އީރާން އާ ހަނގުރާމަ ކުރުމަށް ބަޔަކު އެމެރިކާއަށް ޕްރެޝަރުތަކެއް ކުރަމުން އެބަދޭ : އެމެރިކާގެ ނައިބު ރައީސް

ވާންސް

ވޮޝިންޓަން (16 ޖުލައި 2026) : އެމެރިކާ ލައްވައި އީރާންއާ ދެކޮޅަށް އެމެރިކާގެ މަސްލަހަތުނެތް ހަނގުރާމައެއް ކުރުމަށް ނުފޫޒު ގަދަ ފަރާތްތަކަކުން އެމެރިކާ ސަރުކާރަށް ޕްރެޝަރުކޮށް އެކަމަށް ޚަރަދުތަކެއް ކުރަމުންދާކަމަށް އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވާންސް ވިދާޅުވެއްޖެއެވެ.

އިސްރާއީލުގެ ނަން ސީދާގޮތެއްގައި ވިދާޅުނުވެ ނަމަވެސް އެފަރާތަކީ އިސްރާއީލާއި އިސްރާއީލުގެ މަސްލަހަތަށްޓަކައި އެމެރިކާގައި މަސައްކަތްކުރާ ޔަހޫދީ ޒަޔަނިސްޓް ލޮބީ ގްރޫޕްތައްކަން ދޭހަވާގޮތަށް ވާހަކަ ދައްކަވަމުން ޖޭޑީ ވާންސް ވިދާޅުވީ އީރާންއާ ދެކޮޅަށް ހަނގުރާމަ ކުރުމަކީ އެމެރިކާގެ މަސްލަހަތު ހުރިކަމެއް ނޫނެވެ.

ނަމަވެސް ނުފޫޒު ގަދަ ފާރާތްތަކަކުން އެމެރިކާ ސަރުކާރަށް ޕްރެޝަރުކޮށް ސިޔާސީ ފަރާތްތަކަށް އަޑިނޭނގޭ ޚަރަދުތަކެއް ކޮށްގެން އެމެރިކާ ލައްވައި އީރާންއާ ދެކޮޅަށް ހަނގުރާމަ ކުރުވަން ގިނަ މަސައްކަތްތަކެއް ކުރަމުންގެންދާކަން ވާންސް ފާހަގަ ކުރެއްވިއެވެ. އޭނާ މިމޭރުމުން ވާހަކަ ދެއްކެވީ "ދަ ޖޯ ރޯގަން އެކްސްޕީރިއަންސް" ނަމަކަށް ކިޔާ ޕޮޑްކާސްޓެއްގައެވެ.

މިއީ ނުސީދާ ގޮތެއްގައި އިސްރާއީލަށް ނިސްބަތްވާ ގޮތަށް އެމެރިކާގެ އިސްވެރިންނަށް މިހާތަނަށް ދައްކަން ކެރިފައިނުވާވަރުގެ ބޮޑު ވާހަކައެކެވެ. އިސްރާއީލުގެ އިސްތިއުމާރީ މަގްސަދުތަކެއް ހާސިލްކުރުމަށްޓަކައި ޒަޔަނިސްޓް ލޮބީ ގްރޫޕްތަކާއި އެމެރިކާގައި އުޅޭ ޒަޔަނިސްޓް މަހުޖަނުންނާއި ކުންފުނިތަކުން ފަންޑުކޮށްގެން އެމެރިކާ ލައްވައި ގިނަ ކަންތައްތަކެއް އަބަދުވެސް ކުރުވާކަން އެމެރިކާގެ އިންޓެލެކްޗުއަލް ފަރާތްތަކާއި ޔަހޫދީންގެ ހަގީގަތް އެނގޭ ފަރާތްތަކުން ގަބޫލުކުރެއެވެ.

އެމެރިކާގެ ބައެއް ނޫސްތަކުގެ ކޮލަމިސްޓުންނާއި މުހައްލިލުންވެސްވަނީ މިހާރު ހުރުމުޒު ކަނޑުއޮޅި ހުޅުވުމުގެ ނަމުގައި އީރާންއާ ދެކޮޅަށް އެމެރިކާ ދެމުންގެންދާ އުދުވާނީ ހަމަލާތަކާ އަދި އީރާނުން ނިއުކްލިޔާ ހަތިޔާރު ހަދާކަމަށް ބުނެ ހަގީގަތް އޮޅުވާލައިގެން އިސްރާއީލުގެ ބައިވެރިވުމާއެކު އެމެރިކާ ލައްވައި އީރާންއާ ދެކޮޅަށް އެމެރިކާ ކުރި ހަނގުރާމައަކީވެސް އިސްރާއީލު އަޑީގައި އޮވެގެން ކުރި ހަނގުރާމައެއްކަމަށް ބުނެ ވާހަކަ ދައްކާފައެވެ.

ކުރިން މިފަދަ ވާހަކައެއް ބުނާފަރާތެއްގެ ވެސް ދުވަސްވެސް ގޮތްނޭނގޭ ގޮތްގޮތަށް ދުއްވާލައެވެ. ނަމަވެސް އެމެރިކާގެ މުޖްތަމައަށް މިހާރު އަންނަމުންދާ އަވަސް ބަދަލުތަކާއެކު ޔަހޫދީ ޒަޔަނިސްޓުންގެ ނުފޫޒު ކުޑަވަމުންދިޔުމާއެކު އިސްރާއީލުން އެމެރިކާ އެކްސްޕޮލައިޓް ކޮށް އިސްރާއީލުގެ މަސްލަހަތަށް އެމެރިކާގެ ބޭނުންހިފަމުންދާކަމަށް ބުނެ ފާޅުގައިވަނީ ވާހަކަ ދައްކަން ފަށާފައެވެ.

މުހައްލިލުން ވިދާޅުވާގޮތުގައި ޓްރަމްޕަކީ މިގޮތަށް ނުފޫޒު ބޭނުންކޮށްގެން އިސްރާއީލަށް ހައްލާލެވޭނެ އެމެރިކާގެ އެންމެ ފަހުގެ ރައީސް ކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. ސަބަބަކީ އަންނަ ރިޔާސީ އިންތިޚާބަށް ވާދަކުރައްވާނެކަމަށް ބެލެވޭ ބައެއް ބޭފުޅުން ކުރިއާ ޚިލާފަށް މިހާރު އިސްރާއީލަށް ފާޑުވިދާޅުވަމުން އެބަގެންދަވައެވެ.

އިސްރާއީލަށް ފާޑުކިޔައިގެން އެބޭފުޅުންގެ ސިޔާސީ ހަޔާތް ކަފުން ކުރެވޭނެކަމަށް ބެލެވޭނަމަ މިފަދަ ވާހަކަތައް އެބޭފުޅުން ނުދައްކަވާނެއެވެ. އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވާންސް ވެސް މިވަނީ ނުސީދާ ގޮތެއްގައި އިސްރާއީލާ ދެކޮޅަށް ވާހަކަދައްކަވަން ފައްޓަވާފައެވެ.

މީގެކުރިން ވާންސް ވަނީ އިސްރާއީލުގެ ނަން ވިދާޅުވެ އިސްރާއީލުން އެކިކަންކަމުގައި އެމެރިކާ އެކްސްޕޮލައިޓް ކުރަން މަސައްކަތްކުރާ ކަމަށް ތުހުމަތު ކުރައްވާފައެވެ. މިމައްސަލާގައި އިސްރާއީލާއި އިސްރާއީލުގެ އެޖެންޓުން ކަމަށްވާ އެމެރިކާގެ ޔަހޫދީ ލޮބީ ގުރޫޕްތަކުންވަނީ ވާންސްއަކީ އެންޓި ސެމިޓިކް ނުވަތަ ޔަހޫދީންނާ ޖައްސާލައިގެން އުޅޭ ބޭފުޅެއްކަމަށް ސިފަކޮށް ވާންސްގެ ސިޔާސީ ހަޔާތް ކަފުން ކުރުމަށް މަސައްކަތް ކޮށްފައެވެ.

ނަމަވެސް އެމެރިކާގެ ޒުވާނުންގެ ތެރޭގައި އިސްރާއީލާ އިދިކޮޅު ފަރާތްތައް މިހާރު އާދަޔާ ޚިލާފަށް ގިނަވެފައި އިސްރާއީލުގެ ކެހިވެރިކަމުން އެމެރިކާ ސަލާމަތް ކުރަންޖެހޭކަމަށް ބުނާ ޒުވާން ގުރޫޕްތައް އެމެރިކާގައި ގިނަވަމުންދާތީ ވާންސް އާ ދެކޮޅަށް މާބޮޑުކަމެއް އިސްރާއީލާއި އިސްރާއީލުގެ އެޖެންޓް ޔަހޫދީ މަހުޖަނުންނަށް ކުރެވިފައިނުވާކަމަށް މުހައްލިލުން ވިދާޅުވެއެވެ.

comment ކޮމެންޓް