ދިރާގު ފޯރި ލަކީޑްރޯގައި ބައިވެރިވެގެން 65 އިންޗީގެ ޓީވީއެއް ލިބޭ ޕްރޮމޯޝަނެއް އިއުލާނުކޮށްފި

ދިރާގުން ވަނީ ވޯލްޑް ކަޕާ ގުޅުވައި، 65 އިންޗީގެ ޓީވީއެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފައި -- ފޮޓޯ/ ދިރާގު

ދިރާގުގެ ޕްރީޕެއިޑާއި ޕޯސްޓްޕެއިޑާއި ބްރޯޑްބޭންޑް އަދި ޑިޖިޓަލް ޚިދުމަތްތައް ބޭނުންކުރާ ކަސްޓަމަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި މުބާރާތުގެ ކޮންމެ ބުރަކަށް ފަހު ގުރުއަތުލުމެއް ބާއްވާނެއެވެ. ޕްރޮމޯޝަންގައި ބައިވެރިވުމަށް ދިރާގު އެޕް މެދުވެރިކޮށް ސަޕޯޓުކުރާ ޓީމު އިޚްތިޔާރުކުރުމަށް ފަހު ކަނޑައެޅިފައިވާ ޚިދުމަތްތަކުގެ ތެރެއިން ޚިދުމަތެއް ހޯދަންޖެހެއެވެ. މީގެ ތެރޭގައި ޕްލޭން އަޕްގްރޭޑްކުރުމާއި 100 ރުފިޔާއިން މަތީގެ އެޑްއޮން ގަތުން އަދި އައު ކަނެކްޝަން ނެގުން ހިމެނެއެވެ. މިއީ ފުޓުބޯޅައިގެ ފޯރީގެ ތެރެއިން އަގުހުރި ހަދިޔާތަކެއް ހޯދުމަށް ކަސްޓަމަރުންނަށް ލިބޭނެ ވަރަށް ރަނގަޅު ފުރުސަތެކެވެ.

  • ގަދަ 32 އަދި 16 ގެ ބުރު: 32 ފަރާތަކަށް 100 ޖީބީ ޑޭޓާ އަދި 16 ފަރާތަކަށް ޖޭބީއެލް ހެޑްފޯން ލިބޭނެއެވެ.
  • ކުއާޓާ އަދި ސެމީ ފައިނަލް: އަށް ފަރާތަކަށް ޖޭބީއެލް ސްޕީކަރު އަދި ހަތަރު ފަރާތަކަށް ނެސްޕްރެސޯ ކޮފީ މެޝިން ދޭނެއެވެ.
  • ފައިނަލްގެ އިނާމު: އެންމެ ނަސީބުވެރި ފަރާތަކަށް 65 އިންޗީގެ ޓީސީއެލް 4ކޭ ސްމާޓް ޓީވީއެއް ލިބޭނެއެވެ.
  • ބައިވެރިވާނެ ގޮތް: ދިރާގު އެޕްއިން ޓީމު އިޚްތިޔާރުކޮށް ޚާއްސަ ޕެކޭޖުތައް ނަގައިގެން ނުވަތަ އަޕްގްރޭޑްކޮށްގެން ބައިވެރިވެވޭނެއެވެ.

ދިރާގު ފޯރި ލަކީޑްރޯގައި ބައިވެރިވެގެން، 65 އިންޗީގެ ސްމާޓް ޓީވީއެއް ހިމެނޭހެން ޚާއްސަ އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ދިރާގުން އިއުލާނުކޮށްފިއެވެ.

ދިރާގުން ބުނީ، ދިރާގު ޕްރީޕެއިޑާއި ޕޯސްޓްޕެއިޑާއި ފައިބާ ބްރޯޑްބޭންޑާއި ޑިޖިޓަލް ޚިދުމަތްތައް ބޭނުންކުރާ ކަސްޓަމަރުންނަށް ޚާއްސަކޮށް "ފޯރި ލަކީޑްރޯ"ގެ ނަމުގައި ފެށި މި ޕްރޮމޯޝަންގެ ދަށުން އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެން ދާނެ ކަމަށެވެ.

އެގޮތުން، ވޯލްޑް ކަޕްގެ ކޮންމެ ބުރެއް ނިމުމަށް ފަހު ގުރުއަތުލުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް، ދިރާގުން ބުންޏެވެ. ކޮންމެ ބުރަކަށް ފަހު ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިންނަށް ދިރާގުން ދޭ އިނާމުތަކަކީ:

  • ގަދަ 32ގެ ބުރު: 32 ނަސީބުވެރިޔަކަށް 100 ޖީބީގެ ޑޭޓާ
  • ގަދަ 16ގެ ބުރު: 16 ނަސީބުވެރިއަކަށް "ޖޭބީއެލް ޓިއުން 730ބީޓީ" ހެޑްފޯން
  • ކުއާޓާ ފައިނަލް: އަށް ނަސީބުވެރިއަކަށް "ޖޭބީއެލް ކްލިޕް 5" ސްޕީކަރު
  • ސެމީ ފައިނަލް: ހަތަރު ނަސީބުވެރިއަކަށް ނެސްޕްރެސޯ ކޮފީ މެޝިން
  • ފައިނަލް: ނަސީބުވެރިޔާއަށް 65އިންޗީގެ ޓީސީއެލް 4ކޭ ސްމާޓް ޓީވީ

މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށް މިހާރު ހުޅުވައިލައިފައިވާ ކަމަށް ދިރާގުން ބުންޏެވެ.

ޕްރޮމޯޝަންގައި ބައިވެރިވުމަށްޓަކައި ދިރާގު އެޕް ހުޅުވައިލުމަށްފަހު "ޖެހީ ލިބުނީ" ބެނާ އިޚްތިޔާރުކޮށް، ވޯލްޑް ކަޕްގައި ކަސްޓަމަރު ސަޕޯޓުކުރާ ޓީމު އިޚްތިޔާރުކުރާނީއެވެ. އެއަށްފަހު، ޕޯސްޓްޕެއިޑް 450އަށް ވުރެ މަތީގެ އައު ޕްލޭނަކަށް ސަބްސްކްރައިބް ކޮށްގެން، ނުވަތަ މިހާރު ގެންގުޅޭ ޕްލޭން ޕޯސްޓްޕެއިޑް 450 ޕްލޭނުން މަތީގެ ޕްލޭނަކަށް އަޕްގްރޭޑް ކޮށްގެން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.

ދިރާގުން ބުނީ، މީގެ އިތުރުން، ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުން 100 ރުފިޔާ އިން މަތީގެ އެޑް-އޮންއެއް ނުވަތަ ބޫސްޓާއެއް އެކްޓިވޭޓް ކޮށްގެން، ނުވަތަ "ލިމިޓެއް ނެތް" ފައިބާ ބްރޯޑްބޭންޑް ޕެކޭޖު އަދި މޮބައިލް ބްރޯޑްބޭންޑް ކަނެކްޝަނެއް އަލަށް ނަގައިގެން، ނުވަތަ ޑިޖިޓަލް ޚިދުމަތަކަށް ސަބްސްކްރައިބްކޮށްގެން ވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށެވެ.

comment ކޮމެންޓް