ޕޮލިސް ކުލަބު ބަލިކޮށް ސިފައިން ފައިނަލަށް

ގައުމީ ވޮލީބޯލް ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެރެއިން --- ފައިލް ފޮޓޯ/ ވީއެމް

ގުރޫޕް ސްޓޭޖުގައި ޕޮލިސް ކުލަބު އަތުން ތިން ސެޓް ދެ ސެޓުން ބަލިވި ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އިން ސެމީފައިނަލްގައި ޕޮލިސްގެ މައްޗަށް ބަދަލު ހިފައި ތިން ސެޓު ދެ ސެޓުން ކާމިޔާބު ހޯދައި މުބާރާތުގެ ފައިނަލަށް ޑީއެސްސީ ދަތުރުކޮށްފިއެވެ.

ފައިނަލްގައި ޑީއެސީ ބައްދަލު ކުރާނީ މުބާރާތުގެ ގުރޫޕް ސްޓޭޖުގެ މެޗްތައް ކާމިޔާބުކޮށްގެން ފައިނަލަށް ދިޔަ މޯލްޑިއަން ރެކްރިއޭޝަން ކުލަބެވެ.

ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި މިރޭ ކުޅުނު ސެމީގައި ފުރަތަމަ ސެޓު ކާމިޔާބު ކުރީ ޕޮލިސް ކުލަބުންނެވެ. އެޓީމުން ސެޓު ކާމިޔާބު ކުރީ 25-22 ންނެނެވެ.

ދެ ވަނަ ސެޓު ވަރަށް ވާދަވެރިކޯށް ދިޔައިރު ޑީއެސްސީއިން ސެޓް ކާމިޔާބު ކުރީ 26-24 ންނެވެ.

ތިން ވަނަ ސެޓް ޕޮލިހުން ކާމިޔާބު ކުރީ 25-23 ންނެވެ.

އަދި މެޗުން މޮޅުވި ދެ ސެޓު ޑީއެސީއިން ކާމިޔާބު ކުރީ 25-23 ންނެވެ.

އަދި ފަހު ސެޓް ކާމިޔާބު 15-12 އިންނެވެ.

މިރޭގެ މެޗުގެ މޮޅު ކުޅުންތިޔަކަށް ހޮވީ ޑީއެސީހެ ޢަލީ ހުޒާމެވެ.

ޑީއެސްސީއާ މޯލްޑިވިއަން ބައްދަލު ކުރާ ފައިނަލް މެޗް އޮންނާނީ ބުދަ ދުވަހުގެ ރޭގައެވެ.

comment ކޮމެންޓް