ސެކިއުރިޓީ މައްސަލައަކާ ހުރެ 25 މިނެޓު ތެރޭ 38 މިލިއަން ޑޮލަރުގެ ބިޓްކޮއިން ވަގަށް ނަގައިފި

މި ޙަމަލާގައި ވޮލެޓުތަކުން ފައިސާ ގެންގޮސްފައިވަނީ ބްލޮކްޗެއިންގެ ތިން ބްލޮކް ޓައިމްފްރޭމް ތެރޭގައި ހިންގި 500 އަށްވުރެ ގިނަ ޓްރާންސެކްޝަންތަކެއް މެދުވެރިކޮށް ---

ކޯލްޑްކާޑު ހާޑްވެއާ ވޮލެޓުތަކެއްގެ ސެކިއުރިޓީ މައްސަލައެއްގެ ނާޖާއިޒު ފައިދާ ނަގައި، އެންމެ 25 މިނެޓު ތެރޭގައި 500 އަށްވުރެ ގިނަ ވޮލެޓުން 38 މިލިއަން އެމެރިކާ ޑޮލަރު (584 ބިޓްކޮއިން) ވަގަށް ނަގައިފިއެވެ.

މި ޙަމަލާގައި ވޮލެޓުތަކުން ފައިސާ ގެންގޮސްފައިވަނީ ބްލޮކްޗެއިންގެ ތިން ބްލޮކް ޓައިމްފްރޭމް ތެރޭގައި ހިންގި 500 އަށްވުރެ ގިނަ ޓްރާންސެކްޝަންތަކެއް މެދުވެރިކޮށެވެ. އަދި ވަގަށް ނެގި ފައިސާގެ ތެރެއިން 562 ބިޓްކޮއިން އެއް އެޑްރެހަކަށް ޖަމާކޮށްފައިވާއިރު، އެ ފައިސާ އަދި އެހެން ތަނަކަށް ބަދަލުކޮށްފައެއް ނުވެއެވެ.

https://sun.mv/225106

ސެކިއުރިޓީ ރިސާޗަރުން ބުނާ ގޮތުގައި މި މައްސަލަ ދިމާވީ ކޯލްޑްކާޑު ވޮލެޓުތައް އުފައްދާ ކެނެޑާގެ ކޮއިންކައިޓް ކުންފުނީގެ ވަކި ފާމްވެއާ ވަރޝަންތަކެއްގައެވެ. މި ވާޝަންތަކުގައި ސީޑް ފްރޭޒް ނުވަތަ ސެކިއުރިޓީ ކީ އުފެއްދުމަށް ބޭނުންކުރާ ސިސްޓަމްގެ ހާޑްވެއާ ރެންޑަމް ނަންބަރު ޖެނެރޭޓަރު މަސައްކަތް ނުކޮށް، ސޮފްޓްވެއާގެ އާދައިގެ އަލްގޮރިޒަމަކަށް ބަދަލުވުމުގެ ސަބަބުން ކީތައް އަންދާޒާކުރުމުގެ ފުރުސަތު ހެކަރުންނަށް ލިބުނީއެވެ.

ކޮއިންކައިޓް ކުންފުނިން ނެރުނު ބްލޮގް ޕޯސްޓެއްގައި ހާމަކޮށްފައިވާ ގޮތުގައި މި މައްސަލަ އުޅެނީ 'އެމްކޭ3' މޮޑެލްގެ 4.0.1 އިން ފެށިގެން މަތީގެ ފާމްވެއާ ބޭނުންކޮށްގެން އުފައްދާފައިވާ ސީޑްތަކުގައެވެ. އަދި އެ ކުންފުނީގެ އާ މޮޑެލްތައް ކަމަށްވާ އެމްކޭ4، ކިއު އަދި އެމްކޭ5 މޮޑެލްތަކަށް މި މައްސަލައިގެ އަސަރުކޮށްފައި ނުވާކަމަށް އެ ކުންފުނިން ބުނެއެވެ.

މިއީ 2026 ވަނަ އަހަރުގެ މިހާތަނަށް ކްރިޕްޓޯ ދާއިރާއަށް ކުރިމަތިވި އެންމެ ބޮޑު އެއް ހެކިންގ ހާދިސާއެވެ. ސެކިއުރިޓީ ރިޕޯޓްތައް ދައްކާ ގޮތުން މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި އެކި ކަހަލަ ހެކިންގާއި އެކްސްޕްލޮއިޓްތަކުގެ ސަބަބުން ކްރިޕްޓޯ ދާއިރާއިން އެއް ބިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ވަނީ ގެއްލިފައެވެ.

އާންމުކޮށް އިންޓަނެޓާ ނުގުޅައި ފައިސާ ރައްކާތެރިކޮށް ބެހެއްޓުމަށް ބޭނުންކުރާ 'ކޯލްޑް ވޮލެޓް' ތަކުންވެސް މިފަދަ ބޮޑެތި ސެކިއުރިޓީ މައްސަލަތައް ފެންމަތިވުމަކީ، ކްރިޕްޓޯ އިންވެސްޓަރުންގެ މެދުގައި ބޮޑު ކަންބޮޑުވުމެއް އުފެދިގެން ގޮސްފައިވާ ކަމެކެވެ.

މީގެއިތުރުން، ވޮލެޓުތައް ހެކްކޮށްގެން ގެންގުޅުނު ފަރާތްތަކުން ވަނީ އެއް ފަހަރާ ގިނަ އަދަދެއްގެ ފައިސާ އެއް އެޑްރެހަކަށް އެއްކޮށްފައި ކަމަށްވާއިރު، ސެކިއުރިޓީ ކުންފުނިތަކުން ދަނީ މި ފައިސާ ދަތުރުކުރާ މަގު ބްލޮކްޗެއިން މެދުވެރިކޮށް ވަގުތުން ވަގުތަށް މޮނިޓަރ ކުރަމުންނެވެ.

comment ކޮމެންޓް