އާއްމުކޮށް ފެންނަ 'ގުޑް ބޯއި'ގެ ރޯލްތައް ކުޅެން މިހާރު ފޫހިވާކަމަށް ރިތިކް ބުނެފި

އިންޑިއާގެ ފިލްމީ ތަރި ރިތިކް ރޯޝަން--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ރިތިކް ރޯޝަން އޭނާގެ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ހާމަކުރި ގޮތުގައި، 2009 ވަނަ އަހަރު ނުކުތް ފިލްމު ލަކް ބައި ޗާންސް ގައި އޭނާ ކުޅުނު ޒަފަރު ޚާން ފަދަ އަމިއްލަ އެދުން ބޮޑު ސުޕަސްޓާރެއްގެ ރޯލެއް އަލުން ކުޅެން އޭނާ ވަރަށް ބޭނުންވެއެވެ. ނަމަވެސް، ޑައިރެކްޓަރުން އަބަދުވެސް އޭނާއަށް ހުށަހަޅަނީ ހަމައެކަނި ރަނގަޅު ސިފަތައް އެކުލެވޭ ރޯލުތައް ކަމަށްވުމުން އެކަމާ ހިތާމަކުރާކަމަށް އޭނާ ބުނެފައިވެއެވެ. އޭނާ ބުނީ އެފަދަ ތަފާތު ރޯލެއް ލިބިއްޖެނަމަ ވަގުތުން އެކަމަށް އެއްބަސްވާނެ ކަމަށެވެ. އުމުރުން 52 އަހަރުގެ ރިތިކް އެންމެ ފަހުން ފެނިފައިވަނީ ވޯ 2 އިންނެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ ކްރިޝް 4 އެވެ. މިއީ ރިތިކް ޑައިރެކްޓަރެއްގެ ގޮތުގައި ފެންނާނެ ފުރަތަމަ ފިލްމު ކަމަށްވެސް މައުލޫމާތު ލިބެއެވެ.

  • ރިތިކް ރޯޝަން ބޭނުންވަނީ ފިލްމުތަކުގައި އާންމުކޮށް ކުޅޭ ގުޑް ބޯއި ރޯލުތައް ދޫކޮށްލުމަށެވެ.
  • އޭނާ އެންމެ ބޭނުންވަނީ ލަކް ބައި ޗާންސް ގައި ކުޅުނު ފަދަ އަމިއްލަ އެދުން ބޮޑު ކެރެކްޓަރެއް އަލުން ކުޅުމަށެވެ.
  • ޑައިރެކްޓަރުން ހަމައެކަނި ރަނގަޅު މީހާގެ ރޯލު ދޭތީ އެކަމާ އޭނާ ހިތްހަމަނުޖެހުން ފާޅުކޮށްފައިވެއެވެ.
  • ރިތިކް ދެން އެންމެ އަވަހަށް ފެންނާނީ އޭނާ އަމިއްލައަށް ޑައިރެކްޓްކުރާ ފިލްމު ކްރިޝް 4 އިންނެވެ.

އާއްމުކޮށް ފިލްމުތަކުގައި ފެންނަ 'ގުޑް ބޯއި' ނުވަތަ ރަނގަޅު ސިފަތައް ދައްކުވައިދޭ ރޯލްތަކުން ބޭރުވެ ތަފާތު ރޯލެއް ކުޅެން ބޭނުންވާކަން އެކްޓަރު ރިތިކް ރޯޝަން ހާމަކޮށްފިއެވެ.

އަމިއްލަ އިންސްޓަގްރާމް މެދުވެރިކޮށް ކުރި ޕޯސްޓެއްގައި ރިތިކް ބުނީ، ޒޯޔާ އަޚްތަރު 2009 ވަނަ އަހަރު ޑައިރެކްޓްކުރި ފުރަތަމަ ފިލްމު "ލަކް ބައި ޗާންސް"ގައި ކުޅުނު ޒަފަރު ޚާންގެ ރޯލު ފަދަ ރޯލެއް އަލުން ކުޅެން ވަރަށް ބޭނުންވާ ކަމަށެވެ.

އެފަދަ ފުރުސަތެއް ލިބިއްޖެނަމަ ވަގުތުން އެ ރޯލަކަށް އެއްބަސްވާނެ ކަމަށާއި، ނަމަވެސް ޑައިރެކްޓަރުން އަބަދުވެސް ބޭނުންވަނީ ރަނގަޅު މީހެއްގެ ރޯލު ކުޅުވަން ކަމަށް ރިތިކް ވަނީ ބުނެފައެވެ. އަދި އެކަމާ ވަރަށް ދެރަވާ ކަމަށް ވެސް ބޮލީވުޑްގެ އެންމެ އަގުބޮޑު އެކްޓަރުންގެތެރޭ ހިމެނޭ ރިތިކް ބުނެފައިވެއެވެ.

ފިލްމު "ލަކް ބައި ޗާންސް"ގައި ރިތިކް ކުޅުނު ޒަފަރު ޚާންގެ ރޯލަކީ، ހިތްގައިމު ސިފަތަކެއް ހުރި ނަމަވެސް އަމިއްލަ އެދުން ބޮޑު ސުޕަސްޓާރެއްގެ ރޯލެކެވެ.

ފިލްމު "ލަކް ބައި ޗާންސް"ގައި ރިތިކް--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ފަރްހާން އަޚްތަރާއި ރިތޭޝް ސިދްވާނީ އުފެއްދި މި ފިލްމުގެ މައިގަނޑު ރޯލުތައް ކުޅެފައި ވަނީ، ފަރްހާން އާއި ކޮންކަނާ ސެން ޝަރުމާއެވެ. މީގެ އިތުރުން ރިޝީ ކަޕޫރު، ޑިމްޕަލް ކަޕާޑިއާ، ޖޫހީ ޗާވްލާ، ސަންޖޭ ކަޕޫރު، އީޝާ ޝަރްވާނީ، އަލީ ޚާން އަދި ޝީބާ ޗައްޑާ ފަދަ ތަރިން މި ފިލްމުގެ މުހިއްމު ރޯލްތަކުން ވަނީ ފެނިފައެވެ.

އުމުރުން 52 އަހަރުގެ ރިތިކް އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ ވައިއާރްއެފްގެ ސްޕައި ޔުނިވާސްއިން ގެނެސްދިން "ވޯ 2"އިންނެވެ. ރިތިކް ދެން އެންމެ އަވަހަށް ފެންނާނީ އެކްޓަރުގެ ކެރިއަރުގެ ކާމިޔާބު ފްރެންޗައިސް "ކްރިޝް" ސީރީޒްގެ ހަތަރުވަނަ ފިލްމުންނެވެ. މި ފިލްމަކީ ރިތިކް ޑައިރެކްޝަނަށް ނުކުންނަ ފުރަތަމަ ފިލްމު ވެސްމެއެވެ.

comment ކޮމެންޓް