އެމްޑީޕީގެ އެކްޓިވިސްޓު މައިމޫން ދޫކޮށްލައިފި

މައިމޫން [ވ] މިއަދު ބަންދުން ދޫކޮށްލުން --- ފޮޓޯ/ މައިމޫން

މިދިޔަ ހޯމަ ދުވަހުގެ ރޭ ހައްޔަރުކުރި އެމްޑީޕީގެ އެކްޓިވިސްޓް އަޙުމަދު މައިމޫން މުޙައްމަދު ބަންދުން ދޫކޮށްލައިފިއެވެ.

ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރީ، މިދިޔަ މަހުގެ 28ގެ ރޭގައި އެމްޑީޕީން ބޭއްވި މުޒާހަރާގައި އާންމު މަސްލަހަތު ނަގާލައި، މަގު ބަންދުކުރުމަށް ފުލުހުން ޖަހާފައި ހުރި ބެރިކޭޑުތައް ހުރަސްކޮށް، އާންމުންނަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފައިވާ ސަރަހައްދަށް ވަނުމުގެ ތުހުމަތުގައެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކުރިއެވެ.

އޭނާގެ ބަންދު މުއްދަތު ހަމަވެ، މިއަދު ހަވީރު ވަނީ ބަންދުން ދޫކޮށްލާފައެވެ. އޭނާ ދޫކޮށްލާފައި ވަނީ، ވިލިމާލެ ޕޮލިސް ސްޓޭޝަނުންނެވެ.

މައިމޫންއަކީ، އެމްޑީޕީގެ އެކްޓިވިސްޓެއްގެ އިތުރަށް އެ ޕާޓީގެ ޒުވާނުންގެ ހިތްވަރުގެ ނައިބު ރައީސެވެ. މާލެ ސިޓީ ކައުންސިލްގެ ވަޒީފާގައި އުޅޭ މައިމޫން މީގެ ކުރިން ވެސް އެމްޑީޕީ މުޒާހާރަތަކުގައި ހައްޔަރުކުރިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް