މެންބަރުންނަށް ދޭ އިންޝުއަރެންސް ޕެކޭޖު އާންމުންނަށް ދޭން ގޮވައިލާ ޕެޓިޝަނެއް މަޖިލީހަށް

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

ޚަރަދު ކުޑަކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބޭ އާސިއާން، ޔޫރަޕް، އަދި މެދުއިރުމަތީގެ 19 ވަރަކަށް ގައުމު ހިމެނޭ އިންޝުއަރެންސް ޕެކޭޖު ހުރިހާ ދިވެހީންނަށް ދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް މިދިޔަ ހޯމަ ދުވަހު ވިދާޅުވީ، މަޖިލިސް މެންބަރުންގެ އިންޝުއަރެންސް ޕެކޭޖަށް ދައުލަތުން ކޮންމެ މެންބަރަކަށް އަހަރަކު ދައްކަނީ 24،000 ރުފިޔާ ކަމަށެވެ.

https://sun.mv/229322

އޭގެ އިތުރަށް މެންބަރެއްގެ ބޭސްފަރުވާއަށް ދައުލަތުގެ ބަޖެޓުން އެއްވެސް ޚަރަދެއް ކުރަން ނުޖެހޭއިރު، މެންބަރުންނަށް އެ ޕެކޭޖުގެ ދަށުން އަހަރަކު 1،350،000 ރުފިޔާއާ ހަމައަށް ފަރުވާ ހޯދުމުގެ ފުރުސަތު ލިބުނު ނަމަވެސް، އެއީ އިންޝުއަރެންސް ކުންފުނިން ހަމަޖައްސައިދޭ ފައިސާ ކަމަށާއި ދައުލަތުން ކުރާ ޚަރަދެއް ނޫން ކަމަށް ވިދާޅުވިއެވެ.

ފަލާޙް އިތުރަށް ވިދާޅުވީ އާސަންދައިގެ ތެރެއިން އާންމުންނަށް ހުރިހާ ޚަރަދެއް ހަމަޖައްސައިދެނީ ސީދާ ދައުލަތުގެ ބަޖެޓުން ކަމަށްވާތީ އެއިން ދައުލަތަށް ގެއްލުންވާ ކަމަށެވެ. އަދި މަޖިލިސް މެންބަރުންގެ އިންޝުއަރެންސް ޕެކޭޖުގެ ދަށުން ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގައި ހުރުމާއި ކެއުމުގެ ޚަރަދުތައް ނުލިބޭ ކަމަށާއި، އެ ޚަރަދުތައް ހަމަޖައްސަން ޖެހެނީ މެންބަރުންގެ އަމިއްލަ ޖީބުން ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ސޯޝަލް މީޑިއާ އެކްޓިވިސްޓު މިދުޢަމް ސަޢުދު ހުށަހެޅި ޕެޓިޝަންގައިވަނީ ދައުލަތާއި އާންމުންނަށް ފައިދާ ބޮޑު ގޮތެއް އޮއްވައި ދައުލަތާއި އާންމުންނަށް "ގެއްލުން ބޮޑު އާސަންދަ" އާންމުންނަށް ދިނުމަކީ ސަބަބުވެރި ގޮތެއް ނޫން ކަމަށެވެ. ދައުލަތުގެ ޚަރަދު ކުޑަކޮށް ފައިދާ ބޮޑުވާނެހެން ހެލްތު އިންޝުއަރެންސް ސްކީމް ހިންގުމަކީ ސަރުކާރުގެ ގާނޫނީ ޒިންމާއެއް ކަމަށް އެ ޕެޓިޝަންގައިވެއެވެ.

އެހެންކަމުން މަޖިލީހުގެ މެންބަރުންނަށް ލިބޭ، "ދައުލަތާއި އާންމުންނަށް ފައިދާ ބޮޑު" އިންޝުއަރެންސް ޕެކޭޖު ހުރިހާ ދިވެހީންނަށް ލިބޭނެ ގޮތް ހެދުމަށް އެ ޕެޓިޝަންގައި ވަނީ ގޮވައިލައިފައެވެ.

މިދިޔަ ހޯމަ ދުވަހު ހުށަހެޅި މި ޕެޓިޝަނަށް މިހާތަނަށް 22 ސޮއި ވަނީ ލިބިފައެވެ.

ފާހަގަކުރެވޭ ގޮތުގައި 20ވަނަ ރައްޔިތުންގެ މަޖިލީހުގައި އޮންލައިންކޮށް ޕެޓިޝަން ހުށަހެޅޭ ގޮތް ހަމަޖެއްސުމާ ގުޅިގެން މަޖިލީހުގެ ތަޅުމަށް ފުރަތަމަ އައި އެއް ޕެޓިޝަނަކީ ވެސް "އާންމު ރައްޔިތުންނަށް ނުލިބޭ އެކަމަކު މަޖިލިސް މެންބަރުންނަށް ލިބޭ އަގުބޮޑު ހެލްތު އިންޝުއަރެންސް ކަނޑާލުމަށް ގޮވާލައި ހުށަހަޅާ" ޕެޓިޝަނެވެ. އެ ޕެޓިޝަން ވެސް ހުށަހެޅީ މިދުޢަމެވެ.

މި މައްސަލައިގައި އެމްޑީޕީއާއި ޕީއެންސީއަށް ނިސްބަތްވާ މަޖިލީހުގެ ބައެއް މެންބަރުން ހެލްތު އިންޝުއަރެންސް ކަނޑައިލުމަށް ތާއީދުކުރެއްވި ނަމަވެސް، ޕެޓިޝަން ހުށަހަޅާފައިވާ މަގުސަދާ މެދު ގިނަ މެންބަރުން ވަނީ ސުވާލު އުފައްދަވާފައެވެ

ގުޅޭ ޓެގު
comment ކޮމެންޓް