އަފްޣާނިސްތާނުގެ ޑިޕްލޮމެޓަކު ޕާކިސްތާނުގައި އަވާހަރަކޮށްލައިފި

ހަމަލާއާ ގުޅިގެން ކޮންސިއުލޭޓް ހުންނަ ސަރަހައްދުގައި ވަނީ ސަލާމަތީ ކަންތައްތައް ވަރުގަދަކޮށްފަ -- ފޮޓޯ: އޭޕީ

ކަރާޗީ (ފެބްރުއަރީ 6): ޕާކިސްތާނުގައި ހުންނަ އަފްޣާނިސްތާނުގެ ކޮންސިއުލޭޓުގައި އަފްޣާން ޑިޕްލޮމެޓަކު އަވަހާރަކޮށްލައިފި އެވެ.

ޕާކިސްތާނުގެ ޑޯން ނޫހުގައިވާ ގޮތުން ކޮންސިއުލޭޓުގެ ތާޑް ސެކްރެޓަރީ، މުހައްމަދު ޒަކީގެ ގަޔަށް ސެކިއުރިޓީ ގާޑަކު ބަޑި ޖެހީ، އެ ދެ މީހުންގެ މެދުގައި އުފެދުނު ހަމަނުޖެހުމަކާ ގުޅިގެންނެވެ.

ޑެޕިއުޓީ އިންސްޕެކްޓަރު ޖެެނެރަލް އަޒަދް ހާން ވިދާޅުވި ގޮތުގައި އެހާދިސާގައި ކޮންސިއުލޭޓުގެ އިތުރު އޮފިޝަލަކަށްވެސް އަނިޔާވި އެވެ. އަދި ހަމަލާދިން މީހާ މިހާރުވީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް އަޒަދް ވިދާޅުވި އެވެ.

އެހާދިސާއާ ގުޅިގެން އަފްޣާން ކޮންސިއުލޭޓް ހުންނަ ސަރަހައްދު ބަންދުކޮށްފައިވާ އިރު، އިންޑޮނޭޝިއާ، އިނގިރޭސިވިލާތް އަދި ފްރާންސުގެ ކޮންސިއުލޭޓުތައް ވެސް ހުންނީ ހަމަ އެސަރަހައްދުގައި ކަމަށް ރިޕޯޓުތަކުގައިވެ އެވެ. އަދި އެހަމަލާ ތަހުގީގު ކުރާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް