މި އަހަރުގެ އިންޖިނޭރުންގެ އެވޯޑު 10 ބޭފުޅަކަށް އަރުވައިފި

"އިންޖިނިއަ އޮފް ދަ އިޔަ" އެވޯޑާއި "އިންޖިނިއަރިން އިނޮވޭޝަން، ޓެކްނޮލޮޖީ، އެޑިއުކޭޝަން އެންޑް ރިސަޗް އެވޯޑު" ހާސިލްކުރެއްވީ އެމްޑަބްލިއުއެސްސީގެ ޑރ. ފުރުގާން އިބްރާހީމް އާއި ރައީސް އެވޯޑް ހަވާލުކޮށްދެއްވަނީ... ފޮޓޯ/ ރައީސް އޮފީސް

ދިވެހިރާއްޖޭގެ ތަރައްގީއަށާއި އިންޖިނިއަރިން ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން އަލަށް ތައާރަފްކުރި "އިންޖިނޭރުންގެ އެވޯޑު 2026" 10 ބޭފުޅަކަށް މިރޭ އަރުވައިފިއެވެ.

ރާއްޖޭގައި ބޭއްވި ފުރަތަމަ އިންޖިނިއަރިން އެވޯޑު ހަފުލާގައި މި އެވޯޑުތައް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.

މި ރަސްމިއްޔާތުގައި އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ "އިންޖިނިއަ އޮފް ދަ އިޔަ" އެވޯޑާއި "އިންޖިނިއަރިން އިނޮވޭޝަން، ޓެކްނޮލޮޖީ، އެޑިއުކޭޝަން އެންޑް ރިސަޗް އެވޯޑު" ހާސިލްކުރެއްވީ އެމްޑަބްލިއުއެސްސީގެ ޑރ. ފުރުގާން އިބްރާހީމެވެ.

"ޔަންގް އިންޖިނިއަ އެވޯޑު" އަލްފާޟިލް މުޙައްމަދު ޒިދާން ޙަސަން އަށް ރައީސް ހަވާލުކޮށްދެއްވަނީ.. ފޮޓޯ/ ސަން

މީގެ އިތުރުން "ޔަންގް އިންޖިނިއަ އެވޯޑު" މުޙައްމަދު ޒިދާން ޙަސަން ހާސިލްކުރެއްވިއިރު، ރާއްޖޭގެ ފުރަތަމަ އަންހެން ޗާޓަޑް ސިވިލް އިންޖިނިއަރު އަދި މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަގައި މަސައްކަތްކުރައްވާ އަސްރާރަށް ވަނީ "ވިމެން އިން އިންޖިނިއަރިން އެވޯޑު" ލިބިވަޑައިގެންފައެވެ.

ރާއްޖޭގެ ފުރަތަމަ އަންހެން ޗާޓަޑް ސިވިލް އިންޖިނިއަރު އަސްރާރް އަށް ރައީސް އެވޯޑް ހަވާލުކޮށްދެއްވަނީ.. ފޮޓޯ/ ސަން

އަދި "ސްޓޫޑަންޓް އިނޮވޭޓަ އެވޯޑު" ހާސިލްކުރެއްވީ މެލޭޝިއާގައި ކިޔަވަމުންދާ ދަރިވަރު ޙުސައިން ޖައުޝަންއެވެ.

މި އެވޯޑު ހަފުލާގައި ދާއިރާއަށް ދިގު މުއްދަތަކަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ތިން ބޭފުޅަކަށް ވަނީ "ލައިފްޓައިމް އެޗީވްމަންޓް އެވޯޑް" އަރުވާފައެވެ. އެ ބޭފުޅުންނަކީ:

އޭވިއޭޝަން އަދި އިންޖިނިއަރިން ދާއިރާއަށް 40 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވި އަލްމަރުޙޫމް އަޙްމަދު މަހްރީނަށް ލައިފްޓައިން އެޗީވްމަންޓް އެވޯޑް ހަވާލުކޮށްދެއްވަނީ... (އެވޯޑާ ހަވާލުވެވަޑައިގަތީ ދަރިކަނބަލުން ފަރުމަދު ޝަންނަމް).. ފޮޓޯ/ ރައީސް އޮފީސް
  • ކަރަންޓުގެ ދާއިރާއަށް 50 އަހަރާ ގާތަށް ޚިދުމަތްކުރެއްވި ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުއްޝަކޫރު ޞާލިޙް
  • އޭވިއޭޝަން އަދި އިންޖިނިއަރިން ދާއިރާއަށް 40 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވި މަރުޙޫމް އަޙްމަދު މަހްރީން (އެވޯޑާ ހަވާލުވެވަޑައިގަތީ ދަރިކަނބަލުން ފަރުމަދު ޝަންނަމް)
  • ސްޓެލްކޯގެ ކުރީގެ ޗެއާމަން އަދި ސީއީއޯ، ކަރަންޓުގެ ދާއިރާއަށް 50 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި މަރުޙޫމް މުޙައްމަދު ރަޝީދު (އެވޯޑާ ހަވާލުވެވަޑައިގަތީ ދަރިކަލުން އިބްރާހިމް އިބްތިޝާމް)

މި ރަސްމިއްޔާތުގައި މަޝްރޫއުތަކަށް ޚާއްސަ އެވޯޑުތަކުގެ ތެރެއިން "ސަސްޓެއިނަބިލިޓީ ޗެމްޕިއަން އެވޯޑު" ލިބުނީ އެމްޑަބްލިއުއެސްސީން އިރުގެ ހަކަތައާއި އެންއޭއެސް ބެޓަރީ ބޭނުންކޮށްގެން ހިންގި ޑީކާބަނައިޒްޑް ސީވޯޓަ ޑީސެލިނޭޝަން ސިސްޓަމް ގާއިމުކުރުމުގެ މަޝްރޫއަށެވެ.

އަދި "ކޮމިއުނިޓީ އިމްޕެކްޓް އެވޯޑު" ވެސް ލިބިފައިވަނީ އެމްޑަބްލިއުއެސްސީން ރ. ދުވާފަރުގައި ކުރިއަށް ގެންދިޔަ އިންޓަގްރޭޓެޑް ޔޫޓިލިޓީ ސާވިސަސް ޕްރޮޖެކްޓަށެވެ.

comment ކޮމެންޓް