ރާއްޖޭގެ ހުރިހާ ރަށެއްގައި ލައިބްރަރީ ގާއިމްކުރަނީ

ނެޝަނަލް ލައިބްރަރީގައި ޒުވާނުންތަކެއް ފޮތް ކިޔަނީ -- ފޮޓޯ: ގައުމީ ކުތުބުޚާނާ

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ލައިބްރަރީ ގާއިމްކުރުމަށް ކުރްންޖެހޭ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށް ހެރިޓޭޖް މިނިސްޓްރީއިން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝުކުރުﷲ ޝަކީލް ވަނީ ލައިބްރަރީތައް ތަރައްގީކުރުމަށް ސޯޝަލް ކައުންސިލް ކަރުދާސް މިހާރު ފާސްކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. އޭނާ ވަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި ދިރިއުޅޭ ރައްޔިތުންނަށް ވެސް ލައިބްރަރީގެ ޚިދުމަތް ފަސޭހަކަމާއެކު ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ މި ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް ވިދާޅުވެފައެވެ.

ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް އެއީ އެކަމަށް މަގުފަހިކުރުމުގެ ގޮތުން މަސައްކަތްތަކެއް ދަނީ ކުރިއަށް. ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވެސް ކޮންމެވެސް ސިފައެއްގައި ލައިބްރަރީގެ ޚިދުމަތް ލިބެން ހުރުން, ސްޓޭޓް މިނިސްޓަރު ޝުކުރުﷲ ޝަކީލް

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގައުމީ ކުތުބުޚާނާގެ ގޮފިތައް ބިނާކުރުމަށް ކުރާ މަސައްކަތުގެ ދަށުން މިހާރު ވަނީ އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގައި ކުތުބުޚާނާ ބިނާކުރުމުގެ އަމަލީ މަސައްކަތް ފަށާފައެވެ.

އެ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ގައުމީ ކުތުބުޚާނާގެ ޑިރެކްޓާ ޖެނެރަލް ފާތިމަތް ޝިހާމް ވަނީ ސޯޝަލް ކައުންސިލްގެ ކަރުދާސް ފާސަކޮށްފައި ވަނީ 100 އަށްވުރެ ގިނަ ފަރާތްތަކުގެ ލަފަޔާއި އިރުޝާދުގެ ދަށުން ކަމަށް ވިދާޅުވެފައެވެ. އަދި މި މަސައްކަތުގެ ދަށުން ރާއްޖޭގެ ހުރިހާ ކައުންސިލްތައް ހިމެނޭހެން ޚާއްސަ ސާވޭއެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ކުތުބުޚާނާގެ ޚިދުމަތްތައް ފުޅާކޮށް ޑިޖިޓަލް ކުރުމުގެ މަސައްކަތުގެ ދަށުން މިހާރު ވަނީ 'އޮންލައިން ޑިޖިޓަލް ރިޕޯޓް ކަލެކްޝަން' ރަސްމީކޮށް އިފްތިތާހުކޮށްފައެވެ.

comment ކޮމެންޓް