ދިރާގުގެ ހިއްސާދާރުންގެ ޓެކްސް ރެޒިޑެންސީގެ މައުލޫމާތު ރަނގަޅުތޯ ޔަގީންކުރުމަށް އިލްތިމާސްކޮށްފި

ދިރާގުގެ ހިއްސާދާރުންގެ ޓެކްސް ރެޒިޑެންސީގެ މައުލޫމާތު ރަނގަޅުތޯ ޔަގީންކުރުމަށް ވަނީ އިލްތިމާސްކޮށްފައި -- ފޮޓޯ/ ދިރާގު

ދިރާގުގެ ހިއްސާދާރުންގެ ޑިވިޑެންޑް ޓެކުހުގެ ގަވާއިދުތަކާ އެއްގޮތަށް ދޫކުރުމަށްޓަކައި، ހިއްސާދާރުންގެ 'ޓެކްސް ރެޒިޑެންސީ ސްޓޭޓަސް' ނުވަތަ ޓެކްސް ދައްކަންޖެހޭ ގައުމުގެ މައުލޫމާތު ރަނގަޅުތޯ ބެލުމަށްފަހު، އެ މައުލޫމާތު އަޕްޑޭޓްކުރުމަށް އެ ކުންފުނިން އިލްތިމާސްކޮށްފިއެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ 55ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގެ ޓެކްސް ރެޒިޑެންޓުން ނޫން ފަރާތްތަކަށް ދޭ ފައިދާއިން 10 ޕަސެންޓްގެ ރޭޓުން 'ނޮން-ރެޒިޑެންޓް ވިތުހޯލްޑިން ޓެކްސް' އުނި ކުރަންޖެހެއެވެ.

މީގެ އިތުރުން، ފައިދާ ދޫކުރާ ވަގުތު އެއީ ރާއްޖޭގެ ޓެކްސް ރެޒިޑެންޓެއްކަން ކުންފުންޏަށް ކަށަވަރު ނުކުރެވޭ ނަމަ، އެ ގާނޫނުގެ 55 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގެ ދަށުން، ދައްކަންޖެހޭ ޓެކްސް އުނިކުރުމަށް ކުންފުންޏަށް ލާޒިމުކުރެއެވެ.

އެހެންކަމުން، ޓެކްސް ރެޒިޑެންސީ މައުލޫމާތު އަޕްޑޭޓްކުރަން ބޭނުންވާ ހިއްސާދާރުން، މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ (MSD) ގެ ޕޯޓަލް https://infinity.mv/ މެދުވެރިކޮށް، ނުވަތަ، 'ޝެއާހޯލްޑާ އިންފޮމޭޝަން ފޯމު' ފުރިހަމަކުރުމަށްފަހު [email protected] އަށް އީމެއިލް ކުރުމަކީ ދިރާގުގެ ވަރަށް ބޮޑު އެދުމެއްކަން އެ ކުންފުނިން ފާހަގަކުރެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް