ރޭސް ދުއްވުންތެރިން ރޭސް ޓްރެކް ފިޔަވައި އެހެން މާއުހަލުތަކުގައި ބާރު ސްޕީޑްގައި ނުދުއްވުމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢުމަރު ނަޞިރު އިލްތިމާސް ކުރައްވައިފި އެވެ.
މިނިވަން 50 ގުޅިގެން ބޭއްވި ރޭސިން ފެސްޓިވަލް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަކަވަމުން މިނިސްޓަރު ޢުމަރު ވިދާޅުވީ، ރޭސިންގައި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅެއް އެޅުވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ރޭސް ދުއްވުންތެރިޔަކަށް ނުވަތަ މަގުމަތީގައި ހިނގާ މީހަކަށް ގެއްލުން ވާނަމަވެސް އެކަން ވެގެންދާނީ ރޭސިން ސްޕޯޓްސްއަށް ލިބޭ ވަރަށް ބޮޑު ގެއްލުމަކަށްކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑު ދަންނަވާނީ ތިޔަ ބޭފުޅުންގެ އަމިއްލަ ހަޔާތުގައި ބާރަށް ނުދުއްވައްޗޭ. އަބަދުވެސް ރޭސިން ޓްރެކަށް އައިސް ބާރަށް ދުއްވާނީ. އެނޫންގޮތަކަށްދާ ކަމަށްވާނަމަ އަޅުގަނޑުމެންނަށް އުނދަގޫވާނެ ތިޔަ ބޭފުޅުންނާއެކު މަސައްކަތް ކުރަން،" މިނިސްޓަރު ޢުމަރު ވިދާޅުވި އެވެ.

ރޭސިން ފެސްޓިވަލްގައި ބައިވެރިވި ދުއްވުންތެރިންނާއެކު ހޯމް މިނިސްޓަަ ޢުމަރު ނަޞީރާއި މިނިވަން 50 ކޮމިޓީގެ އިސްބޭފުޅުން ފޮޓޯ އަކަށް ހުއްޓިލައިގެން --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
މިހާތަނަށް ސަރުކާރުން ރޭސިންއަށް އިސްނަގަން ފަސްޖެހިފައިތިބީވެސް ރައްކާތެރިކަމުގެ ފިޔަވަޅުގެ ސަބަބުންކަމަށް މިނިސްޓަ ޢުމަރު ވިދާޅުވި އެވެ.
ޢުމަރު ވިދާޅުވީ، ރޭސިން ޓްރެކެއް އަޅާނެ ތަނަކާމެދު ސަރުކާރުން ޕްލޭން ކުރަމުންދާކަމަށެވެ.
ރޭގެ ރަސްމިއްޔާތުގައި ވަނީ ރޭސިން ފެސްޓިވަލްގައި ކުރިއަށް ގެންދިޔަ 19 އިވެންޓުން ވަނަތަކަށް އައި ފަރާތްތަކަށް ވަނީ އިނާމު ދީފައެވެ.
ސްޓަންޓް އިވެންޓް، ދެން ކޮންމެ އިވެންޓަކުން ވަނީ އެންމެ މޮޅު ތިން ދުއްވުންތެރިން ހޮވާފައެވެ. ސްޓަންޓް އިވެންޓް ހޮވާފައިވަނީ ކޮންމެ ކެޓަގަރީއަކުން އެންމެ މޮޅު ދުއްވުންތެރިންނެވެ.