޖަންކް' ރޭޓިންއެއްގެ ގިންތީގައެވެ.

https://sun.mv/221612

ފިޗްގެ 'ސީސީ'އާއި މިހާރު ލިބިފައިވާ 'ސީސީސީ މައިނަސް' ރޭޓިންއަކީ ވެސް 'ޖަންކް' ރޭޓިންގެ ގޮތުގައި ސިފަކުރާއިރު، މިހާރު ރާއްޖެއަށް ދަރަނި ނުދެއްކުމުގެ ނުރައްކާ ކުރިއަށް ވުރެ ކޮންމެ ވެސް މިންވަރަކަށް ކުޑަވެފައިވާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

މި އަހަރު ދައުލަތުން ފާސްކޮށްފައިވަނީ ރިކޯޑު އަދަދެއްގެ ބޮޑު ބަޖެޓެއް ކަމަށްވާއިރު އޭގެ މައިގަނޑު ސަބަބަކަށްވީ މި އަހަރު ޖުމުލަ 1.1 ބިލިއަން ޑޮލަރުގެ ދަރަނި ދައްކަން ޖެހުމެވެ. ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ މަހުގެ 14އާ ހަމައަށް ލޯނު އަނބުރާ ދެއްކުމަށް 8.7 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އެގޮތުން މިދިޔަ އޭޕްރިލް މަހު ސަރުކާރުން ވަނީ 524.68 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކް އަނބުރާ ދައްކާފައެވެ.

comment ކޮމެންޓް