މިއަދު ސޯޝަލް މީޑިޔާގައި އެންމެ ހަލުއިކަމާއެކު ދައުރުވަމުންދާ އެއް ވީޑީއޯއަކީ ދިވެއްސަކާއި ބިދޭސީއަކު ވެގެން ފެހުރިއްސެއް ސަލާމަތް ކުރާ މަންޒަރު ފެންނަ ވީޑީއޯއެކެވެ. ހޮޓަލް އޮކްޓޭވްގެ ފޭސްބްކް ޕޭޖްގައި ޕޯސްޓްކޮށްފައިވާ މި ވީޑީއޯއިން ފެންނަނީ ވާގަނޑެއް އައްސާފައި އޮތް ފެހުރިއްސެއް އެހީއަށް އެދުމުން ބަޔަކު އެ ފެހުރިހި ސަލާމަތް ކޮށްދޭ ތަނެވެ.
އެ ފެހުރިހި ސަލާމަތް ކޮށްދިނީ ޑައިވިންގ ދާއިރާގައި 12 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ޑައިވިންގް އިންސްޓްރަކްޓަރ އަލީ ނިޔާޒެވެ. ނިޔާޒް އަކީ އޮކްޓޭވް ހޮޓެލްގެ އޮޕަރޭޝަން މެނޭޖަރުވެސް މެއެވެ. އޭނާ ވަނީ މިހާރު ސޯޝަލް މީޑިޔާގައި އާންމުވެގެން އުޅޭ ވީޑިއޯގައި ވާގޮތް އިތުރަށް ތަފްސީލް ކޮށްދީފައެވެ.
ނިޔާޒް ބުނީ އެމީހުން ދަތުރު ކުރީ މާލެއިން ފުރައިގެން ތިލަފުށްޓަށް ދާން ކަމަށާއި އެމީހުން ނައްޓާލީ ހެނދުނު 10:30 ހާއިރު ކަމަށެވެ. އަދި އެ ދަތުރުގެ ބޭނުމަކީ ތިލަފުށްޓަށް ގޮސް ބައެއް ސާމާނު މާލެއަށް ގެނައުން ކަމަށް އޭނާ ކިޔައިދިނެވެ. ނަމަވެސް ވިލިނގިއްޔާ މާލެއާ ދެމެދު އޮންނަ މާތިލައާ ހިސާބުން ފެހުރިއްސެއް ފެނުމުން އެމީހުން އެ ވީޑިއޯ ކޮށްލުމަށް މަޑުކޮށްލި ކަމަށް އޭނާ ކިޔައިދިނެވެ.
" ވަރަށް ދުވަސް ވެއްޖެ އޭރު ފެހުރިއްސެއް ނުފެންނަތާ. ދެން މާލެ ކައިރިން އަމުދުން ވަރަށް މަދުވާނެ ފެހުރިހި ފެންނަލެއް. އެހެންވެ މަޑުކޮށްލީ ބަލާލާ ވީޑީއޯ ކޮށްލަން. ދެން މިވީ ގޮތަކީ އޭތި ހަމަ ލޯންޗް ކައިރީ އެނބުރެން ފެށީ. ގާތް ގަނޑަކަށް ދެމީޓަރު އަޑީގައި ރީތިކޮށް ފެންނަ ވަރަށް އޮތީ،" ނިޔާޒް ކިޔައިދިނެވެ.
ފެހުރިހި އާންމުކޮށް ނޫޅޭ ގޮތަކަށް ލޯންޗް ކައިރިން ދުރަށް ނުގޮސް އުޅެން ފެށުމުން ނިޔާޒްމެން ހައިރާންވި ކަމަށް އޭނާ ކިޔަދިނެވެ. އަދި ރަނގަޅަށް ބަލާލުމުން އެ ފެހުރިހީގެ މެދާ ހިސާބުން 10 އެމްއެމް ނުވަތަ 12 އެމްއެމްގެ ވަލެއް ޖަހާފައި އޮތްތަން ފެނުނު ކަމަށް ބުންޏެވެ. އަދި އެ ވަލުގެ ސަބަބުން އެ ފެހުރިއްސަށް އުނދަގޫވާތީ އެކަމަށް އެހީއަށް އެދޭ ކަހަލަ ސިގުނަލްތަކެއް ލިބުމުން އެ ވާނައްޓާލަން ނިޔާޒް މަސައްކަތް ކުރީއެވެ.
"ފުރަތަމަ ބެލީ ލޯންޗްގައި ހުރެގެން ނައްޓާލެވޭތޯ. ދެން އެކަމެއް ނުވި. އެހެންވެ ވަރަށް ބަލައިގެން މޫދަށް ފައިބައިގެން ނައްޓާލީ. ވާ ކަނޑާލާފަ ބެލިއިރު ވަރަށް ބޮޑަށް އޭގެ ހަށިގަނޑުގައި ވާ އޮތީ އޮޅިފައި."

ފެހުރިހީ އައްސާފައި އޮތް ވައު ރަތް ކުލައިގެ ބޮޅަކުން ފާހަގަކުރެވިފައި--
ނިޔާޒްވަނީ ވާގަނޑު ނައްޓާލުމަށް ފަހު މައްޗަށް އަރައި އެ ވާގަނޑު ދައްކާލާފައެވެ. އަދި އޭނާ ބުނާގޮތުން އެއީ އެތަކެއް ޒަމާންތަކެއް ވަަންދެން ބަޔަކު އަޅުވާފައިވާ ވާގަނޑެއް ކަަމަށް ލަފާ ކުރެވޭކަމަށް ބުންޏެވެ.
ނިޔާޒް ވަނީ ވާގަނޑު ނައްޓާލުމަށްފަހު ލޯންޗަށް އަރައި ﷲ އަށް ހަމްދުކޮށްފައެވެ. އަދި އޭނާ ބުނީ އެފަދަ ދިރޭ ތަކެއްޗަށް ގެންލުން ދީގެން ނުވާނެ ކަމަށާއި ވާގަނޑު އައްސާފައި އޮތް ގޮތުން އެއީ ބަޔަކު ގަސްތުގައި ކޮށްފައިވާ ކަމެއް ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ފެހުރިއްސަކީ ނެތިގެން ހިނގާދާނެ ކަމުގެ ބިރު ހީވެފައިވާ ވައްތަރުގެ މަހެކެވެ. އަދި އެއީ ރާއްޖޭގެ ގުދުރަތީ ރީތި ކަމާއި އިންތިހާއަށް ގުޅިފައިވާ މަހަކަށް ވާއިރު އެތައް ލައްކަ ބަޔަކު އެ މަސް ބެލުމަށް ރާއްޖެއާދެއެވެ. އަދި ފެހުރިއްސަކީ ހިމާޔަތް ކޮށްފައިވާ މަހެކެވެ. ހިމާޔަތްކުރެވިފައިވާ މިފަދަ ތަކެއްޗަށް ގެއްލުން ދިނުމަކީ ގާނޫނީ ގޮތުން މަނާ ކަމެކެވެ.
comment ދާއޫދު
8 year 7 month ago
ރަނގަޅަށް ވަންޏާ އައްސާފައި ތި ސަލާމަތް ކުރީ
comment ޝާކޭޑް
8 year 7 month ago
ފެހުރިއްސަކީ ޝާރކުގެ ފެމިލީ ގެ އަންކަލް ވަރަށް ރުޅިގަދަ ގޮލައެއް ބަޑުހައިވެއްޖެޔާ މއަޑިގައި އޮވެފަ މައްޗަށް އަރާއިރު ހެޔޮނުވާނެ އޭތި ކައިރިވާން މީހާ ދައްމައިލާނެ
comment ހަފްޞާ / މާލެ
8 year 7 month ago
ފެހުރިއްސަކީ މިޔަރުގެ ބާވަތެއް! އިދކޮޅަށް ވަރަށްތޫނު ހުޅުބެއް ހުންނާނެ! ފެހުރިހި އެންމެ ބޮޑުވާނީ 17 ފޫޓަށް! އެއީ އެޓޭކްކުރާ މަހެއްނޫން! އޭތި ކާނީ ކަނޑުގައި އުޅޭ ކުދި ދިރޭތަކެތި! އޭތި އޮންނާނީ އަޅިކުލަޔާ ހުދުކުލައިން! އެގިއްޖެތަ މަސްނޭގޭޔަށް؟
comment ަސދ
8 year 7 month ago
ނިޔާޒުގެ ވީޑިއޯއިން ފާހަގަ ކުރެވުނު ބައެއް ޖުމްލަތައް 1- ކަލޭ ހާސްނުވޭ (ބަންގާޅު މީހާ ބިރުން އުޅެން ފެށުމުން) 2- އަލްހަމްދުލިއްލާހި (މިޔަރު ސަލާމަތް ކޮށްލުމަށްފަހު) 3- މިކަހަލަ ކަންކަމުގައި ބިރުގަންނާކަށް ނުޖެހޭނެ ކޮށްމެއަކަސް ބަންގާޅު މީހާގެ މާބޮޑު އެހީތެރިކަމެއް ނެތި އެކަނި މާއެކަނި އެކަން އެކުރީ ހިތްވަރާއި ކެރުމުާއި ތަޖްރިބާ ހުރުމުން.
comment މަސްނޭގޭ
8 year 7 month ago
ފެހުރިއްސަކީ ކޮންކަހަލަ މަހެއްތަ؟ އޭ ޝާކެއްތަ؟ ކިޔާދީބާ ކުއްޖެއް ):
reply ސަމީރު
8 year 7 month ago
ތީ ދިވެއްސެއްތަ؟ ނުވަތަ ތުއްތު ކުއްޖެއްތަ؟
reply މަރީިނާ
8 year 7 month ago
މަގެ ހިތައްވެސް މި އަރަނީ ހަމަ ތިހެން.އެއެއް ބުނެލަދިން ނަމަ ދޯ ތަފްސީލްކޮށް.
reply ފެހުރިހި
8 year 7 month ago
ދަރިޔާ .. ގޫގަލް ސަރޗް ކޮށްލާ...