އިންޑިއާގެ ތާރީޚުގައި އެންމެ ގިނަ ދުވަހު ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅަކަށް ނަރެންދުރަ މޯދީ ވެވަޑައިގެންފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ރަސްމީކޮށް މަރުހަބާ ދެންނެވުން: -- ފޮޓޯ/ ރައީސް އޮފީސް

ނަރެންދުރަ މޯދީ ވަނީ ވިދިވިދިގެން 4399 ދުވަހު އިންޑިއާގެ ބޮޑުވަޒީރުކަމުގެ މަޤާމު ފުރުއްވައި، އެ ޤައުމުގެ ތާރީޚުގައި އެންމެ ގިނަ ދުވަހު އެ މަޤާމުގައި ހުންނެވި ބޭފުޅާގެ ރެކޯޑު ޤާއިމުކުރައްވާފައެވެ. މީގެ ކުރިން މި ރެކޯޑު އޮތީ 1952 އިން 1964 އަށް، ޖުމްލަ 4398 ދުވަހު މަޤާމު ފުރުއްވި ޖަވާހަރްލާލް ނެހުރޫގެ އަތްޕުޅުގައެވެ. 2014 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގަތް މޯދީ މިހާރު ފުރުއްވަމުން ގެންދަވަނީ އެމަނިކުފާނުގެ 3 ވަނަ ދައުރެވެ. މި ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށްޓަކައި ވެރިކަންކުރާ ކޯލިޝަނުން ނިއުދިއްލީގައި ޚާއްޞަ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

  • ނަރެންދުރަ މޯދީ ވަނީ ވިދިވިދިގެން 4399 ދުވަހު އިންޑިއާގެ ބޮޑުވަޒީރުކަން ކުރައްވާފައި.
  • މިއާއެކު އިންޑިއާގެ ފުރަތަމަ ބޮޑުވަޒީރު ޖަވާހަރްލާލް ނެހުރޫ ޤާއިމުކުރައްވާފައިވާ ތާރީޚީ ރެކޯޑު ވަނީ މުގުރާލެވިފައި.
  • މޯދީގެ ބޮޑުވަޒީރުކަމުގެ 3 ވަނަ ދައުރު ފައްޓަވާފައިވަނީ 9 ޖޫން 2024 ގައި.
  • މި ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ނޭޝަނަލް ޑިމޮކްރެޓިކް އެލަޔަންސްގެ އިސް ވެރިންނާއެކު ނިއުދިއްލީގައި ޚާއްޞަ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައި.

އިންޑިއާގެ ފުރަތަމަ ބޮޑުވަޒީރު ޖަވާހަރްލާލް ނެހުރޫގެ ރެކޯޑު މުގުރާލައްވައި، މެދުކެނޑުމެއްނެތި އިންޑިއާގެ ބޮޑުވަޒީރުކަން އެންމެ ގިނަ ދުވަހު ކުރެއްވި ބޭފުޅާގެ މަޤާމަށް ނަރެންދުރަ މޯދީ މިއަދު ވަޑައިގެންފިއެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މޯދީ ވަނީ ވިދިވިދިގެން 4،399 ދުވަހު ބޮޑުވަޒީރުކަމުގެ މަޤާމު ފުރުއްވާފައެވެ. މީގެ ކުރިން މި ރެކޯޑު އޮތީ 1952 އިން 1964 އަށް، 4،398 ދުވަހު އެ މަޤާމު ފުރުއްވި ޖަވާހަރްލާލް ނެހުރޫގެ އަތްޕުޅުގައެވެ.

މީގެ 12 އަހަރު ކުރިން, 26 މެއި 2014 ގައި ފުރަތަމަ ފަހަރަށް އިންޑިއާގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތް މޯދީ ވަނީ 2019 ވަނަ އަހަރުގެ އިންތިޚާބު ކާމިޔާބުކުރައްވައި ދެވަނަ ދައުރެއް، އަދި 9 ޖޫން 2024 ގައި ތިންވަނަ ދައުރެއް ފައްޓަވާފައެވެ.

މި ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށްޓަކައި އިންޑިއާގެ ވެރިކަންކުރާ ކޯލިޝަން، ނޭޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ) ގެ ޚާއްޞަ ބައްދަލުވުމެއް ނިއުދިއްލީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ކޯލިޝަނަށް ނިސްބަތްވާ ސްޓޭޓްތަކުގެ ޗީފް މިނިސްޓަރުންނާއި އިސް ލީޑަރުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

comment ކޮމެންޓް