މަސްވެރިއަކު ގެއްލިގެން ހޯދަނިކޮށް، މޫދު އަޑީގައި މަރުވެފައި އޮއްވައި ފެނިއްޖެ

ކޯސްޓްގާޑެއް: މަހަށް ނިކުތް މީހަކު ވަނީ މޫދު އަޑިން ފެނިފައި -- ފޮޓޯ/ އެމްއެންޑީއެފް

ފަތިހު 05:40 ހާއިރު މަސްދޯންޏަކުން މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެން ހިންގި ހޯދުމުގެ އޮޕަރޭޝަނުގައި، އެ މީހާ ފެނިފައިވަނީ މޫދު އަޑީގައި މަރުވެފައި އޮއްވައެވެ. މަރުވެފައިވާ މީހާގެ ހަށިގަނޑު މިހާރު ވަނީ ގދ. ގައްދުއަށް ގެންގޮސްފައެވެ. ކަނޑުމަތީގެ މިފަދަ ހިތާމަވެރި ހާދިސާތަކުގައި މީގެ ކުރިންވެސް މީހުންގެ ފުރާނަ ގެއްލިފައިވެއެވެ.

  • މަސްދޯންޏަކުން މީހަކު ގެއްލިގެން ރިޕޯޓުކޮށްފައިވަނީ ފަތިހު 05:40 ހާއިރުއެވެ.
  • ގެއްލުނު މީހާ ހޯދަމުން ދަނިކޮށް ފެނުނީ މޫދު އަޑީގައި މަރުވެފައި އޮއްވައެވެ.
  • މަރުވެފައިވާ މީހާގެ ހަށިގަނޑު ވަނީ ގދ. ގައްދުއަށް ގެންގޮސްފައެވެ.
  • މިއީ ކަނޑުމަތީގައި ހިނގި ފުރާނައަށް ނުރައްކާވި ހިތާމަވެރި ހާދިސާއެކެވެ.

މަހަށް ނިކުތް މީހަކު ގެއްލިގެން ހޯދަނިކޮށް، މޫދު އަޑީގައި މަރުވެފައި އޮއްވައި މިއަދު ފެނިއްޖެއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، މަސްދޯންޏަކުން މަހަށް ނިކުތް މީހަކު ގެއްލިގެން އުޅޭ ކަމަށް ފަތިހު 05:40ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އޭނާ ހޯދުމަށް ކުރި މަސައްކަތުން ފެނުނީ މޫދު އަޑީގައި އޮއްވާ ކަމަށާއި މިހާރު އެ މީހާ ގދ. ގައްދުއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ތަފްސީލު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ އޭނާ ފެނުނުއިރު ވެސް އޮތީ މަރުވެފައި ކަމަށެވެ.

މީގެކުރިން ވެސް ކަނޑުމަތީގެ މިފަދަ ހާދިސާތައް ހިނގާފައި އެބަހުއްޓެވެ. އަދި، މި ފަދަ ހާދިސާތަކުގައި މީހުންގެ ފުރާނަ ވެސް ގެއްލިފައި އެބަހުއްޓެވެ.

comment ކޮމެންޓް