ދިރާގު ގޭމާސް ގިލްޑްއަށް ސައިން އަޕް ކޮށްގެން ޕީއެސް5 ޕްރޯއެއް ހޯދުމުގެ ފުރުސަތު

ދިރާގު ގޭމާސް ގިލްޑްއަށް ސައިން އަޕް ކޮށްގެން ޕީއެސް5 ޕްރޯއެއް ހޯދުމުގެ ފުރުސަތު -- ފޮޓޯ؛ ދިރާގު

ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމުކޮށްގެން، އެ ޕްލެޓްފޯމުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތަކުން ޕްލޭސްޓޭޝަން ފައިވް ޕްރޯއެއް ދިނުމަށް ވަނީ ނިންމައިފައެވެ. މިއީ ރާއްޖޭގައި އީ-ސްޕޯޓްސް ކުރިއެރުވުމަށާއި، ގޭމް ކުޅޭ ފަރާތްތަކަށް އެންމެ ޒަމާނީ ވަސީލަތްތައް ފޯރުކޮށްދިނުމުގެ މަގުސަދުގައި ދިރާގުން ކުރިއަށްގެންދާ ހަރަކާތެކެވެ. މި ޕްރޮމޯޝަނަކީ ދިވެހިރާއްޖޭގައި އީ-ސްޕޯޓްސްގެ ދާއިރާ ފުޅާކޮށް، ގޭމް ކުޅޭ ފަރާތްތަކަށް ވާދަވެރި މާހައުލެއް ބިނާކުރުމަށް ޑީޖީޖީއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބައެކެވެ. މީގެ އިތުރުން، އަގުހުރި އިނާމުތަކާއެކު ބޭއްވޭ މުބާރާތްތަކުން ގޭމަރުންގެ ހުނަރު އިތުރަށް ތަރައްގީކުރުމަށް ގިނަ ފުރުސަތުތަކެއް ލިބިގެންދާނެއެވެ. ވުމާއެކު، މިއީ އެންމެ ފަހުގެ ޓެކްނޮލޮޖީއަށް އަހުލުވެރިވުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.

  • ޑީޖީޖީ ވެބްސައިޓް މެދުވެރިކޮށް އެކައުންޓެއް ހަދައި ރަޖިސްޓަރީވުން.
  • އަމިއްލަ ފޯނު ނަންބަރު ޔަގީންކުރުމަށްފަހު، ޔޫޒަރނޭމް ފުރިހަމަކުރުން.
  • މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ ސެޕްޓެންބަރު 16 ވަނަ ދުވަހެވެ.
  • ގުރުއަތުން ހޮވޭ ނަސީބުވެރިއެއް ދިރާގުގެ ސޯޝަލް މީޑިއާ މެދުވެރިކޮށް އިއުލާނުކުރާނެއެވެ.
  • މިއީ ރާއްޖޭގެ ހުރިހާ ރައްޔިތަކަށްވެސް ބައިވެރިވެވޭގޮތަށް ހުޅުވައިލައިފައިވާ ފުރުސަތެކެވެ.

ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ)އަށް ސައިން އަޕް ކޮށްގެން ޕްލޭސްޓޭޝަން ފައިވް ޕްރޯއެއް ހޯދުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.

ދިރާގުން ބުނީ މިއީ ގޭމް ކުޅުންތެރިންނަށް އެންމެ ފަހުގެ ޕްލޭސްޓޭޝަނަށް އަޕްގްރޭޑްކޮށްލަން ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.

މި ފުރުސަތުގެ ބޭނުންހިފައި ލަކީޑްރޯގައި ބައިވެރިވުމަށް ހަދަންޖެހޭގޮތަކީ:

  • ޑީޖީޖީއަށް ސައިންއަޕް ކުރުން
  • އަމިއްލަ ނަންބަރު ވެރިފައިކުރުމަށްފަހު ޔޫޒަރ-ނޭމް އަޕްޑޭޓްކުރުން

ދިރާގުން ބުނީ މިހާ ފަސޭހައިން ބައިވެރިވެވޭ ގޮތަށް 16 ސެޕްޓެންބަރުގެ ނިޔަލަށް ކުރިއަށްގެންދާ މި އަގުހުރި ލަކީ ޑްރޯގައި ރާއްޖޭގެ ކޮންމެ މީހަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އަދި ލަކީ ޑްރޯއިން ހޮވޭ ނަސީބުވެރިއަކަށް މުޅިން އައު ޕީއެސް ފައިވް ޕްރޯއެއް ލިބިގެންދާނެ ކަމަށާއި މި ލަކީ ޑްރޯގެ ނަސީބުވެރި ފަރާތްތައް ދިރާގުގެ ސޯޝަލް މީޑިއާ މެދުވެރިކޮށް އިއުލާނުކުރުމަށް ހަމަޖެހިފައިވާ ކަމަށް ދިރާޣުން ވަނީ ބުނެފައެވެ.

ޑީޖީޖީ އިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ ސްޕޯޓްސް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށް ދިވެހި ގޭމަރުންނަށް އެންމެ ފަހުގެ ވަސީލަތްތައް ފޯރުކޮށްދިނުމަށް އެހީތެރިވެދެމުންނެވެ. އަދި ވާދަވެރި މުބާރާތްތައް އަގުހުރި އިނާމުތަކާއެކު ބާއްވައި ރާއްޖޭގެ ގޭމިން ހުނަރު އިތުރުކުރުމަށް ގިނަ ފުރުސަތުތަކެއް ޑީޖީޖީއިން ދަނީ ހޯދައިދެމުންނެވެ.

comment ކޮމެންޓް