ފިލްމީ ތަރިންނާއެކު ހައްޔަރުކުރި ޝާހިލް ވެސް ދޫކޮށްލައިފި

މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި 3 ފިލްމީ ތަރިންނާއި، ޝާހިލް މުހައްމަދު -- ފޮޓޯ: ފުލުހުން

މަސްތުވާތަކެތީގެ މައްސަލައިގައި ތިން ފިލްމީ ތަރިންނާއެކު ހައްޔަރުކުރި 42 އަހަރުގެ މީހާ ވެސް ދޫކޮށްލާފައިވާ ކަމަށް ފުލުހުން މިރޭ ބުނެފިއެވެ.

ފުލުހުން ހިންގި ޚާއްސަ އެންޓި ނާކޮޓިކްސް އޮޕަރޭޝަނެއްގައި ތިން ފިލްމީ ތަރިންނާއެކު އިތުރު މީހަކު ހައްޔަރުކުރީ މި މަހުގެ އަށްވަނަ ދުވަހު ވިލިމާލެއިންނެވެ.

އެ މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ:

  • އަހުމަދު އަޒްމީލް (44އ)
  • އިސްމާއިލް ޖުމައިހު (35އ)
  • މުހައްމަދު ވިޝާލް (ރޯމަން) (29އ)

އޭގެ އިތުރުން އެ މައްސަލައިގައި ހައްޔަރުކުރީ އުމުރުން 42 އަހަރުގެ ޝާހިލް މުޙައްމަދެވެ.

https://sun.mv/229470

އެ ތިން ފިލްމީ ތަރިން މިއަދު ދޫކޮށްލާފައިވާއިރު، 'ސަން' އަށް މައުލޫމާތު ދެމުން ފުލުހުން މިރޭ ބުނީ އެ މައްސަލައިގައި ހައްޔަރުކުރި އެންމެން މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

މި މައްސަަލައިގައި ފުލުހުން ކުރިން ވަނީ އެ ތިން މީހުން ތިބި ކޮޓަރި ފުލުހުން ބާރުގެ ބޭނުން ކޮށްގެން ހުޅުވިއިރު، ކޮޓަރީގައި ހުރި މޭޒެއްގެ މަތީގައި މަސްތުވާތަކެތި ހާމައަށް ހުރިކަމަށް ބުނެފައެވެ. އަދި އެ ކޮޓަރީގައި ތިން މީހުން ތިބިކަމަށްވެސް ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން އެ ކޮޓަރިން ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި ޓްރެފިކިން މިންގަނޑަށް އަރާވަރަށް މަސްތުވާތަކެތި ހުރިކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

comment ކޮމެންޓް